އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މަގާމުން ވަކިކުރުމުން އެ ނިންމުން އަނބުރާ ގެންދަން ގޮވާލައި ބެލެނިވެރިން ސްކޫލުގެ ބޭރުގައި މުޒާހަރާކުރަނީ.
06 ނޮވެމްބަރ 2022 - 22:45
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މިއަދު މަގާމުން ވަކިކުރި މައްސަލާގައި އެ ސްކޫލުގެ ބެލެނިވެރިން މިރޭ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.
ޖެނުއަރީ 8، 2018 ގައި އަރަބިއްޔާގެ ޕްރިންސިޕަލް ކަމަށް ހަމަޖެއްސި، ޝުޖާއު މަގާމުން ވަކިކޮށް އޭނާ ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް މިހާރު ބަދަލުކޮށްފަ އެވެ.
އެހެންވެ، މާދަމާ އިން ފެށިގެން އަރަބިއްޔާ ސްކޫލު ހިންގުމާ ވަގުތީ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ ޕްރިންސިޕަލް ކަމުގައި 19 އަހަރު ގުނަމުން ގެންދަވާ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދުއާ އެވެ.
އެ ބަދަލު ގެނައީ އެ ސްކޫލު ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުންޏެެވެ.
ނަމަވެސް، ހުސައިން ސައީދުއާ މެދު އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމައެއް ނުޖެހެ އެވެ.
އަރަބިއްޔާގެ ބެލެނިވެރިން ހިންގަމުންދާ، "އަރަބިއްޔާ ފެމިލީ" އިން ބުނާ ގޮތުގައި ޝުޖާއު ކުއްލިއަކަށް ވަކިކޮށްފައި ވަނީ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.
އެކަން އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށް ބުނީ، އެއީ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް، ކުދިންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމާ ދެކޮޅަށް، އެ ސްކޫލު ހިންގަމުންދާ ވަގުތީ އިމާރާތުގެ ބޭރުގައި ބެލެނިވެރިން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެެ. އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާ އެކު އެ ސަރަހައްދުގައި ބެލެނިވެރިން މުޒާހަރާ ކުރަނީ ޕްރިންސިޕަލް ޝުޖާއު ވަކިކުރުމާ ދެކޮޅަށެވެ.
Breaking News:
— Arabiyya Family (@ArabiyyaFamily) November 6, 2022
Arabiyya School principal vakikurumaa dhekolhah parents kuraa muzaaharaa therein. pic.twitter.com/tX9M5WNaaG
"ސްކޫލަށް ބޭނުންހާ ގޮތެއް އަބަދު ނުހެދޭނެ" ކަމަށް ބުނެ، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ކާނިވާ ކައިރީގައި ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގެ ބޭރުގައި އެމީހުން ދަނީ ގޮވާލަމުންނެެވެ.
އެ މުޒާހަރާގައި ބެލެނިވެރިން ވަނީ ސްކޫލަށް ދިމާވެފައިވާ އެކި ދަތިތަކާ ގުޅޭ ޕޯސްޓަރުތައް ބޭނުންކޮށްފަ އެވެ. އާ ސްކޫލު އިމާރާތްކުރަން ބޭނުންވާ ބަޖެޓް ކޮބައިތޯ ވެސް އެމީހުން ސުވާލު އުފައްދަ އެވެ.
އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މުޒާހަރާކުރަނީ.
މީގެ ކުރިން ވެސް އިދާރީ އެކި ބަދަލުތަކާ ގުޅިގެން ބައެއް ސްކޫލުތަކުގެ ވަގުތީ ޕްރިންސިޕަލްކަން އަދާކުރެއްވި އަދި ތައުލީމީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް ހުސައިން ސައީދުއާ އަރަބިއްޔާ ހިންގުން ހަވާލުކުރުމާ ބެލެނިވެރިން ދެކޮޅު ހަދަނީ އޭނާ އަށް "އަރަބިއްޔާ ސްކޫލު ހިންގަން ނޭނގޭ" ކަމަށް ބުނެ އެވެ.
މީގެ ކުރިން ވެސް ސްކޫލު ހިންގުމާ އޭނާ ހަވާލުވެ، މިއުޒިކް ޖެހުމަށް މަޖުބޫރުކުރުމުން "ބޮޑު ހަނގުރާމަ" އަކަށް ދިޔަ ކަމަށް އަރަބިއްޔާގެ ބެލެނިވެރިން ހިންގާ ޕޭޖުގައި ބުނެފައިވެ އެވެ. އެހެންވެ، މިނިސްޓްރީގެ ނިންމުން އަނބުރާ ގެންދިއުމަށް ބެލެނިވެރިން ދަނީ ގޮވާލަމުންނެެވެ.
