ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރަށެއްގެ ސްކޫލެއްގެ ދަރިވަރަކަށް ފުރަތަމަ ފަހަރަށް ގާލް ގައިޑްގެ ޕްރެޒިޑެންޓްސް ބެޖު ލިބިއްޖެ

ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" ހާސިލުކުރި ފާތިމަތު ޔުމްނާ އާތިފަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބެޖު ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރަށެއްގެ ސްކޫލެއްގެ ދަރިވަރަކަށް ފުރަތަމަ ފަހަރަށް ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" މިއަދު ލިބިއްޖެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި އަހަރު އެ ބެޖު ލިބުނީ ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވި ދަރިވަރު ފާތިމަތު ޔުމްނާ އާތިފަށެވެ. މިއަދު މެންދުރުފަހު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބެޖު ޔުމްނާ އާ ހަވާލުކޮށްދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" ހާސިލުކުރި ފާތިމަތު ޔުމްނާ އާތިފް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަނީ -- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ޗީފް ގައިޑް އަދި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޗީފް ކޮމިޝަނަރު ނިއުމާތު ޝަފީގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބެޖު ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަށް ރައީސް ތައުރީފުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގައި ހިންގޭ ވަރަށް މުހިންމު، ބޭނުންތެރި ހަރަކާތެއްކަމުގައި ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ރާއްޖޭގައި ގާލް ގައިޑުންނަށް ޕްރެޒިޓެންސް ބެޖު ދޭން ފެށީ 1998 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެ ބެޖު ހާސިލުކޮށްފައި ވަނީ 14 ދަރިވަރެކެވެ. މީގެ ކުރިން އެ ބެޖު ހާސިލުކޮށްފައި ވަނީ މުޅިން ވެސް މާލޭ ސްކޫލްތަކުގައި ކިޔެވި ދަރިވަރުންނެވެ.

ގާލް ގައިޑްގެ އެންމެ ޝަރަފުވެރި "ޕްރެޒިޑެންޓްސް ބެޖު" ހާސިލުކުރި ފާތިމަތު ޔުމްނާ އާތިފް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ބެލެނިވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ރައީސް އޮފީސް

"މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލް ގައިޑަކު މި ބެޖް ހާސިލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ޔުމްނާ ތައުލީމު ހާސިލުކުރި ބ. އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ޔުމްނާ ހޯދައި މިދިނީ ފަހުރުވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ޕްރެޒިޑެންޓްސް ބެޖުގެ އިތުރުން ގާލް ގައިޑް ހަރަކާތުގެ 31 ބެޖެއް ޔުމްނާ ހާސިލުކޮށްފައިވެ އެވެ.

12 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސްދޭތެރެ

23 November 2022

ވަރަށް ބޮޑަށް މަރުޙަބާ ޔުމްނާ އަށާއި ޔުމްނާ ގެ މަންމަ އަށާއި ބައްޕައަށް. މި އީ ވަރަށް ބޮޑު ޝަރަފެއް. މަންމަ ސްކޫލްގައި އުޅުނު އިރު އޭރު ކެޑޭޓް ޙަރަކާތުގެ އެންމެ އިސްކޮށް އުޅުނު އެއް ދަރިވަރު. މި ކަހަލަ ވަނައެއް ހޯދައި ދިނުމުގައި ސްކޫލްްގެ ޓީޗަރުންގެ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭ..

The name is already taken The name is available. Register?

ދޯޕައްޓާ

23 November 2022

ސަފީރުކަމާއި ފޮރިން ދާއިރާގެ ވަޒީފާއެއް ބ އަތޮޅު ކުއްޖަކަށް ލިބޭނެބާ.

The name is already taken The name is available. Register?

ސިއްކަމޮހޮރީ

23 November 2022

ގާލްގައިޑަކީ ބަޔަކު މުއްސަނދި ކުރަންވެގެން ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް. ތިކަމަށް ސްކޫލްތަކުގަ އެއްވެސް ބަޖެޓެއްނޯވޭ. ހުރިހާ ކަމަކަށް ކުދިން ޗަންދާ ދައްކަންޖެހޭ. ކޮންމެ ޓަސްކެއް ނިންމުމުން ލިބޭބެޖް ޖެހެނީ ކޮންމެ ކުއްޖަކުވެސް ގަންނަން ބޮޑުއަގު ދީފަ. ކޭމްޕަކަށް ދާންވިޔަސް ހުރިހާ ޚަރަދެއް ބެލެނިވެރިންގެ ޖީބުން. ރާއްޖެއިން ބޭރުގައި ބާއްވާ ކޭމްޕް ތަކަށްދެވެނީ މުއްސަދިންގެ ދަރިންނަށް އެކަނި. މިޖަރީމާ ސްކޫލްތަކުގައި ހިންގުން ހުއްޓުވަންޖެހޭ.

The name is already taken The name is available. Register?

ހަބީ

23 November 2022

ބެލެނިވެރިޔާގެ ދިގުހެދުން ހާދަ ރީއްޗޭ! މާޝާ ﷲ

The name is already taken The name is available. Register?

އެން.ޑި.ފީ

23 November 2022

ހޮސްޕިޓަލަށް ދައްކަންވިޔަސް، އެހެން ކަމެއް ކުރަން ވިޔަސް މާލެ މި ބެޖާ ހަވާލުވާންވެސް ދަތުރު ހަދާގެން މާލެ

The name is already taken The name is available. Register?

ބުންލާ

23 November 2022

މަރުހަބާ ބެލެނިވެރިންނަށް.

The name is already taken The name is available. Register?

ބޮޑުމީހާ

22 November 2022

އެންމެ ގިނަ ހަފްލާތައް ޝަރަފުވެރިކުރުމުގެ ބެޖެއް މިރައީސަށް އަރުވަންޖެހޭ

The name is already taken The name is available. Register?

މ‫ާލޭގިރާވާރު ރާއިވެރިކަލޭގެ

22 November 2022

މ‫ަހުލޭ މީހުންނޭ ކިޔާބަލަ މީ ގިރާވަރު މީހުން މަހައް ގޮއްސަ މަސްކަނޑަން އަންނަ ތަނެއް

The name is already taken The name is available. Register?

ފެޒޫ

22 November 2022

މާލެ އަކީ ޖައްވު ދޯ؟

The name is already taken The name is available. Register?

ކިރު ސައި

22 November 2022

މާލެއަކީ ޕްލަނެޓެއްދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454