އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ތިން ވަނަ ފަހަރަށް ކާމިޔާބުކޮށް، ފޮރިން މިނިސްޓަރު ޝާހިދާއި ނިއު ޔޯކުގައި ތިއްބަވާ ދިވެހި ހާރިޖިއްޔާގެ އޮފިޝަލުން އދ. ގެ މައި މަރުކަޒުގައި ގުރޫޕް ފޮޓޯއެއް ނަންގަވަނީ -- ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ
22 ނޮވެމްބަރ 2022 - 20:25
އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަކަށް ރާއްޖެ އިން ވާދަކުރުމަށް މިއަދު ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އދ. ގެ މައި ދެ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ގައުމަކަށް ވުމަށް، ރާއްޖެ އިން ކުރިމަތިލާން މިހާރު ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން އެ ކައުންސިލުތަކުގައި ރާއްޖެ ތަމްސީލު ކޮށްފައެއް ނުވެ އެވެ.
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ކުރިމަތިލާން ނިންމާފައި ވަނީ 2033-2034 ގެ ޓާމަށެވެ. އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ކުރިމަތިލަނީ 2027-2028 ގެ ޓާމަށެވެ.
ރާއްޖެ އާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ރީތި ނަން ހޯދުމަކީ ވެސް ވައުދެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އެ އިންތިހާބުތަކުގައި ވާދަކުރުމަށް ސަރުކާރުން ނިންމީ މި ވައުދުތަކަށް ބިނާކޮށް، ރާއްޖެ އަށް "އަލިގަދަ މުސްތަގުބަލެއް ހޯދުމުގެ މަގުސަދުގަ" އެވެ.
ބަޔާނުގައި ބުނީ އދ. ގެ ސެކިއުރިޓީ ކައުންސިލުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުން ކަމަށެވެ. އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.
ރާއްޖެ އިން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓައިފަ އެވެ. އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވެސް ރާއްޖެ ހޮވުނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ވެސް ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދަކުރި އެވެ. އެކަމަކު އެ ފަހަރު ރާއްޖެއަށް ނާކާމިޔާބުވީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމާ
24 November 2022
ޝާހިދު އދ ގެ އާންމު މަޖުލީހުގެ ރައީސަކަށް ވާދަކޮށް ރައްޔިތުންގެ ލާރިތައް ބުރުއްސާގެން ހޮވިގެން ރާއްޖެއަށް ވީ އެއްވެސް ފައިދާއެއް ނެތް. ވީމޮޅެއް ވިއްޔާ ވީ ޝާހިދަށް އެކަނި. ރައްޔިތުންގެ ޖީބު ހުސްވީ
ޝާހިދާނާ
23 November 2022
ކަލޯ ތިޔަ ވަރަކުން އަދި ނުވާނެ. އދ ގެ ދާއިމީ މެމްބަރުކަމާއި ވީޓޯ ކުރުމުގެ ބާރު ކޮންމެވެސް ގޮތަކުން ހޯދާ.... އޭރުން ކަމެއް ވީކަމަށް ވާނީ.
123ރފފރ
23 November 2022
މިވަރު ބޮޑު ފައުޖެއް ނުފޮނުވިޔަސް ރާއްޖަތަމްސީލް ކުރެވޭނެ. ދައުލަތުގެ ބޭކާރު ޙަރަދް
އަރާވަރު
23 November 2022
މިހާރު މުހިއްމީ ތިޔަ ޒާތުގެ ކަންކަމަށް ދައުލަތުން އިތުރަށް ދާނެ ހަރަދެއްވޭތޯ ބެލުން. ކެމްޕޭން ކުރުމަށް ހަމަޖައްސާފައި އޮތީ ކިހާ ހަރަދެއް ހިނގާގޮތަށްތޯ ބެލުން. ގައުމު ދަރައިގެން އަތްނުފޯރާފަށަށް ދާއިރު ރީތި ނަމެއް ހޯދަން ކުރާ ބޭކާރު ހަރަދު ބެލުން މާމުހިއްމުވެއްޖެ. އާމްދަނީ ހޯދާނެ ގޮތެއް ނޭނގޭ ސަރުކާރަކުން އިތުރަށް ބޭކާރު ހަރަދު ދާ ގޮތަށް ރާވާ ހިންގާ ކަންކަމަށް ރައްޔިތުން ފާރަވެރިވާންޖެހޭ.
