އިދިކޮޅުގެ ކޯލިޝަންގެ މެމްބަރުން: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ސަބަބުން ދިވެހި އިގްތިސޯދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ބަޖެޓާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: ޕީޕީއެމް
27 ނޮވެމްބަރ 2022 - 19:49
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ސަބަބުން ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ފާޑު ކިޔައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 42.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ފާސްކުރަން ވޯޓަށް އެހުން މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށް އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބަޖެޓަކީ "ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން" ނިންމާފައިވާ ބަޖެޓެއް ކަމަށެވެ. އެހެންވެ އެކަމުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުންޏެވެ.
އެހެންވެ، އިދިކޮޅުން ވަނީ މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް، މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297 މިލިއަން ރުފިޔާ މަސްވެރިންގެ ސަބްސިޑީއަށް އިތުރުކުރުމަށް އިސްލާހު ހުށަހަޅާފައި ކަމަށް ބުންޏެވެ.
އެ ބަޔާނުގައި އިދިކޮޅުން ވަނީ ސިޔާސީ ތައައްސުބުން އެއްކިބާވެ، މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިދިކޮޅުގެ އިސްލާހުތަކަށް ތާއީދުކޮށްދިނުމަށް އެދިފަ އެވެ.
މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މާދަމާ އެވެ. އެހެންވެ ބަޖެޓަށް ވޯޓަށް އެހުން މާދަމާއަށް ތާވާލުކޮށްފައިވާއިރު މީގެ ކުރިން ވެސް ދެ ޖަލްސާއަކަށް މި ބަޖެޓް ފާސްކުރަން ތާވަލުކުރި އެވެ. އެކަމަކު ކޯރަމް ހަމަނުވާތީ ކަމަށް ބުނެ ވޯޓަކަށް ނާހަ އެވެ.
އަންނަ. އަހަރުގެ ބަޖެޓަށް ބޭނުންވާ އާމްދަނީ ހޯދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ، އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދި ޓެކްސްގެ ގާނޫނު މަޖިލީހުން އިސްލާހުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފަ އެވެ.
އެ ބަޖެޓްގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ 29 ބިލިއަން ރުފިޔާ އެެވެ. ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކށް ކަނޑައަޅާފައިވާ ބަޖެޓަކީ 14 ބިލިއަން ރުފިޔާ އެވެ.
ބަޖެޓާ މެދު އިިދިކޮޅު ޕީޕީއެމްގެ ނުރުހުން ވެސް އޮތްއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވެސް ވަނީ މި ބަޖެޓަކީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުކުރާނެ ބަޖެޓެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މެމްބަރުން، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ވެސް ދެކޮޅު ހެއްދެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
28 November 2022
ކަލޭ ތިހެން ހުރުމުން މިގައުމަށް ލިބޭ ގެއްލުން މާބޮޑު.
ސަންސަރާ
28 November 2022
ޔާމީން މުޅިރާއްޖެއަށް ކުރަންފެށި ދަތުރުތައް ކުއްލިޔަކަށް މެދުކެނޑިއްޖެ. މިވެރިންގެ އަޑުވެސް ކެނޑިއްޖެ. ފަހަތުގަ އޮތީ ކޮންފަދަ ކަމެއްބާ؟
ބަޑިތަކުރު
28 November 2022
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނާފަދައިން އިދިކޮޅު ބަޔަކަށް ކަމުދާނެކަމެއް އެއްވެސް ސަރުކާރަކަށް ނުކުރެވޭނެއެވެ. ދެރަކަމަކީ އިދިކޮޅުގައި އެއިރަކު ތިބޭ ބަޔަކު ދައްކާ ދަޅަތަކުގައި ރައްޔިތުންގެ ގިނަ ބަޔަކު އަބަދުވެސް ޖެހޭތީއެވެ. ދެރަވިޔަސް މޮޅުވިޔަސް އެމީހަކު ސަޕޯޓް ކުރާ ޓީމަކަށް ތާއީދުކުރާހެން ހެވެއް ނުބައެއް ބެލުމެއްނެތި އެމީހަކަށް ތާއީދުކުރެވުނު ޕާޓީއަކަށް ގިނަ ބަޔަކު ތާއީދުކޮށްގެން ތިބޭތީއެވެ.
