ތިލަފުށި ފަޅުތެރޭގައި އޮތް ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރަނީ -- ފޮޓޯ: ވެމްކޯ
30 ނޮވެމްބަރ 2022 - 10:54
މޫދަށް އުކާލައިފައި ހުންނަ ކުނިތަކުން ކ. ތިލަފުށީގެ ފަޅުތެރެ ފުރިއްޖެ އެވެ.
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ތިލަފުށީގެ ބައެއް ސައިޓުތަކުން މޫދަށް އެޅިފައި ހުންނަ ކުންޏާއި ދޯނިފަހަރުންނާއި އެހެން ގޮތްގޮތުން ވެސް މޫދަށް އެޅިފައި ހުންނަ ކުނިބުނިން ތިލަފުށީގެ ފަޅުތެރެ ފުރިފައިވާ ކަމަށެވެ.
"މިހާރު އޮއިވަރު ހުރި ގޮތުން އެ ހުރިހާ ކުންޏެއް އެއްތަނަކަށް ޖަމާވެފައި ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.
ތިލަފުށި ފަޅުތެރޭގައި އޮތް ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރަނީ -- ފޮޓޯ: ވެމްކޯ
މާލެ ސަރަހައްދުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރާ ވެމްކޯ އިން ބުނިގޮތުގައި ތިލަފުށީގެ ފަޅުތެރޭގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ވެމްކޯ އިން ޓުވީޓް ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ތިލަފުށީގެ ފަޅުތެރެ އޮތީ ލަކުޑި އާއި ފުޅިމަދާއި އަދި އެކި ވައްތަރުގެ ޕްލާސްޓިކް ކުނިބުނިން ފުރިފަ އެވެ. އެ ކުންފުނީގެ ވެހިކަލެއް ބޭނުންކޮށްގެން ކުނިތައް ނެގުމުގެ މަސައްކަތް ކުރާތަން ވެސް ފޮޓޯތަކުން ފެނެ އެވެ.
މޫދަށް އުކާފައި ހުންނަ ކުނިތަކުން ތިލަފުށި ފަޅުތެރެ ފުރިފައި -- ފޮޓޯ: ވެމްކޯ
މީގެ ކުރިން ވެސް، ތިލަފުށީގެ ފަޅުތެރޭގައި ކުނިބުނި ގިނަވެ، ކުނިތައް ނަގާފައިވެ އެވެ.
ކުނި ބޭނުންކޮށްގެން ހިއްކާފައި އޮތް ތިލަފުށީގައި މިދިޔަ އަހަރު ކުނި އެންދުން ހުއްޓާލި އެވެ. އޭގެ ފަހުން، މިހާރު އެ ރަށުގައި ކުނި މެނޭޖުކުރަމުން އަންނަ ޒަމާނީ އާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަބިލި
02 December 2022
ހުޅުމާލެ ފަޅުވެސް ހަމަ ތިވަރު!
ގާނާބިލު
01 December 2022
ތިމާވެށި ބަލަހައްޓަން މާ ގާބިލްމީހުން މަގާމުތަކަށްލީމަ ވާ ގޮތް ތިއީ. ގައުމުން ބޭރުގައި އެކަމު އެމީހުންނަށްވުރެ ތިމާވެށިވެގެން އުޅޭ ބައެއް ނުތިބޭނެ.
ކާސި
30 November 2022
ތިވަރުނުވަނީސް ތިތަން އެއްވެސްފަރާތަކަށް ނުފެންނަނީބާއެވެ!
ދިއްދޫމީހާ
30 November 2022
ބަލަ ތިޔަތަން އުފެދީ ކުނި ބޭނުން ކޮއްގެން އެހެން ވީމަ ކުނި ގިނަވާނެ
ކޮރަލް
30 November 2022
ބިދޭސީން އަތް މައްޗަށް ހުރހާ ކަމެއް ދޫކޮށްލީމަ ވާގޮތެވެ. ޖޫރިމަނާ ކުރަން ބަލާ އިރު ލިޔެ ކިއުމެއް ނުހުރެ އެވެ. ދެން ޖެހެނީ ދޫކޮށްލާށެވެ.
ސަސ
30 November 2022
ކުނި ވަކި ކުރެވިއްޖެ، ކޮތަޅަކުން 2 ރުފިޔާ ނަގަން ފާސް ކުުރެވިއްޖެ، ގުރީން ޓެކްސް ނަގާ. ދެން ކުނި ޖަމާވުން އެއީ އީޕީއޭ ކުރާނެ ކަމެއް ނޫންް ދެއްތޯ.
ހިތަދު
30 November 2022
"ތިލަފުށީގެ ބައެއް ސައިޓުތަކުން މޫދަށް އެޅިފައި ހުންނަ ކުންޏާއި" ކޮބައިތޯ އީޕީއޭ؟
ލިޓްލް މޯ
30 November 2022
މީގެން ދައްކުވާދެނީ އެވްރެޖުކޮށް ދިވެހިންގެ ވިޔާނުދާކަން. އަމިއްލަ ބޭނުމަށް އަމިއްލަ ޖީބުގެ ޚަރަދުކުޑަން ކޮންމެ ކަމެއްވެސް ކޮށްފާނެކަން.
ސަރީފާ
30 November 2022
އަހާ ކުނިފުނި މިއޮތީ މޫދުގަ
ރަދީފްއޮފިޝަލް
30 November 2022
ތިމާވެށީގެ ކާފައިގެން ގައުމު ދެއްތޯ!!! ލަދު ކޮބާ؟؟ ވ.ވެދުން