އިނގިރޭސި ވައިގެ ސިފައިން ބޭނުންކުރާ، ސީ ކިންގް މަރުކާގެ ހެލިކޮޕްޓަރު
24 ނޮވެމްބަރ 2022 - 13:36
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން، އެ ގައުމަށް އަސްކަރީ ހެލިކޮޕްޓަރު ފޮނުވުމަށް އިނގިރޭސި ވިލާތުން ނިންމައިފި އެވެ.
އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލޭސް އިއްޔެ ވިދާޅުވީ، ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ކުރާ މަސައްކަތުގައި ބޭނުންކުރުމަށް، ސީ ކިންގް މަރުކާގެ ތިން ހެލިކޮޕްޓަރު އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވާނެ ކަމަށެވެ. މީގެ ކުރިން ވެސް އިނގިރޭސި ވިލާތުން ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައި ވިޔަސް، ހެލިކޮޕްޓަރުތަކެއް ފޮނުވާ މިއީ ފުރަތަމަ ފަހަރެވެ.
ބެން ވެލޭސް ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން މިފަހަރު ޔޫކްރޭނަށް ފޮނުވާނީ ތިން ހެލިކޮޕްޓަރެވެ. އެ ތިން ހެލިކޮޕްޓަރަކީ ވެސް، ރަޝިޔާ ސިފައިންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދިނުމުގައި ބޭނުންކުރާނެ އުޅަނދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވައިގެ ސިފައިން ބޭނުންކުރާ، ސީ ކިންގް މަރުކާގެ ހެލިކޮޕްޓަރު
އޭގެ އިތުރުން، ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަންކުރި ބިންތައް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގައި ބޭނުން ކުރުމަށް، ބޮޑުބަޑީގެ 10000 ވަޒަން ވެސް ޔޫކްރޭނަށް ފޮނުވުމަށް އިނގިރޭސި ވިލާތުން ވަނީ ނިންމައިފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ބޮޑު ބައެއް ހިފައި އޭގެ ތެރެއިން ބައެއް ސަރަހައްދުތަކަކީ، ރަޝިޔާގެ ބައެއްގެ ގޮތުގައި ވެސް ކަނޑައެޅި އެވެ. ނަމަވެސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދިން ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން، ޔޫކްރޭން ސިފައިން ވަނީ އޭގެ ތެރެއިން ބައެއް ބިންތައް މިނިވަންކޮށް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.
އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލޭސް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ އިންޖިނޭރުންނާއި ޕައިލެޓުންތަކެއް ވަނީ، ސީ ކިންގް ހެލިކޮޕްޓަރު ބޭނުންކުރާނެ ގޮތުގެ ތަމްރީންތަކެއް ހަ ހަފުތާ ވަންދެން އިނގިރޭސި ވިލާތުގައި ފުރިހަމަ ކޮށްފަ އެވެ. އޭގެ އިތުރުން މިފަހަރު އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ތެރޭގައި، އެއްގަމުން މަތިންދާ ބޯޓަށް ހަމަލާ ދޭ ޒާތުގެ 1000 މިސައިލާއި، މަތިންދާ ބޯޓަށް ހަމަލާ ދޭ ޒާތުގެ 125 ބޮޑުބަޑި ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
26 November 2022
ކަލޯގެޔާ އަދިވެސް ޔޫކުރޭނު މޮޔަހައްދައިގެން އިތުރައް ހަލާކު ކުރަންދޯ މިވިސްނަނީ ޔޫރަޕުގެ ތިޔަ ހުވަފެން ދުވަހަކުވެސް ހާސިލެއްނުވާނެ ޔޫރަޕް ލަދުފުޅުން މިހާރު އެއުޅެނީ ހޭވުނުހަޑީގެ ބޮޑުކަމުން
ސަލީމު އިދުރީސް
25 November 2022
ބުނަން އަފުރާސިއާބު ޔޫރަފުގަ ޖަލުގަ އެހާފަސޭހައިން މީހުން ބަންދު ނުކުރެވޭނެ! ތީއީދޮގެން! އެހެންވެ ފުރާނަ އަތްމަޗައް ލައިގެނވެސް މުސްލިމު ރެފުއުޖީން ހުޅަނގު ޔޫރަފު ގައުމުތަކުގަ ފައިޖެހޭތޯ ބަލަނީ! ޗައިނާ ރޫސީވިލާތައް ހިޖުރަ ނުރާސަބު އަމިލަޔައް ވިސްނާލާ! އެއީ ގާނޫނަކުން އެވެސް މީހަކައް ހިމާޔަތް ލިބޭތާކައް ނުވާތި މުސްމުލިން އެތަނައް ހިޖުރަކުރަނީ! މުސްލިމުންނައް އެންމެ އަމާން ތަނކަމުގަ ޔޫރަފު ދެކޭތި އެތަނައް ހިޖުރަ ކުރަނީ!
