ކޮޗިން އެއާޕޯޓުގައި ހުންނަ ޓާމިނަލާއި، ސޯލާ ޕެނަލްތައް ---ފޮޓޯ: ފޯބްސް އިންޑިއާ
03 ނޮވެމްބަރ 2022 - 15:45
އިންޑިއާގެ އެންމެ ބާރު ބޮޑު އެއް އެއާޕޯޓު، ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް (ސީއައިއޭއެލް) އަކީ 100 ޕަސެންޓު ސޯލާ ނުވަތަ އަވިން އުފައްދާ ހަކަތައިން ހިންގާ އެއާޕޯޓެކެވެ. 'ސޯލާ އިނިޝިއޭޓިވް' ގެ ސަބަބުން އެ ތަން ވަނީ މުޅި ދުނިޔެ އަށް ނަމޫނާ މިސާލަކަށް ވެފަ އެވެ.
ސޯލާ ހަކަތައިން ކަރަންޓު އުފައްދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން 2018 ވަނަ އަހަރު ވަނީ އދ. އިން ދޭ "ޗެމްޕިއަންސް އޮފް ދަ އާތު އެވޯޑު"، ވިޔަފާރިވެރިކަމުގެ ތަސައްވަރު ކެޓަގަރީން ހޯދައިފަ އެވެ. އެއީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެ ކުންފުނިން ގެންގުޅޭ ތަސައްވަރުގެ ސަބަބުންނެވެ.
އިޔާދަކުރަނިވި ހަަކަތަ އުފެއްދުމުގެ ގާބިލްކަން އިތުރުކޮށް، ދާދި ފަހުން އެ އެ ކުންފުނިން ވަނީ އިރުގެ ހަކަތައިން 2.5 މިލިއަން ޔުނިޓުގެ ކަރަންޓު އުފައްދައި 160،000 މެޓްރިކް ޓަނުގެ ކާބަން ބޭރުވާ މިންވަރު ފޫބެއްދުމުގައި ވެސް ކާމިޔާބު ހޯދައިފަ އެވެ.
ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުގެ އެތެރެ
އެއާޕޯޓު ފަދަ ތަންތަނަށް އިންތިހާ އަށް ހަކަތަ ބޭނުންވެ އެވެ. އެ ފަދަ ތަނެއްގެ ހުރިހާ ކަމެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަކީ ދުޅަހެޔޮ އަދި ފެހި މާދަމައެއް މުސްތަގުބަލުގެ ދަރިންނަށް ލިބޭނޭ ކަމެކެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ސީއައިއޭއެލްގެ މަގްސަދަކީ ހަމައެކަނި އެއާޕޯޓާއި މަތިންދާބޯޓުތަކާ ގުޅުން ހުރި ގޭސްތައް ފޫބެއްދުން އެކަންޏެން ނޫނެވެ. އެއާޕޯޓާ ގުޅުން ހުރި ފެސިލިޓީތަކަށް ވެސް ސޯލާ ހަކަތައިން ކަރަންޓު ދިނުމުގެ އިތުރުން، އަވިން އުފައްދާ ހަކަތަ ބޭނުންކޮށްގެން މެދުފަންތީގެ އެއާޕޯޓެއް ހިންގޭނެ ކަމުގެ މެސެޖު ދުނިޔެ އަށް ދިނުމަކީ ވެސް އެ ކުންފުނީގެ އަމާޒެކެވެ.
ކޮޗިން އެއާޕޯޓުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލް ތަކެއް
ކޮޗިން އެއާޕޯޓުގެ ވަސީލަތްތައް ސޯލާ ހަކަތަ އަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރު އެވެ. އެ އަހަރު އެ އެއާޕޯޓުގައި 100 ކިލޯވޮޓް ގެ ސޯލާ ޕަވާ ޕްލާންޓެއް ބަހައްޓަައި، ޓާމިނަލްތަކުގެ މަތީގައި ސޯލާ ޕެނަލް ހަރުކުރި އެވެ. އެއާއެކު އުފެދިގެން އައި ސީއާއިއޭއެލް އިންފްރާސްޓްރަކްޗާ ލިމިޓެޑް (ސިލް) އިން މުޅި އެއާޕޯޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމައި، އެ ކަމަށް މަސައްކަތް ފެށި އެވެ.
