ރާއްޖެ ހިމެނޭ ގޮތަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުން ބޮޑު ކުދި ގައުމުތަކަށް މި ފަންޑުން މާލީ އެހީތެރިކަން ލިބޭނެ.
ކޮޕް27ގެ ބައްދަލުވުމެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވާހަކަދައްކަވަނީ: "ލޮސް އެންޑް ޑެމޭޖް" ފަންޑެއް ހަދަން ގައުމުތަކުން އެއްބަސްވުމަކީ ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގައި ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
20 ނޮވެމްބަރ 2022 - 14:51
މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މުއްސަނދި ގައުމުތަކުން މާލީ އެހީތެރިކަން ދިނުމަށް ހާއްސަ ފަންޑެއް އެކުލަވައިލަން ކޮޕް ސަމިޓުގެ ބައިވެރިން މިއަދު އެއްބަސްވެއްޖެ އެވެ.
މިސްރުގެ ޝަރްމުއްޝައިހުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް، ކޮޕް27ގައި މި ފަހަރު އެންމެ ހޫނުކޮށް ދިޔަ ބަހުސަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކުން ހިންގާ އަމަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް މޫސުމީ ކާރިސާތައް ތަހައްމަލު ކުރަން ޖެހިފައިވުމެވެ. އެ ބަހުސަށް މުއްސަނދި ގައުމުތަކުން ސަމާލުކަން ނުދެތީ އެކަމުގެ ފާޑުކިޔުން ވަރަށް ބޮޑުވި އެވެ.
ކޮޕް27 ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް އާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ -- ފޮޓޯ: ރައީސް އޮފީސް
"ލޮސް އެންޑް ޑެމޭޖް" ނުވަތަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ފަންޑަކީ މުއްސަނދި ގައުމުތަކުގެ ފެކްޓަރީތަކާއި އެ ނޫންވެސް ތަންތަނުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި އަދި ފަގީރު ގައުމުތަކަށް ލިބޭ ބޮޑެތި މޫސުމީ ގެއްލުންތަކުގެ ބަދަލު ހޯދަން އެކުލަވައިލާ ފަންޑެކެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަމިޓުގައި ބައިވެރިވި 200 ގައުމަކުން "ލޮސް އެންޑް ޑެމޭޖް" ފަންޑު ހެދުމަށް މިއަދު ހެނދުނު ބޭއްވި ކޮޕް ސަމިޓުގެ ބައްދަލުވުމުގައި އެއްބަސްވި އެވެ.
We absolutely need to keep 1.5 alive.
— Shauna Aminath 🎈❓ (@anuahsa) November 20, 2022
We have to ensure that we increase ambition to peak emissions before 2025.
We have to phaseout fossil fuel. We need to run our economies on sunshine, wind, ocean energy. We have just 86 months to fix this.
މިއީ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި މައްސަލައެއް. އަދި މާނަވީ ގޮތެއްގައި މި މައްސަލަ އަށް ހައްލެއް ހޯދަން ކުރެވޭނެ ކަންކަން ވެސް ކުރަން ޖެހޭ: ޝައުނާ، ތިމާވެއްޓާ ބެހޭ މިނިސްޓަރު
ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ލޮސް އެންޑް ޑެމޭޖް" ފަންޑު ހަދަން ގައުމުތަކުން އެއްބަސްވުމަކީ ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގައި ލިބުނު ވަރަށް ތާރީހީ ކާމިޔާބީއެއް ކަމަށެވެ.
"މިއީ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި މައްސަލައެއް. އަދި މާނަވީ ގޮތެއްގައި މި މައްސަލަ އަށް ހައްލެއް ހޯދަން ކުރެވޭނެ ކަންކަން ވެސް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
Maldives amazing team of climate negotiators 💪🏽 #COP27 pic.twitter.com/fPvs3OiYno
— Shauna Aminath 🎈❓ (@anuahsa) November 20, 2022
އެ އެއްބަސްވުމުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުނިޔެ ހޫނުވަމުން ދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ޖައްވަށް ވިހަ ގޭސްތައް ބޭރުކުރުން މަދުކުރުމާ ގުޅޭ ވާހަކަތައް ހިމަނާފައި ނެތް ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މާލީ އެހީދޭނެ ކަމަށް، އެމެރިކާ އާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކުން އެއްބަސްވި މިއީ އަދި ފުރަތަމަ ފަހަރެވެ.
އެ ފަންޑަށް ބޭނުންވާ ފައިސާ ޖަމާކުރާނީ ދުނިޔޭގެ ބައެއް މުއްސަނދި ގައުމުތަކުންނެވެ. އެ ފަންޑުން މާލީ އެހީ ލިބޭނީ ރާއްޖެ ހިމެނޭ ގޮތަށް، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ، މާލި ތަނަވަސްކަން ވެސް ދަށް ގައުމުތަކަށެވެ. އަދި އެ ފަންޑުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ވެސް، މޫސުމީ ބަދަލުތަކުގެ އަސަރު ކުރާ ގައުމުތަކަށް އެހީވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
21 November 2022
ފަންޑުން ލިބޭ އެއްޗެއް ދަތުރުތަކަށް ތަޅާ ހުސްކުރީމާ ރަނގަޅުވާނެ. ރަނގަޅު ފުރުސަތެއް ގައުމުތަކަށް ދަތުރުއަޅާލަން
ވަމުންދާ ގޮތުގެ ޙަޤީޤަތް
21 November 2022
ގައުމަށް ލިބޭހައި އެއްޗެއްގަ ހިނޭ ޖަހާ ދެން ތަލާގަނޑު ހިފައިގެން މި ޖަހަނީ ނިކަން ދެކިބަލަ ސައުނާ ތިއޮއް ހިންގި އިޔާދަކުރަނިވި ހަކަތައިގެ ނިކަމެތި މަޝްރޫޢު އެއްޗެއް ބެހެއްޓީމަ ހުރެ ހަލާކުވިޔަސް ނުހިނގިޔަސް މައްސަލައެއް ނެތް ބޭނުނމަކީ ފަރާތަކަށް ކޮންޓްރެކްޓް ދިނުން އެކަމަށް ތަމްރީނެއް ކުރެވިފަ ހުރި މީހަކު ރަށެއްގަ ނެތް ދެން ރަށްރަށުގަ ކުނިއަންދާފަ ތޫނު އަޅިބޮނޑި އުކަނީ މޫދަށް
ފުލޮޕްސަމިޓު
20 November 2022
ގަޅި ތަ. ތި ފަންޑު ހަދާފަ ދެން އެމީހުން އަރުވާ ދުން 3 ގުނަ އިތުރު ކުރާނީ.
އިސްތިއުފާ
20 November 2022
ތަމެން އިސްތިއުފާ އިސްތިއުފާ