ގަރާޖުގައި އަލިފާން ރޯވެފައި: އަލިފާންގަނޑު ވަނީ އެ ގަރާޖު ހުރި ގެއަށް ވެސް ފެތުރިފައި -- ފޮޓޯ: އިފްރާޒް އަލީ/ މިހާރު
10 ނޮވެމްބަރ 2022 - 01:44
🚨: ގަރާޖުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފަޔާ ފައިޓަރުން ހަރުގަނޑު ބޭނުންކޮށްގެން އިމާރާތުގެ އެތެރެއަށް ފެންޖެހުމުގެ މަސައްކަތް ކުރަނީ pic.twitter.com/fLWaox7FEY
— Ippi (@ipputts) November 9, 2022
އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި. އަލިފާން ނިއްވާ ސިފައިން، އަލިފާން ރޯވެފައިވާ އިމާރާތުގައި ލެޑާ ބޭނުންކޮށްގެން ބިލްޑިންގުގެ މައްޗަށް ފެން ޖަހަން ފެށުމާ އެކު އަލިފާންގަނޑު މިހާރު ވަނީ ވަރަށް ބޮޑަށް މައިތިރި ކުރެވިފައި.
އެ ސަރަހައްދުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނި ގޮތުގައި އެ ގޭގެ ބައެއް ފްލޯތަކުގައި އަދިވެސް ދަނީ ގަދައަށް އަލިފާން ރޯވަމުން. ބޭރަށް ނުކުމެފައިވާ ހުޅުގަނޑު ކޮންމެވެސް ވަރަކަށް މައިތިރިވިޔަސް، ޖެހިގެން ހުރި ބައެއް އިމާރާތްތަކަށް އަލިފާންގަނޑު ހިނގައިދާނެތީ، އެ އިމާރާތްތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި.
--------------
މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި ހިނގުން ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޯވެ އަނދަމުން އެބަ ދެ އެވެ.
މަންޒަރު ދުށް މީހުންް ބުނީ، އެ ގަރާޖުގައި ވަރަށް ރޯވެ އަނދަމުންދާތާ ގަޑިއެއްހާ އިރު ވެއްޖެ ކަމަށެވެ. ފުލުހުން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބިފައި ވަނީ 12:30 ހާއިރު ކަމަށެވެ.
Ongoing now: Fire fighters trying to control the fire that started tonight in a building in Iskandharu magu. Cause unknown atm. Civilians in some neighbouring buildings cleared pic.twitter.com/uBFvJuFtrO
— Najah Masood (@najahmasoo) November 9, 2022
ރޯވި އަލިފާންގަނޑު އެ ގަރާޖު ހުރި އިމާރާތަށް ފެތުރި، އެ ހިސާބުގަނޑުގައި ވަނީ ދުންގަނޑު ވެސް ފެތުރިފަ އެވެ. އަދި ހުޅުގަނޑު ބޮޑުވެ، އެހެން އިމާރާތްތަކަށް ފެތުރިދާނެ ކަމުގެ ބިރު ވެސް ހީވެގެން ދިޔަ އެވެ. އެކަމަކު، އެމްއެންޑީއެފްގެ ފަޔާ ޓީމު ގޮސް، އަލިފާންގަނޑު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފަ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ދެންމެ ބުނީ، އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އަދިވެސް އޮތް ކަމަށެވެ.
(އިތުރު ތަފުސީލު އަންނަނީ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންފުޅުބެ
10 November 2022
މިފަދަ ހިތާމަވެރި ހާދިސާތައް ހިގައިނިމި ފުރާނަތައް ގެއްލުނީމަ ކޮންމެފަހަރަކުވެސް ބާރަށް ވަހަކަދެކެވިފަ އެހިސާބުން ނިންމާލަނީ. މިއޮތްތޮއްޖެހި ފުރިބާރުވެފައިއޮތް މާލޭގެ ހަނިހަނި ގޯޅިތަކުގެތެރޭ ގަރާޖުތައް ހަދައި ރެއާއިދުވާލު ތެލާއި ކެމިކަލް އެބަގެންގުޅޭ. ކޮންމެފަހަރަކު ރޯނުވިއެއްކަމަކު ސައިކަލްތަކުން ދުންޖަހާ ރޭސްމުށްގަޑުފެލާލާ އަޑުގަދަކޮ ގޭގޭމީހުންނަށް ޖައްސާ މުސީބާތް ގްރީންޒޯނުގައި ފިނިފެންމަލުގެ ދާންތަކުގައި އުޅޭބަޔަކަށް ނޭގޭނެ.