ލޮލްލޮލްސް
25 November 2022
ރާއްޖެ ތެރޭ މީހުން މާލެއަށް ހިޖުރަކުރަނީ މާލޭގަ ޖަލަށް ނުލާފާނެތީތަ.. ކީއްވެ ދެކުނު އަތޮޅުތަކުގެ އެންމެން އައްޑު އަށް ނުދާންވީ.. ބޯގޯސް ސޮރެއްމީ ހުވާ..
ސަލީމު އިދުރީސް
26 November 2022
ކޮލޯ މަދޯ މިބޯގޯހީ މާލެޔައް ކޮމެވަގުތަކު ކޮންމެ ދިވެސްކައް އަރާފޭމުގެ ދަކަމެއްނެއް! ތިވަރު ވާނުވާ ނޭގޭ މީހުނައް އަޅުގަނޑުގެ ކޮމެއްޓު ތަކައް ރައްދުނުވޭނެ
ރައްޒާގު
24 November 2022
ފޮނުވަންވީ، ދުނިޔޭގެ ހުރިހާ ގައުމަކުން ހަތިޔާރު ދީގެންވެސް ރަސިޔާގެ އުދުވާނުން ޔޫކްރެއިން ރައްޔިތުން ސަލާމަޔްކުރަންޖެހޭ. ރަސިޔާއިން މިހާރު އެއުޅެނީ ހަގުރާމަ ހުއްޓާލަން ލަދުން.
ޖުހާ.
24 November 2022
ސިކުނޑިން ހިރަފުސްފޮޅާލާފަ އަލުން ވިސްނާލާ.
ޖުލައި
24 November 2022
ރައްޒާގުބޭ ތިހެން ވިއްޔާ ހަމާސް ޖަމާއަތައް ހަނތިޔާރު ފޯރުކޮށްދޭންވެސް ޖެހޭތާ ޓެރަރިސްޓު އިސްރާއީލު ކިބައިން ސަލާމަތް ވުމަށް
އަފްރާސިޔާބު
24 November 2022
ރަޝިޔާއާއެކު ހަނގުރާމައެއް ފަށަން ނޭޓޯ އިން ދަގަނޑު ތޫނުކުރާތާ 20 ވަރަކަށް އަހަރު ވެއްޖެ. 2013 ސެޕްޓެންބަރު ގައި ރާއްޖޭން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކުގެ ދަރިއަކު ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރި ހަނދާން އެބަހުރިދޯ؟ ޔޫރަޕާއި އެމެރިކާގައި ދިރިއުޅުނު ރަޝިޔާގެ އެތައް ރައްޔިތަކު ހައްޔަރުކޮށް އެމެރިކާގެ ޖަލުތަކުގައި ބަންދުކޮށްގެން މިޙާރުވެސް އެއުޅެނީ. ނޭޓޯ ބޭނުންވެގެން ފެއްޓި ހަނގުރާމަޔެއް މިހާރު ޔުކްރޭނުގައި ހިނގަނީ.