01 ނޮވެމްބަރ 2022 - 20:05
ޗާގޮސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިިފި އެވެ.
ސަރުކާރުން ނިންމާފައި ވަނީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށެވެ. އަދި، އިމުގެ މައްސަލައިގައި ރާއްޖެއާ ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެކަމަކު، ރާއްޖެ އިން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫން ކަމަށް އޭޖީ އޮފީހުން ވެސް ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޕީ އިން މިއަދު ރައީސަށް ފޮނުވި ސިޓީގައި ބުނީ ސަރުކާރުން، ޗާގޮސް މައްސަލާގައި އަމަލު ކުރަމުންދާ ގޮތުން ސަރުކާރުގެ ނިންމުންތަކަށް ދިއުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އެދޭ ކަމަށެވެ.
އަދި ދިވެހި ގައުމީ މަސްލަހަތު ދިފާއު ކުރުމަށް މިއަދު ދިވެހިންނަށް މަޖުބޫރުވެފައިވާ ކަމަށާއި އެއީ އެކި ސަރުކާރުތަކުން މިހާތަނަށް މި މައްސަލާގައި އަމަލު ކުރަމުން ގެންގޮސްފައި ވަނީ ކިހިނެތްކަން ދިވެހިންނަށް ނޭނގި އޮތުމުން ދޭހަވަނީ މި މައްސަލާގައި ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށްގެން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަން ކަމަށް އެ ޕާޓީން ބުންޏެވެ.
"މިހެން މި ދަންނަވަނީ އެއްވެސް ސަރުކާރަކުން ޗާގޮސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ހިންގުމަށް ވަކާލާތު ކުރައްވާފައިވާކަން ރަސްމީ ލިޔުމަކުން އެނގެން ނެތުމުންނާއި މަޖިލީހުގައި ދިން މައުލޫމާތަށް ބުރަވެ ތިބެ އެވެ،" އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.
އެމްއެންޕީ އިން ބުނީ ދިވެހިންނަށް ކުރިން ކަން ހިގާފައިވަނީ ކިހިނެތްކަން އެނގޭނަމަ އެ ސަރަހައްދުގެ މައްޗަށް ރާއްޖެއިން ދައުވާ ކުރުމަށް ސަރުކާރުގައި ރައްޔިތުން އެދޭނެ ކަމަށެވެ.
އެ ޕާޓީން ވަނީ ސަރުކާރުން މި މައްސަލާގައި ކަން ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އާންމުކޮށްފައި ނުވާ ކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ކޮންމެ ޕާޓީއަކުން ދައުލަތުގެ ކަންކަން އިންތިޒާމު ކުރުމުގެ ޒިންމާ އަދާކުރި ނަމަވެސް މި ބާވަތުގެ ކަންކަމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތް،"---އެމްއެންޕީ
ސަރުކާރުން މި މައްސަލާގައި ކަންކުރަމުންދާ ގޮތުގެ ސަބަބުން އާ ސިޔާސަތުގެ ނަޒާހަތްތެރިކަމާމެދު އެ ޕާޓީން ވަނީ ސުވާލު އުފައްދާފަ އެވެ.
ރައީސަށް މިއަދު ހުށަހެޅި ސިޓީއަކީ ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސާ ރާއްޖެ އާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ހިޔާރު ކުރުމުގެ އިތުރުން މިއީ ނަޒާހަތްތެރިކަންވެސް ކަށަވަރު ކުރެވޭނެ ގޮތަކަށްވާނެތީ ކަމަށް އެ ޕާޓީން ބުންޏެވެ.
"ކޮންމެ ޕާޓީއަކުން ދައުލަތުގެ ކަންކަން އިންތިޒާމު ކުރުމުގެ ޒިންމާ އަދާކުރި ނަމަވެސް މި ބާވަތުގެ ކަންކަމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތް،" އެ ޕާޓީން ބުންޏެވެ.
ޗާގޮސް މައްސަލާގައި އެމްއެންޕީ އިން ރައީސަށް ސިޓީއެއް ފޮނުވާފައި ވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލުކޮށްދެއް ވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވަނީ ވިދާޅުވެފައި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޗަގޮސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަދަލުވެ އާންމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ރާއްޖޭން ވޯޓު ދޭނެ ކަމަށް އިޓްލޮސްގައި ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން ސަރުކާރުން މޮރިޝަސް އަށް ދޫ ދިނީ ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް މިކަމުގެ ސަބަބުން ގެއްލިދާނެ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އދ. ގައި ނަގާ ވޯޓަކާ މެދު ނިންމި ގޮތަކުން އިޓްލޮސްގައި ހިނގާ މައްސަލައަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2023
02 November 2022
ލާރި އޮތަތީ ޖަގަހަ ތަކެއް ހުޅުވިޔަކަސް، ސިޔާސީ ގޮތުން ތިޕާޓީގެ ބުރަދަން ފެންނާނީ، މިއަންނަ އިންތިޚާބަށް ފަހު، ވީމާ އަދި މަޑުން ތިއްބަވާ.
