09 ނޮވެމްބަރ 2022 - 13:47
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން މިއަދު ދޮގު ކޮށްފި އެވެ.
އިމުގެ މައްސަލައިގެ އެއްވެސް ކަމެއް މަޖިލީހަށް ނާންގާ ކަމުގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކޮށްފައި ވަނިކޮށް، ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ ފެބްރުއަރީ 17، 2022 ގައި އެ މައްސަލައިގެ މައުލޫމާތު ކަރުދާސްތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
"[މަޖިލީހަށް ފޮނުވި] ސިޓީއާ އެކީ ހުށަހަޅާފައި ވާނެ މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އާއި މޮރިޝަސްގެ ފަރާތުން ދީފައި އޮތް ޖަވާބާއި ރާއްޖެއިން ދީފައިވާ ޖަވާބާއި ކަމާ ގުޅޭ ގޮތުން. ހުށަހެޅިފައި ހުރި ޗާޓުތަކުގެ ކޮޕީ އާއި އެ ބާވަތުގެ ލިޔެކިޔުންތައް،" ރިއްފަތު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސޓީ އާއި އދ. ގެ ޖެނަރަލް އެސެމްބްލީގައި ރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާ ކަން މަޖިލީހަށް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އައިސީޖޭ އިން ނިންމި ނިންމުން ތަންފީޒުކޮށް، ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމާފައިވާ ކަމެއް ވެސް މަޖިލީހަށް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
މަޖިލީހުން ބުނީ މޮރިޝަސްގެ އިމުގެ މައްސަލަ އަކީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުން ހުރި ކަމަކަށް ވާތީ އެކަން ބަޔާންކޮށް އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް އެޓާނީ ޖެނަރަލާއި އޭޖީ އޮފީހުގެ ކަމާ ގުޅުން ހުރި ބޭފުޅުން ބައްދަލު ކުރައްވަން އެ އޮފީހަށް ދެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ޖަވާބުގައި ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނައި ދެ ސިޓީއެއް އޭޖީން މަޖިލީހަށް ފޮނުވި ކަމަށް މަޖިލީހުން ބުންޏެވެ. ނަމަވެސް އަޑު އެހުންތައް ބޭއްވުމާ ހަމައަށް އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން ޖެހޭ ކަމަށާއި އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް މަޖިލީހަށް ހިއްސާ ނުކުރާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
މަޖިލީހަށް ހުށަހަޅަން ޖެހޭ ކަންކަމާއި ރުހުން ހޯދަން ޖެހޭ ކަންކަމުގެ އިޖުރާއަތްތައް އޮންނަ ގޮތް އޮޅޭ ގޮތަށް މަސްއޫލުވާ ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް ވެސް މަޖިލީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑއިލިޔާސް
09 November 2022
ދެންވެސް ތި ސަރަހައްދު ތިގޮތުގާ ބާވަން ބޭނުމީޔާ އަވަހަށް އިގިރޭސިވިލާތާ އެމެރިކާޔާ އެކު ރަސްމީ ވާހަކަ ތައް ފާށާ. އެމެރިކާއިން އެމީހުންގެ ސަލާމަތާ ގުޅުން ހުރި ކަމެެއްގަ ދޫ ނުދޭނެ . ނިމިފަ އޮތް ކަމެކޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް އެކަން ވައްދަން ނޫޅޭ!.
ބޮޑުމީހާ
09 November 2022
މި މީހުން ހަދާފާނެ ކިތަންމެ ބޮޑު ދޮގެެއްވެސް
މުޖުތާޒު
09 November 2022
ތިވަރުގެ ދޮގުހަދާމީހެއް ތިފަދަމަގާމެށްގަ ބަހައްޓަން ނުވާނެ ރައްޔިތުންގެ މަޖިލީހަށް ހުސަހެޅީމޭކިޔާ ކޮންހާދޮގުތަކެށްހަދަންތަ މިއުޅެނީ
ރިއްޕަތު
09 November 2022
ރިއްޕަތުގެ އޮޅުވާލުން ހުރި ވަރު. މަޖިލީހަށް އަމިއްލަ ފަރަތަކުން ޝަކުވާ ކުރީމަ މަޖިލީހުން އެކަމުގެ މައުލުމާތު ފޮނިވަދޭށެ ކިޔާފަ އޭޖީ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގަ ލިޔުން ފޮނުވާފާ މި ކިޔަނީ މައުލޫމަތު ހިއްސާ ކުރީމެ. ޙީވަނީ މީނަ އަމިއްލަ އިސްނެގުމަށް މަޖިލީހާ މައލޫމާތު ހިއްސާކުރީހެން.
ގެދާނޯމޮސް
09 November 2022
ތިތާއިންނަ މީހާ މޮރިޝަސް އައްގޮސް ކަމާބެހޭ މަޝްވަރާތަކުގަ ޖެހީ ސަކަރާތް އަދި ވެއްދިޔަސް ޖަހާނީ ސަކަރާތެވެ.
ދުމްމ
09 November 2022
އެހެެންވިއްޔާ ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނޭގޮތަށް ދައުލަތުގެ ކަމާބެހޭ ވެރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރޭ.
މަތީނު
09 November 2022
ރިޔާސީގެ މައިގަނޑު އެއް މައްސަލައަކީ ތިޔައީ. ރައީސުލްޖުމްހޫރިއްޔާއަކީ ވަކިވަކި މައްސަލަތަކުގައި ދުވަހުންދުވަހަށް ޖަވާބުދާރީކުރުވޭ މީހެއް ނޫން. ރައީސް އަންގައިގެން ކަމެއް ކުރިޔަސް ޖަވާބުދާރީވާން ހުންނަނީ ވަޒީރު. ރައީސްމީހާ ހުންނަނީ ވަޒީރުންގެ ނިވަލުގައި ދަފަރާވެގެން، އެކަމަކު ބަރުލަމާނީގައި ބޮޑުވަޒީރަކީ މަޖިލީހަށް ޙާޒިރުވެ، ތަޅުމުގެ ދެފަޅިޔަށްވެސް ޖަވާބުދާރީވާންޖެހޭ މީހެއް. ކުރިކަމަކަށްވެސް، ނުކޮށްދޫކޮށްލިކަމަކަށްވެސް ސީދާ ޖަވާބުދާރީވާންޖެހޭ.
ފެންސު
09 November 2022
މަތީނޫ އެެއީ ރިޔާސީގެ މައްސަލައެއްނޫން. އެއީ އިންސާނުން ހަދާ ހަމަނުޖެހޭ އުސޫލުތަކުގެ މައްސަލައެއް. ރައީސްވެސް ޖަވާބުދާރީކުރުވޭ ގޮތްގޮތް ހުންނާނެ. އެގޮތަށް އުސޫލުތައް ބަދަލުކުރޭ. ބައެއްމީހުންނަށް ހީވަނީ މި ނިޒާމުތަކަކީ ބާވާލެއްވި ތަކެތިހެން. ﷲ ތަޢާލާގެ ޤާނޫނު އެކަނި ބަދަލުނުކުރެވޭނީ