ޢަރުތަ
28 November 2022
"އެ ބަޔާނުގައި އިދިކޮޅުން ވަނީ ސިޔާސީ ތައައްސުބުން އެއްކިބާވެ، މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އިދިކޮޅުގެ އިސްލާހުތަކަށް ތާއީދުކޮށްދިނުމަށް އެދިފަ އެވެ". 'އިދިކޮޅު ސިޔާސީ ޕާޓީ' ޚާއްސަކޮށް ޕީޕީއެމް އިން ތިޔަބުނާ ސިޔާސީ ތައައްސަބަކުން އެއްކިބާ ވެގެން އެއްވެސް އެއްޗެއް ބުނެދާނެ ކަމަށް ބޯކަޅު މައްޗަށް ހުރި އިންސާނަކު ގަބޫލެއް ނުކުރާނެ، ތިޔަ މަޤާމުގަ މިއަދު އެހެން ޕާޓީއެއް އޮތަސް މިކަން އޮންނާނީ މިގޮތަށް.
ޑރ އަދުރޭ
27 November 2022
ތިކަން އެނގެޔޭ! ގެއްލުންވާގޮތަށޭ ހެދީ! އަދި ގައުމު ފެލާލުމުގެ ބޭނުމުގަޔޭ އެހެން ހެދީ! އަދުރެމެޓިކްސް އައް ހީވީތަ، ކަލެއައް އެކަންޏޭ ހިސާބުގެ ޑޮކްޓަރަކީ؟
ބަންޓީ
27 November 2022
މި އަދުރޭނޫން އެހެން މީހަކު އޮޕޯޒިޝަންއިން ވާހަކަ ވިދާޅުވާން ނެރެންވެއްޖެ. މީނާގެ ސަބަބުން ޔާމީނަށް ލިބެން އޮންނަ ވޯޓުކޮޅުވެސް ގެއްލޭ ކަހަލަ މީހެއް މިއީ!
ތޔކހ
27 November 2022
އެމްޑީޕީ އިދިކޮޅުގަ އޮތްނަމަ ބަޖެޓް އެކަންޏެއް ނޫން ކޮންމެ ކަމެއް ކުރިޔަސް ގޯސްވާނީ އެއިރެއްގަ އޮންނަ ސަރުކާރު އަދި ތިބުނާ ޓެކްސް ވެސް ނަގަން ފެށީ އަދި އެބޮޑުކުރީވެސް އެމްޑީޕީ އިން
ޢަރުތަ
28 November 2022
ޓެކްސް ތައާރަފްކުރީވެސް އެއީ ކުރަން ޖެހޭ ކަމަކަށް ވާތީވެ، އަދިވެސް ކުރިއަށް އޮތްތަނުގަ ރާއްޖޭގަ ބޮޑެތި އިތުރު ޓެކްސްތައް ނަގާނެ، ނަގަންވެސް ޖެހޭ، މިހާރު މިސަރުކާރުން ވެސް ޓެކްސް ބޮޑުކުރީ، ޕީޕީއެމް ވެރިކަމުގަ އޮތް އިރުވެސް ތިހުރިހާ ޓެކުހެއް އޮތީ ބޮޑުކޮށްފަ. ޕީޕީއެމެއް އެމްޑީޕީ އެއް ކިޔާނެ ކަމެއް ނެތް، ތިޔައިގެ ތެރޭގަ ނެތޭ ސަހަލު އެއްބަޔަކު.
ގެދާނޯމޮސް
27 November 2022
ބަލަގަ ބަޖެޓުން ވޯޓުހޯދާމީހުން ދީނާގައުމަށް ދިމާވެދާނެ ގެއްލުމަކަށް ނުވިސްނާނެއެވެ.
ކުލި
27 November 2022
ޔާމީން ސަރުކާރުގަ ޓެކްސް ނުނަގަތަ ކޮންމެ އަހަރަކު ބަޖެޓް ހަދަނީ؟
ރަންނަ
27 November 2022
50% ނަގަމުން އައީ. ދެން ފަހުން ކުލިދައްކަން ޖެހިގެން ފުލްކޮށް ނަގަން މަޖުބޫރުވީ
ޔޭސް
27 November 2022
އަދުރޭ ހިސާބު ހެދީމައި ދެން އިތުރަށް ބުނާނެ އެއްޗެއް ނޯންނާނެ.