ބޮޑުވަޒީރު
02 November 2022
މިމައްސަލާގައި މިއެނގެނީ ރ ސޯލިހު ވަަލިއްޔުލް އަމުރު ކަމަށް ކުފޫ ހަމަނުވާކަން. އަދި މިކަމަކީ ރާއްޖޭގެ ސިޔާދަތައް ސީދާ އަސަރު ކުރާނެ ކަމަކަމަށް ނުވިޔަސް ކަންކުރިގޮތުން ހުރިހާފަރާތްތަކުން ކަންބޮޑުވި ކަމީ ރަގަނޅު ފާލެއް! މި އިބްރަތެއް ލިބެންޖެހޭނެކަމަށް. ކޮންމެ ޕާރީޓިއަކުން ދަައުލުތަގެ ކަންކަން ތަރުތީބު ކުރަން ތިއްބަސް ޤާނޫނު އަސާސީގެ ވާގޮތަށް ކަންކުރަންޖެހޭނޭ!
ޙިނި
01 November 2022
އިންޑިޔާ ރުއްސަން ޗާގޮސް ސިޔާސަތު ބަދަލުކުރުމަކާ ރާއްޖެޔައް އިޔާދަ ނުކުރެވޭހާ ގެއްލުން ފަހުން ދިމާވާނެ ކަމެއް، އެމްޑީޕީ މީ ގައުމިއްޔަތެއް ނެތް ޕާޓީއެއްތަ.
އައްޔަ ބޮޑޭ
01 November 2022
މޮރިސަސްއައް ގޮސްބުނަންވީނުން އެއްވެސް ޝަރުތަކާނުލާ އެއްގަޑި ބައިގެކުރިން ދިވެހިސަރުކާރުން ފޮނުވި ސިޓީ ތިމަންނައާ ހަވާލުކުރާށެވެ
ކިޑު
01 November 2022
ތިކަމަށް އެންމެ މޮޅުވާނީ ނާޒިމު ރިޔާޒު
އައްޔަ ބޮޑޭ
01 November 2022
މޮރިސަސްއައް ގޮސްބުނަންވީނުން އެއްވެސް ޝަރުތަކާނުލާ އެއްގަޑި ބައިގެކުރިން ދިވެހިސަރުކާރުން ފޮނުވި ސިޓީ ތިމަންނައާ ހަވާލުކުރާށެވެ
އޮޅެނީ
01 November 2022
ރާއްޖެއަށް ހައްގުގޮތުގަ ލިބިފައިވާ ކަނޑުން ބައެއް ގެއްލެނީކީ ނޫން. ރާއްޖޭގެ ދަހިވެތިކަމުން އިތުރުކުރަން ހުށަހަޅާފަ އޮތް ބައިން ތަންކޮޅެއް ގެއްލެނީ. އެހެން ކިއީމަ ތީތި ހަމަޖެހޭނީ. މައްސަލަތައް ސިޔާސީ ގޮތުން ހޫނުކުރަން ބޭނުންވާއިރު ކަންވެފައި އޮތްގޮތް ރަގަޅަށް ބަލާނުލާ ވާހަކަތައް ފަތުރަށް ފަށަނީ.
ކަލޯގެ ކަލޯ
01 November 2022
ރާއްޖެއަށް ލިބެން އޮއްބައެއް މިސަރުކާރުގެ ސަބަބުން ގެއްލިގެން ދަނީ
އޮޅެނީ
02 November 2022
މިސަރުކާރުގެ ސަބަބަކުން ނޫން ގެއްލިގެން ދަނީ. މޮރިޝަސްއިން ކަމަކާ ދެކޮޅު ހަދާތީ ގެއްލިގެން ދަނީ. އިނގިރޭސިންނާއެކު އޮންނަން ރާއްޖެއިން ނިންމިއަސް އދ. އާ އައިސީޖޭއިން ޗާގޮސް މޮރިޝަސްއާ ހަވާލުކުރަން ނިންމީމަ އެއޮތީ މެޖޯރިޓީން ގޮތެއް ނިންމާފަ. ރާއްޖެއިން އެދޭހާ ބޮޑަށް ކަނޑުގެ ސަރަހައްދު މޮރިޝަސްއިން ދޭން އެއްބަސްނުވެ އެމައްސަލަ ބަލަން ހަވާލުވެފައިވާ ތަނުން ވަކި ގޮތަކަށް އެކަން ނިންމަދިނީމަ އެވާނީ މިސަރުކާރުގެ މައްސަލައަަކަށްނޫން.
އެއްވެސް ޝަރުތަކާއިނުލާ
01 November 2022
ސިޓީ ހިފައިގެން މޮރިޝަސްގެ ރައީސް އޮފީހަށް ރިޔާޒް އާއިއެކު ދާންވީއެއްނު..