އެންމެ ފަހުން ޗާންދަނީ މަގުގައި ހިންގަމުން އައި އަރަބިއްޔާ ސްކޫލު ހިންގި އިމާރާތް ބަދަލުކުރީ އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެގެންނެވެ. އެ ސްކޫލުގެ އާ އިމާރާތެއް އެޅުމަށް ބާޖަމާލުއްދީން ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް ފަހުން އެތަނުގައި ޖަމާލުއްދީން ސްކޫލުގެ ބައެއް އަޅާނެ ކަމަށް ބުނެފައިވާތީ އެ މައްސަލާގައި ވެސް ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
07 November 2022
އިސްކަންދަރު ސްކޫލް ކުދިން މާދަމާ ގޮސް ޓިނު ގުދަނަކަށްލާ، ކުޅިވަރުކުޅޭނެ އިންތިޒާމެއް ނެތި އުޅެންޖެހުނީމަ އިގޭނީ ބެލެނިވެރިއެެއްގެ ގޮތުން ކުރެވޭ އިހުސާސް. ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި އަރަބިއްޔާ ސްކޫލަށް ފެށުނީއްސުރެ ފުރައްސާރައާއި ކުރިމަތިވަމުންދަނީ. ްްްްްްްްްްްްްްްްްްްްްަްްްްްްްްްްކުރީދުވަހު ސްކޫލަތަކަށް ހެންވޭރު ދަނޑުގަ އޮތް ފުޓްބޯޅަ މުބާރާތުގަވެސް ބަންގިދިނީމަ ކުދިން ގޮވައިގެން މިސްކިތަށް ދިޔަތަން ފެނުނީ، މީނޫންތޯ ތަރުބިއްޔަތަކީ
ހަމަބޮޑުބޯ
07 November 2022
ކަލެއަށް ނުފެންނަނީތަ ދަރުމަވަންތަ ސުކޫލު އުޅޭހާލު
ހަސަންފުޅު
07 November 2022
ނާގާބިލު ޕްރިންސިޕަލް އެއް ވަކިކުރުމުން ބެލެނިވެރިން މުޒާހަރާއަށް ނުކުތުމަކީ ދެރަކަމެއް.
ދނދނ
07 November 2022
ދެން ގެންގޮސްލީ ސަހަރުން ބޭރުގައިހުރި ޖިފުޓިގަނޑަކަށް. ދެދުވަހުން އެއްދުވަހު ކޮންމެވެސް ނުހޮރޮއްޕާނެއްކުރާނެ. ބޭނުމަކީ ބެލެނިވެރިން މަގުމަތިކޮށް އެމީހުންގެ ނުބައިކަން ރައްޔިތުންނަށް ދެއްކުން. ހީލަތްތެރި މަކަރުވެރި ރޭވުންތައްހެދުމަށްފަހު މިތިބެނީ ކުޅިބަލަން. ރައްޔިތުން އަރަބި އިސްލާމީތައުލީމަށް ނަފްރަތުކުރުވަން. މިކަން މިދަނީ ކޮމެންޓްތަކުންވެސް ސާބިތުވަމުން. ނޭނގިނަމަވެސް މިދެވެނީ ލާދީނީ ކަންނަކަމަށް ތަރުހީބު. ވިސްނާ. ވިސްނާ.(2)
ޛޖގފދދ
07 November 2022
ފުރަތަމަ ތިބެލެނިވެރިން އަރަބި އިސްލާމީ ތައުލީމު އުނގެނިބަލަ. މިހާރު ތިތިބީ ކޮންމެވެސް އެހެން އެއްޗެއް އުނގެނިފަ.
ދނދނ
07 November 2022
ކަލޭމެން ކޮމެންޓްކުރާއިރު ބަލާބަލަ އަރަބިއްޔާއަށް މިނިސްޓްރީއިން މި ޖައްސާ ހާލު. މިއީ ދުރުރާސްތާއަށް ޕްލޭންކުރެވިގެން ހިންގާ ހީލަތްތެރި އިޔަހޫދީ ޕްލޭނެއް. ދެދުވަހުން އެއްދުވަހު ކޮންމެވެސް ޖެއްސުމެއް ޢަރަބިއްޔާއަށްކުރޭ. އެމްޑީޕީ ވެރިކަމުގައި ފުރަތަމަފަހަރަށް އަރަބިއްޔާ އިމާރާތުން ބޭރުކުރި. އަލަށްއެޅި އިމާރާތް ހަލާކުވެ ބޭނުންނުކުރެވޭވަރުވީ ފީއިލޮށިންއަޅާ ތަންތަން ހަލާކުވާހާ އަވަހަށް. ޒިންމާވި މީހަކުނެތް. (1)
ޝަޚުސް މުޝްކިލަތުން
07 November 2022
އަރަބިއްޔާ ގެންގޮސް ހުޅުމާލެ ފޭސް 2 ގަ އަޅަން ފެނޭ.. ރައްޔިތުންނަށް ދުއްޕާން ނުކޮށް ފަހަރުގައި ހަމަޖެހިދާނެ އެވަރުން. މިއީ ސިޔާސީ ޕާޓީއެކޭ މިހާރު އެއްވަރު.
