ހިޔާ ސަރަހައްދަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން އިއްޔެ ހަރަކާތްރިވަނީ.-- ފޮޓޯ: ސްޓެލްކޯ
16 ނޮވެމްބަރ 2022 - 14:51
ހުޅުމާލެ ފޭސް ދެއަކުން އިއްޔެ ކަރަންޓު ދިޔަ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ވިއްސަކަށް ހާސް މީހުން ދިރިއުޅޭ 25 ބުރީގެ 16 ޓަވަރުން އިއްޔެ ހެނދުނު 11:00 ހާއިރު ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ.
އެ ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނީ ވަގުތީ ކޭބަލެއް އަޅައިގެން، އިއްޔެ މެންދުރު ފަހު އެވެ. އެހެންވެ، ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯގެ ޓީމުތަކުން މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.
ހަތަރު ގަޑިއިރަށް ފަހު ކަރަންޓު ދިން އިރު، ހިޔާގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް އިއްޔެ ވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފަ އެވެ.
އެޗްޑީސީ އިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ މަޝްރޫއެއްގެ ކޮންޓްރެކްޓާ މަގު ކޮނުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ކަމަށެވެ.
ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މިގޮތަށް މަގުކޮނެ ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި އެޗްޑީސީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކޯޕަރޭޝަނުން ބެލި ބެލުމުން މި މަސައްކަތް ކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަ ނުނަގައި، ގަވައިދާ ހިލާފަށް ކަން ވަނީ ފާހަގަ ކުރެވިފައި. މިކަމާ ގުޅިގެން މި ކޯޕަރޭޝަންގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަން ޖެެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" އެޗްޑީސީ އިން ބުންޏެވެ.
ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެސް މިއަދު ވިދާޅުވީ ހަތަރު ގަޑިއިރަށް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ސަރަހައްދުގައި އިމާރާތްކުރާ ފަރާތްތަކުގެ އިހުމާލު މިކަމުގައި އޮތުމުން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކިވުން
17 November 2022
ވަކި ބަޔަކަށް ވިކުނީމަ އެޅޭނެ ފިޔަވަޅެއް ނޯންނާނެ
ބޯ ހަލާކު
16 November 2022
ފޭސް 2 އަދި 3 ގައި މަގުތައް ހަދާ ނިމިފައި އެ އޮތީ ކަރަންޓް ވަޔަރިން އަށް މަގުތައް ކޮންނަން ޖެހޭގޮތަކަށް ނޫންތަ? އެއްވެސް ކަހަލަ ޕްލޭންއެއް ނެތި? އެޗް ޑީ ސީން ކޮންކަހަލަ ގޭމެއްތަ ތި ކުޅެނީ..... ބޯ ހަލާކު
މޯދީތަކުރު
16 November 2022
ގަަވައިދާ ޙިލާފަށް ކޮންނެގެން އުޅުނީ އިންޑިއާއަށް ނިސްބަތްވާ ކޮންޓްރެކްޓަރ ޖޭ.އެމް.ސީ. ފިޔަވަޅެއް އަޅާކަށް ނުކެރޭނެ.
އިންޑިއާ
16 November 2022
ފަހި ކޯޕަރޭޝަން ފްލެޓްތައް ގަދަނީ އިންޑިއާ ކުންފުނިންކަން ފާހަގަ ކޮށްލަން.
ސޭކުސްތާން
16 November 2022
ހުއްދަ ނުހޯދާ ހިންގި ގަރާޖެއްގައި ރޯވެ އެތާ މަތީއުޅުނު 10 މީހުން އަނދާ މަރުވި މައްސަލައިގައި ގަރާޖު ހިންގި މީހާ އާއި މެދު މިމޭރުމުން ފިޔަވަޅު އަޅެނުވޭތޯ. ވަކިބަޔަކަށް ވަކިގޮތެއްތޯ މިގައުމުގައި އޮންނަނީ. މަރުވީ ބޭރު މީހުންވީމަ މައްސަލައަކަށް ނުވީތަ؟
ކޮރަލް
16 November 2022
ނޫސްވެރީން 3 މަސް ފަހުން ފިޔަވަޅެއް އެޅިތޯ އަހާލަ ބަލާށެވެ. އަބަދުވެސް އަޅަނަމެވެ.
ބޮޑުމީހާ
16 November 2022
ފަހިދިރިއުޅުން ފްލެޓްތައް އަޅަނީ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން. ދެން ސައިޓް ހަވާލުކުރަންވާނީ ނަގަންޖެހޭ ހުއްދަތައް ނަގައިގެންތާ،
ދޮން
16 November 2022
މަ ހީކުރީ ތިކަންވެސް މަތި ކުރާނީ ކުރީ ސަރުކާރު މަތިން ކަމަށް ..އެހެން ބުނެލިނަމަ ސަޅިވާނެ..
ހުއްދަ ނުނަގާ؟؟
16 November 2022
އަލިފާން ރޯވެގެން 10 މީހުން ނިޔާވެގެން ގަރާޖު ހިންގީ ހުއްދަ ނުނަގާ ސިޓީކައުންސިލް، ކޭބަލް ހަލާކުވެގެން އެތައްގަޑި އިރަކަށް ކަރަންޓް ކެޑިގެން ފަހުން މިބުނަނީ މަގު ކޮނުނީ ހުއްދަ ނުނަގާ ، ވަރުވަރު މީހުންލާފަ ބޮޑުމުސާރަ ދީފަ މިތިބެނީ، ކަމެއް ދިމާވީމަ ހުއްދަ ނުނަގާ މިހެން ކިޔަންތަ ކޮބާ ތި މުވައްސަތާ ތަކުގެ ވެރިންގެ ސްޕަރވައިޒަރުންގެޒިންމާ މުސާރަ ނަގަން ހުއްދަ އޮވޭދޯ ބޯހަލާކު
ނަމޭ
16 November 2022
ހިޔާ ފްލެޓްުގައި އުޅޭ ރައްޔިތުންނަށް މާ ހެޔޮ އެދޭކަމަށް ހެދިގެން އެޗްޑީސީިން އުޅޭނެކަމެއް ނެތް..... ހިޔާ ރައްޔިތުންނަށް އެޗްޑީސީން ކުރާ ޖެއްސުމާއި، ގެންގުޅޭ ތަފާތުކުރުން އެ ސަރަހައްދަށާއި ދެން ހުރި ފްލެޓްތައް އަޅަފައިވާ ސަރަހައްދުން ދަތުރުކޮށްލީމަ ފެންނާނެ.....
ބުމަ
20 November 2022
ފުރަތަމަ ކުލި ދައްކަބަލަ