ދުލްހަން
23 November 2022
މި ފަހަރުވެސް ގޮޑީގަ ބައިންދަދީފާނެ ތޯއްޗެ؟؟!! ކުރިފަހަރުވެސް އިންޑިއާއިން ދުލްހަން އެއް ތައްޔާރުކޮށް އެސްމްބްލީ ގެ ޗެއަރ ގެ ގޮޑީގަ ބޭންދި.
ދެކޮޅު
23 November 2022
މި ކަމަށް ތާއީދު ނުކުރާނަން އަހަރެމެންވެސް. އެއީ ފަލަސްޠީނާ އެއްކޮޅަށް ވޯޓުލާން ނުކެރޭތީ. އެވަރު ބަޔަކު ކީއްކުރަން މިތަންތަނަށް ހޮވަނީ
ކުޗީ
23 November 2022
މިއީ ދުނިޔެ ހިނގާގޮތް. މިއީ އ.ދ އޭ ކިޔާޖަމާއަތް ހިނގާގޮތް. އެކަކުއަނެކަކުގެ ބުރިކަށީ ކަހާދޭ ހީލަތްތެރި ނިޒާމް. އިންސާފާއި ބާރުވެރިކަން ލިބޭނެކަމަށް ހީކުރެވޭ ހަމައެކަނި ނިޒާމް. އަބަދުވެސް ޑީލް ހަދާ ނިޒާމް. އިންސާނާގެ ޡޮމީރު ވިއްކާލާ ނިޒާމް.
ފާތުންތާ
23 November 2022
ޝާހިދު ގެ ވަރަށް ރަގަޅު ނިއްމުމެއް. ކިތެއްމެ ކުޑަގައުމެއްކަމުގައިވިޔަސް މިގައުމުގެ ޒުވާނުން ތިފަދަކަންކަމަށް ތަމްރީންކޮށް އެމީހުންނަށް ރީތިސިފަ ދަސްކޮށްދިނުމާއިއެކު ހާރިޖީދާއިރާއިގައި މިރާއްޖޭގެ ނަންދިރުވުމަކީ މިގައުމަށް ލިބޭނެ ނުހަނު ރީތި ޝަރަފެއްކަމުގައި ދެކެން.
ބޮޑުމީހާ
22 November 2022
ދެއަހަރު ދުވަހުގެ ޔޫއެންއޭޖީއޭގެ ރައީސްކަމުން މިގައުމަށް ލިބުނީ ކޯއްޗެއް. ވެރިކަމުގަ ދައުރެއްގައި އެންމެ މަދުން ހިލޭ އެހީ ލިބުނު ދައުރު މީ، އެންމެ ގިނައިން ދަރަނި ނެގި ދައުރު، އެހެން ގައުމެއްގެ ބެލުމުގެ ދަށުން ވެރިކަންކުރެވޭ ދައުރު. ތި ފާޑުފާޑުގެ ތަންތަނަށް ލައިގެން މިގައުމަށް ވާ ފައިދާއެއް ނެތް
ޔހުޔާ54
23 November 2022
މީ މާނަގެ ރައީސްކަމުގެ ކެމްޕޭނަށް މީނަ ކުރާ މަސައްކަތް.. އިބްރާހީމަށް މިކަންނުވިސްނެނީ ނުވަތަ ދަށުވެފަ ހުރި ވަރުން ބުނަން ލަދުން އެހެރީ.. އެހެންޏާ ފަހެ، މިނިސްޓްރީ ކޯމާގަ، ޚާއްސަކޮށް ފޮރިން މިޝަންތައް.. އެކަމަކު މީނަ ޔޫއެންގެ މަސައްކަތުގެ ކިޔާ މުޅި ދުނިޔޭގަ ބުރު ޖެހީ.. ލަންކާ ހުރަސްކޮށް އެހެން ގައުމުތަކަށް ދާއިރުވެސް އެތަނަށްވެސް މީނަ ދިޔަ ކަމަކަށް ޚަބަރުތަކަކުން ނުފެނޭ.. އުފަލާ އަރާމުގަ ކެމްޕޭނަށް ބުރުޖަހާނެ އިތުރު މަގެއް އެ ކޮށަނީ..
ވާރު
22 November 2022
ތިކަމުން ރާއްޖެޔަށްވާނެ އެއްވެސް ފައިދާއެއްނެތް ނިކަން އިގްތިސާދު ކުރިއަރުވަބަލަ ގަތަރުހެން މުޅި ދުނިޔެއަށް ތާރަފުވާާކަންކަން ކޮށްބަލަ