ޚަބަރު / ސިވިލް ކޯޓް

ސައުދީ އަށް ވޭލް ސަބްމެރިން ނުގެންދެވުމުން 7.7 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ވޭލް ސަމްބެރިން: ވޭލް ސަބްމެރިން ހިންގާ ކުންފުނިން ހަތް މިލިއަން އަނބުރާ ދޭން ވަނީ ހުކުމްކޮށްފައި

31 އޮކްޓޯބަރ 2022 - 12:58

22 comments

ސައުދީ އަރަބިއާގައި ބޭއްވި ވޯލްޑް ފެސްޓިވަލަށް ރާއްޖޭގެ ވޭލް ސަމްބެރިން ގެންދަން ހެދި އެއްބަސްވުމެއްގެ މައްސަލާގައި ޔޫއޭއީގެ ކުންފުންޏަކަށް ވޭލް ސަމްބެރިން ކުންފުނިން 500،000 ޑޮލަރު (7.7) މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޔޫއޭއީގެ އެވެންޓަސް ގުރޫޕާއި ވޭލް ސަމްބެރިން ކުންފުންޏާ އެކު އެއްބަސްވެފައި އޮތީ 2019 ވަނަ އަހަރު ސައުދީގެ ޖިއްދާގައި ބޭއްވި ވޯލްޑް ފެސްޓިވަލަށް ވޭލް ސަބްމެރިން ގެންގޮސްގެން އޮޕަރޭޓް ކުރުމަށެވެ. އެހެން ނަމަވެސް އެވެންޓަސް ގްރޫޕުން ބޭނުންވި ތާރީހަށް ސަމްބެރިން ނުގެންދެވުމުން އެ ކުންފުނިން އެއްބަސްވުން އުވާލުމަށް ފަހު ވޭލް ސަމްބެރިންއާ ދެކޮޅަށް ދައުވާކުރީ އެޑްވާންސްގެ ގޮތުގައި ދިން 500،000 ޑޮލަރާއި ސައިޓް ސާވޭ ހަރަދާއި އިންޓްރެސްޓާއި ވަކީލުންގެ ފީއަށް 654،000 ޑޮލަރު ހޯދުމަށެވެ.

އެ މުއްދަތަށް ސަބްމެރިން ނުގެންދެވުނީ ސަބްމެރިން ޖިއްދާ އަށް ގެންދާނެ ބޯޓެއް ނުލިބުމުގެ ސަބަބުން ކަމަށާއި އަދި ދިމާވާ ކަމެއްގެ ސަބަބުން އެއްބަސްވާ ތާރީހަށް ސަބްމެރިން ނުގެންދެވިދާނެ ކަން އެވެންޓަސް އަށް އަންގާފައިވާނެ ކަމަށް ވޭލް ސަބްމެރިން ކުންފުނިން ބުނެފައިވެ އެވެ.

ވޭލް ސަމްބެރިން ކުންފުނިން ކުންފުނިން ބުނެފައިވަނީ އެޑްވާންސް ފައިސާގެ ތެރެއިން އަނބުރާ ދޭންޖެހޭނީ އެ ޕްރޮޖެކްޓްގެ މުއްދަތުގައި ސަމްބެރިންގެ އޮޕަރޭޝަން ހުއްޓާލާފައި އޮތް ދުވަސްތަކަށް ހިނގި ހަރަދުތައް އުނިކުރުމަށް ފަހު ކަމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މުއާމަލާތް ކުރިއަށް ނުގެންދެވުނީ ޖިއްދާ އަށް ސަމްބެރިން ގެންދާނެ ޝިޕަރެއް ނުލިބުމުގެ ސަބަބުން ކަމަށްވާތީ އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށާއި އެހެންވެ، އެޑްވާންސް ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށެވެ.

ހުކުމުގައި ވަނީ އޮޕަރޭޝަން ހުއްޓާލާފައި އޮތް މުއްދަތަށް އެޑްވާންސް ފައިސާއިން ފައިސާ އުނިކުރަން ވޭލް ސަބްމެރިން ކުންފުނިން ހުށަހެޅި ހުށަހެޅުން އެވެންޓަސް ކުންފުނިން ގަބޫލުކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އެހެންވެ، އެ ފައިސާ އެއްކޮށް ދައްކަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެކަމަކު ސައިޓް ސާވޭ ކުރުމުގެ ޚަރަދާއި އިންޓްރެސްޓާއި ވަކީލުގެ ފީގެ ގޮތުގައި ނަގައިނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ހުކުމުގައި ވޭލް ސަބްމެރިން ކުންފުންޏަށް އަންގާފައިވަނީ 500،000 ޑޮލަރު ދެ މަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށެވެ.