އެ މަސައްކަތް ވަރަށް ކާމިޔާބެވެ. ކޮޗިން އިންޓަނޭޝަން އެއާޕޯޓަށް ބޭނުންވާ ހުރިހާ ކަރަންޓެއް އިރުގެ އަވިން އުފައްދައިގެން ހިންގާ ދުނިޔޭގެ އެންމެ ފުރަތަމަ އެއާޕޯޓަށް ވުމުގެ ޝަރަފު 2015 އިގައި ހޯދި އެވެ. އަދި 2019 ވަނަ އަހަރާ ހަމައަށް އައިއިރު، އެ އެއާޕޯޓުގައި ހުރި ސޯލާ ޕަވާ ޕްލާންޓުތަކުން ދުވާލަކު 200،000 ޔުނިޓުގެ ކަރަންޓު އުފައްދަ އެވެ. އެއާޕޯޓު ހިންގަން ދުވާލަކަށް ބޭނުންވަނީ 160،000 ޔުނިޓުގެ ކަރަންޓެވެ.
ސޯލާ ހަކަތަ ޖެނެރޭޓުކުރުމުގެ އިތުރުން، ސީއައިއޭއެލް އިން ވަނީ އެއާޕޯޓުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައިވާ ސަރަހައްދުގައި ހުންނަ ހުސް ޖާގަތަކުގައި ދަނޑު ހައްދަން ވެސް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2022
04 November 2022
ރާއްޖެއިން ތިކަން މާފަސޭހައިން ކުރެވޭނެ ފުރަތަމަ ކައުންސިލްތައް އެވެއާކުރަންވީ ރާއްޖޭގައި މިއުޅެނީ މަދުމަދު މީސްކޮޅެއް.... ބޮއިހަލަކި
ޢެޑްމުންޑޯ
04 November 2022
ދިވެހިރާއްޖެ އާއި އެކު މިނިވަންކަން ލިބުނު ތިބުނި ގައުމުތަކަކީ އޭރުވެސް ރާއްޖެއަށްވުރެ އެތެއްސަތޭކަ ގުނަ ކުރިއަރާފައި ވާ މުއްސަދި ގައުމުތަކެއް ނުވަތަ ދައުލަތްތަކެއް ، އުމްރާނީ ގޮތުންނާއި އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގޮތުންވެސް ، ސިއްޙަތާއި ތައުލީމަށް ބެލިއަސް ، އޭރު މިރާއްޖޭގެ ވެރިކަން ކުރަމުންދިޔަ މާލޭގެ ފޮޓޯތަށް އެހެރީ ، ފަންޖުފިޓިތަކާއި އެކު މީހުންދިރިއުޅުނު ހާލަތު އެހެރީ ފެންނަން ، ތިފާހަގަކުރި ގައުމުތަކުގެ ވިލެޖްތަކަށްވުރެ ހާލަތު ދަށް ،
އޮނަރަބްލް އަފީފު ދީދީ
03 November 2022
ދިވެހިރާއްޖެއާއި އެކުގައި މިނިވަންކަންލިބުނު އެތައްޤައުމެއް (ސްރީލަންކާ، އިންޑިޔާ އަދި ސިންގަޕޯރ ފަދަ) އަހަރުމެންގެ މައްޗަށް ކުރިފަސް ހޯދަމުންދާއިރު މިތަނުގައި އުފެދޭ ސަރުކާރުތަކުން އަދިވެސް ގެންގުޅޭ ބޯދާ "އެއްރަށްދައުލަތް ސިޔާސަތު" ގެންގުޅޭހާ ދުވަހަކު ތިފަދަ ލިއުމަކުން ނުވަތަ މިދެންނެވި ޤައުމުތަކުން ފެންނަ އުޖާލާ މަންޒަރުތަކަކުން އަހަރުމެނަށް އެއްވެސް ފައިދާއެއް ނުކުރާނެ. ޤައުމުގެ މުއްސަނދިކަން ހައެއްކަ މީހުންގެ ޖީބަށް ކަހާލަނީވެސް މިހެންވެ.