ކަހުރަބު
07 November 2022
މީވާ ބައެއް މިވެރިންނަކީ ކުދިންގެ ބެލެނިވެރިންތޯ ނުވަތަ ސްކޫލުގެ އޮނިގަޑާއި ދެންވެސް ހިންގުމުގެ ކަންކަމުގެ ބެލެނިވެރިންތޯ އެބަޖެހޭދޯ ބަލަން އެހެންވީމާ ސަރުކާރުން ތިދާއިރާގެ ކަންކަން ރާވާ ހިންގަން ތިބި މީހުންނަށް ހޭދަކުރުން ހުއްޓާލާފަ މިވެރިންނާ ހަވާލުކޮށްބަލަ އަހަރެމެންވެސް މީ ކުދިންގެ ބެލެނިވެރިން އަހަރެމެންގެ ޒިންމާއަކީ ދަރިފުޅަށް ކަންކަން ފަހިކޮށްދީ ރަނގަޅު ގޮތް ބުނެދީ އެކުދިން ރައްކާތެރިކަމާއެކު ތަރުބިއްޔަތުކުރުން ތިމީހުންނަށް ހާދަވަގުތެއްއޮ
ސއަބްރާހިމް
07 November 2022
ތިޔަހެން ރީތިކޮށް ގޭގަ އެބެލެނިވެރިން ވެސް ހާދަ ތިބެލާހިތްވާނޭ. ވާނުވާ ހޯދަބަލަ އޭރުން އެނގޭނެ.
ވާނުވާ
07 November 2022
ތުމާގެ ދަރި ގަނަނުތެޅި ކިޔެވޭތީ އުފަލުގައި ހުއްޓސް ހަގީގަތުގައި އެމީހުންށް އެތަށް ގޮތަކުން ޖެއްސުންކުރޭ
އިބްރ
07 November 2022
ބާރުތަށްލިބި ދައުލަތް ހިންގަން ނޭނގުނު ސަރުކާރު. އެމްޑީޕީ ސަރުކާރު. ރަތްޔިތުން ރުޅިއަރުވާ ސަރުކާރު
މޮޔަވެއްޖެ
07 November 2022
އައްޗީޑި އުޅޭ ވައްތަރެއް. މިމީހުންގެ ދަރިން އަދި ކިހާވަރެއް އަރުވާލާނެބާ.
މުޒާހަރާ
07 November 2022
މުޒާހަރާކުރަން ދަސްކޮއްދިނީ މިހާރުގެ ވެރިން. ވެރިން ދެއްކި ނަމޫނާގަ ހިފޭތޯ މިބަލަނީ...
ތައުލީމޭ
07 November 2022
ދެންކޮން އިސްލާމީ ތައުލީމެކޭ ކިޔާކަށް. ފުރަތަމަ އަދަބު އަހްލާގު ދަސްކުރަންޖެހެނީ
އަރަބް
07 November 2022
އަރަބި އަދި އިސްލާމް ސަރުކާރު ހުރިހާ ސްކޫލެއްގައި ކިޔަވާދޭ، އެހެންވީމާ ވަކިން ސަރުކާރު ސްކޫލެއް މިހާރު މިކަމަށް ހުރުމުގެ ބޭނުމެއް ނެތް. އަރަބި ޤައުމެއްގެ ސްކޫލަކާއި ގުޅިގެން އަރަބިއްޔާ ޕްރައިވެޓައިޒް ކުރަންވީ
އިމަނާ
07 November 2022
ތިޔަ މުޒާހަރާއާއި އަހަރެން ތާއީދު. އިސްލާމީ، ޢަރަބި ތަޢުލީމާ މިމީހުން މިހާވަރަށް މިހަސަދަވަނީ ކަމެއްނެތިއެއްނޫންކަން އެނގޭ. އެހެންވެ ފަހަރަކު ލޮޓިއެއް، ދެމުންދަނީ. ސަންފާއޮނުވާހަކަ އަހަމެންނުދޯ އެއީ ތެދެއް. ހިތްވަރާއެކު ދެމިހުރޭ. ޙައްޤަށް ނަޞްރު ލިބޭނެ.
ވަހުތާން
07 November 2022
ތިކަން އެނގޭނީ ޝައިޚް އިލްޔާސް އާއި ޑރ އިޔާޒަށް1 ބަލަގަ މިވރިމީހާނޫންތަ ނަބަވީ ބަސްފުޅުގައިވާފަދަ ސިފަތަށް ހުރި ބޭފުޅަކީ؟
ފިޑި
07 November 2022
ބަލަ ޔާމީންވެރިކަމުގާ އަރަބިއްޔާ ކުދިން ކިޔެވީ މުލިޔާގޭގާތޯ އަދި ބެލެނިވެރިން ނެތީތޯ އޭރުގާ ނިދިފަތޯ ތިއްބެވީ ހަމައަހާލީ