22 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2023

01 November 2022

އެކަންތަށް ނިންމައިފަ، އަދި މުވައްޒަފަކަށް ދޭން އެއްޗެއް އޮތަސް ދީފަ ވޯޓް ހޯދަން އަންނާތި.

The name is already taken The name is available. Register?

ލިޓުލް މާމައިޑް

01 November 2022

މިއީ ލަދުވެތިކަމެއް އުމަރާ. އަވަހަށް ތިޔަ ދައްކާ ނިންމާލާ

The name is already taken The name is available. Register?

ބެއްޔާބެގެ ދަަރި

01 November 2022

މިއަކަށް ނުކިޔާނެ ދޯ ދޭން ޖެހުނީއެކޭ. ބަޔަކު ދިން ފައިސާތަކެއް އެއްވެސް އިންޓަރެސްޓެއް ނެތި އަނބުރާ ދައްކަންޖެހުމަކީ ލިބުނު ނަސީބެއް. ހަގީގަތުގައި ބޭރުގެ ކުންފުންޏަށް ތިޔައޮތީ ބަރަށް ބޮޑު ގެއްލުމެއް ލިބިފަ. އިންޓަރެސްޓް ފްރީ ލޯނެއް ވޭލް ސަބްމެރިން އަށް ލިބުނީ

The name is already taken The name is available. Register?

ސާބަހޭ

01 November 2022

ބުޗުމެން ބުނާނެ އަދިވެސް އުމަރު ރަނގަޅޭ

The name is already taken The name is available. Register?

މ‫ައިކަލް ޖޯރޑަންއަށް ވާން އުޅެ ނުވި ސޮރު

31 October 2022

އ‫ެމެރިކާގެ ކަޅު ނަސްލުގެ އެންމެ ބޮޑެތި މުއްސަދިންގެ ތެރޭގައި ހިމެނޭ ބާސްކެޓް ކުޅުންތެރިޔާ މައިކަލް ޖޯރޑަންއަށް ތިޔަ ސަބްމެރިން ހިންގަން ހަވާލު ކުރަންފެނޭ.

The name is already taken The name is available. Register?

ރަށުބުޅާ

31 October 2022

ތިޔައީ މާބޮޑު މައްސަލައެއް ނޫނެއްނު. އެގްރީމަންޓު ކުރިއަށް ނުގެންދެވުމުގަ އެއްވެސް ބައެއްގެ އިހުމާލެއް ނެތްކަމަށް ތިއޮތީ ހުކުމުގަ. ދެންއެޑްވާންސަށް ދިން ފައިސާ ކަނޑާފަވިޔަސް ނުކަނޑާވިޔަސް ދެއްކުމުގެ އިޚްތިޔާރު އޮތީ ވޭލް ސަބްމެރީންއަށް. ޢަދި އެފައިސާ އެއްގޮތަކަށް ނުދެއްކިޔަސް ވޭލް ސަބްމެރީނަށް ތިކަމުން ގެއްލުމެއް ނުވާނެ. ދެންއެކަމަކު ކޯޓުގައި ތެޅުވިދާނެ. އަދިހިއެއްނުވޭ ޢުމަރު ނުދީ ހުންނާނެހެންވެސް. 500000 ޑޮލަރަކީ އޭނާ ހަމަހުއްޓާ ލިބުނު އެއްޗެއް.

The name is already taken The name is available. Register?

ކޮމާންޑް ހަރުގަނޑު ސެންޓަރ

31 October 2022

50 ހަރުގަނޑު ހޯދާފައި ސައޫދީ ހިފާނެ.

The name is already taken The name is available. Register?

ހަރުގަނޑު ސެންޓަރުގެ ތަޅުން

01 November 2022

އައްދިއްޔޯތް! ޢުމަރު ތިކަންއޮންނާނީ ޚިޔާލީގޮތުން ކޮށްފަ. ހާދަހައިގިނަ ތެޔޮވަޅުތަކެއް ލިބޭނެޔޭދޯ!

The name is already taken The name is available. Register?

ސަބޭ

31 October 2022

އަނހާ އުމަރާ.. ކިހިހެއް ތިޔާހެދީ؟

The name is already taken The name is available. Register?

ކުމާރާ

31 October 2022

އަނެއްކާ ސަބްމެރިންގެ ހަރުގަނޑު ވިއްކާލަން ނުޖެހޭބާ؟

The name is already taken The name is available. Register?

ވާސަރީވާ

31 October 2022

މިއިން ވެގެން އުޅޭގޮތަކީ އެޑްވާންސަށް ބޭރުކުންފުނިން ދިން ފައިސާ އަނބުރާ ނުދީ ހިފަހައްޓައިގެން އެތިބީ. މިވަރުގެ ތެދުވެރި މީހަކަށް ގައުމެއްގެ ވެރިކަންކުރެވޭނެތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454