ތުނިޔަ
10 November 2022
ގަރާޖުތަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންދަން ހިއްކި އިންޑަސްޓްރިއަލް ވިލެޖް އެއޮތީ ވެހިކަލް ޕާކްކުރާ ތަނެއްގެ ގޮތުގަ.
އަފްރާސިޔާބު
10 November 2022
ހެހެހެ. އިންޑަސްޓްރިއަލް ވިލެޖް އޮންނަނީ ދިރިއުޅޭ ކޮޓަރި ތެރޭގައި. ބަލަ ގެތައް ކުއްޔަށް ނަގައިގެން އެގެތަކުގައި ބޮޑެތި އުދުންތައް ޖަހައިގެން އިންޑަސްޓްރިއަލް ފެންވަރުގެ ބަތްގަނޑުގަނޑާއި ރިހަ ކޮތަޅު ހަދައިގެން އިންޑިއާ ބަންގާޅު މީހުން މުޅިމާލެތެރެއަށް އެތަކެތި ބަހައި ކައިހަދާއިރު ސިއްޙީ ވުޒާރާއިން އެތަނެއް ހިންގުމުގެ ހުއްދަވެސް ދޭން ނުޖެހޭ ފާޅުކަން ބޮޑުކޮށް ވަގުވިޔަފާރި ހިންގާ ގައުމެއްގެ ވާހަކަ ތިބުނީ.
ސަސ
10 November 2022
މި ހާދިސާގައި ގިނަބަޔަކު ނިޔާވުމަކީ ވަރަށް ހިތާމަހުރި ކަމެއް. މީގެ އިތުރުން ގިޔަ ބަޔެއްގެ ދިރިއުޅުމަށް ފޫނުބެދޭވަރުގެ ބޮޑު ގެއްލުއްވާނެ. މިއަދު އެންމެންވެސް ވަރަށް ބާރަށް ގަރާޖުތަށް މީހުން ނޫޅޭ ހިސާބުތަކަށް ބަދަލު ކުރަން ގޮވާނެ. ބައެއް ފަހަަރު ހީވާނެ ދެ ދުވަސްތެރޭ ނިންމާނެއޭ. އަލިފާން ނިވި ދުންގަނޑު އޮބޭހެންް އެވާހަކަވެސް އޮބޭނެ. އަސްލު ކުރަން ޖެހޭ ކަންތަން ކުރާކަށް ނޫޅޭނެ
ށަވިޔަނި
10 November 2022
ހިތާމަވެރި ނުރައްކާތެރި ހާދިސާއެއް. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެވާ ގޮތުގައި އެޅޭނަމަ މިފަދަ ހާދިސާތައް މަދުވާނެ.
987654
10 November 2022
ގަރާޖުތައް ހުޅުމާލޭގެ ވަކި ސަރަހައްދަކައް ބަދަލުކޮއްދެއްވާ. އަދި ވަކި ސްޓެނދަދަކަށް ނޫނީ މިތަންތަން ނުހިންގޭގޮތް ހަދާ ބަލަ
ޢެޑްމުންޑޯ
10 November 2022
ގަރާޖަށް ޚައްސަ ބިމެެއް ކުރީ ސަރުކާރުން ހިއްކާފައިވަނީ މާލޭގައި ، އެބިން މިސަރުކާރުން ދީނުކޮއްގެން އުުޅޭސަބަބު ބަލަންވީ
ބެއްޔޔާ
10 November 2022
5 މީހުން ނިޔާވެ އެކަކު ވ. ހާލު ދެރަ. ޙުރިހާ އެންމެނަކީ ވެސް ބޭރުމީހުން. ގިނަ މީހުން ނިޔާވިކަމަށް ބެލެވެނީ ވިހަގޭހުގެ ސަބަބުން ނިދީގައި. إنا لله وإنا إليه راجعون.
ކަޑަ
10 November 2022
ކިތަ ތަން ރޯވިމަބާ ގަރާޖު މަސަކަތްކުރާތަން މަނާކުރާނީ ކޮންމެގޯޅިއެތެރޭގާ މީގެތާނެހުރެ އިންޖީނު ދޮންނައިރު އެހާވަސްގަދަ..ބޮޑު ކަމަކަ ވާނީ ކިހާވަރެވީމާބާ