މިއަދު ރައްޔިތުންގެ މަޖިލީހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ ސުވާލުތަކަށް ނަޝީދު ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
01 ޑިސެމްބަރ 2022 - 16:45
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމުން ދެކޭ ގޮތް ހޯދަން ވޯޓު ނެގުމަކީ އެމްޑީޕީން ރައްޔިތުންނަށްވި އެންމެ ބޮޑު އެއް ވައުދު ކަމަށާއި އެ ވައުދު ނުފުއްދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ބާއްވާ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އެމަނިކުފާނު ޕްރައިމަރީގައި ވާދަ ކުރައްވަންތޯ އާންމުންގެ މީހަކު ސުވާލު ކުރުމުން ވިދާޅުވީ، ޕްރައިމަރީއަކަށް ދާއިރު މިދިޔަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރުނު މެނިފެސްޓޯ އާއި އޭގައި އޮތް ވާހަކަތަކަށް ވިސްނާލަން ޖެހޭނެ ކަމަށެވެ. އެފަހަރު ވީ އެންމެ ބޮޑު އެއް ވައުދަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯ ނަގައި ދެއްކެވުމަށް ފަހު، އޭގައި ބަރުލަމާނީ ނިޒާމު ގެންނަން ވައުދުވެފައިވާ ގޮތުގެ އިބާރާތްތައް އޮތް ގޮތަށް ވިދާޅުވި އެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވައުދުވެފައިވާކަން ވަރަށް ސާފު ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގަތީ އެ ވޯޓު ނަގަން ވައުދުވި މެނިފެސްޓޯއިން ކަމަަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އޭރު އެއްބަސްވީ، އެހެން ޕާޓީތަކާ ވެސް ގުޅިގެން މަސައްކަތް ކުރާތީ އެ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ތެރެއިން ހުރިހާ ޕާޓީއެއް އެއްބަސްވާ ކަންތައްތައް ކުރިއަށްގެން ދިޔުމަށެވެ.
ހުރިހާ ޕާޓީތަކުން އެއްބަސްވި ކަންކަން ހިމެނޭ ލިޔުމެއް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ލިއުން އާއްމުކުރައްވަމުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެންމެ ފަހު އަހަރު ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ވޯޓު ނަގަން އަދާލަތު ޕާޓީން އޭރު ހުށަހަޅާފައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް އެމްއާރްއެމްއިން ވެސް ތާއީދު ކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެނެއް ނުވާނެ މި ފެންނަ ނުފެންނަ ވޯޓު ނުނަގައެއް. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައި އޮތް އެންމެ ބޮޑު އެއް ވައުދު." ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި އޮތް ނިންމުމެއް އަޅުގަނޑުމެން ރައްޔިތުންނަށް ވެފައި އޮތް ވައުދެއް. މި ވައުދު ފުއްދުމަށްފަހު ނޫނީ އަޅުގަނޑުމެން ޕްރައިމަރީއަކާ ދިމާލަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން."
ނަޝީދު މިހެން ވިދާޅުވިޔަސް އޭރު ނިންމީ އެމްޑީޕީއާ އެކު ކޯލިޝަން ހަދާ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އާއި އަދާލަތު ޕާޓީއަށް އެއްބަސްވެވޭ ސިޔާސަތުތައް ހިމަނައިގެން ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯއަކަށް އަމަލުކުރުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަންފީޒުކުރައްވަން ނިންމަވައި ކެމްޕޭންގައި އޭރު ރައްޔިތުންނަށް އިއުލާންކުރެއްވީ ވެސް ޕާޓީތަކަށް އެއްބަސްވެވުނު މެނިފެސްޓޯ އެވެ.
އެމްޑީޕީގެ މެނިފެސްޓޯއަށް އަމަލުނުކޮށްގެން ދައުރުގެ ކުރީކޮޅު އެ ޕާޓީގެ ބައެއް މެމްބަރުން ފާޑުވެސް އަމާޒުކުރި އެވެ. ގުޅިފައިވާ ޕާޓީތަކުން އާއްމުކުރި މެނިފެސްޓޯގައި ދައުރުގެ ފަހުކޮޅު ބަރުލަމާނީ ނިޒާމަކަށް ބަދަލުވާ ވާހަކައެއް ނެތެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ ސުވާލުތަކަށް ނަޝީދު ޖަވާބު ދެއްވަނީ -- ފޮޓޯ: މަޖިލިސް
ނަޝީދު ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވެސް ފާޑުވިދާޅުވެފަ އެވެ.
މި ދުވަސްވަރަކީ ދައުލަތުގެ މާލީ ކަންކަން ދަތިވެ، ރިޒާވް އިންތިހާއަށް ދަށްވެފައިވާކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ. އިންޑިއާގެ އެހީ ލިބިފައިވާ ނަމަވެސް، ބޭހާއި ތެޔޮ ފަދަ ކަންކަމަށް ކުރަން ޖެހޭ ހަރަދުތައް ވެސް ބޮޑުކަމަށް ވިދާޅުވި އެވެ. އަދި ދަރަނި އަދާކުރަން ކުރަން ޖެހޭ ހޭދަ ވެސް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ ވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވަން އުޅުމުގެ ކުރިން ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިއީކީއެއް އެއްވެސް ހާލަތެއްގައި ފަސޭހަ ވަގުތެއް ނޫން. އަޅުގަނޑު ރިޔާސީ އިންތިހާބަކާ ދިމާލަށް ދުއްވައިގަތުމުގެ ކުރިން މި ދެންނެވި ދެ ނުކުތާއަށް އަޅުގަނޑުމެން އެންމެން އެބަ ވިސްނަން ޖެހޭ." ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކޮށްފި ނަމަ ބަލިވާނެ ކަމަށާއި، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހެދި ވަރަށް ވުރެ ދެރަކޮށް ސިޔާސީ ދެކޮޅުވެރިން އެމަނިކުފާނާ މެދު ކަންތައް ކުރާނެ ކަމަށް އާންމުންގެ މީހަކު މިއަދު ފޮނުވި ސުވާލެއްގައިވެ އެވެ. އެ ހުރިހާ ކަމަކުން ސަލާމަތްވެވަޑައިގަތުމަށް ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ހިޔާލު ދޫކޮށްލައްވަން ނުވިސްނަވަންތޯ އެހުމުން ވިދާޅުވީ ޕްރައިމަރީއަށް ވެސް ކުރިމަތިލައްވާނީ ކާމިޔާބު ކުރެއްވޭނެ ކަަމަށް ބަލައިގެން ކަަމަށެވެ.
މީގެ ކުރިން އެމަނިކުފާނު ވާދަ ކުރެއްވި އިންތިހާބެއްގައި ނާކާމިޔާބުވެވަޑައިގެންފައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ނުދޭ އިންތިހާބުތަކުން އަޅުގަނޑަށް އެހާ ބޮޑު ނާކާމިޔާބެއް ކުރިމަތިވެދާނެ ގޮތަކަށް،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބެއްގައި ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދުނު ފަހުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވެސް އެމަނިކުފާނުވީ ނާކާމިޔާބެވެ. އެގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބޭއްވި އިންތިހާބު ވެސް ކާމިޔާބު ކުރެއްވީ ރައީސް ސޯލިހު ތާއީދު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިޔައަކުރު
03 December 2022
އިންތިހާބެއްގައި ނާކާމިޔާބުވެވަޑައިގެންފައި ވެސް ނެތް ކަމަށް އެބޭފުޅާ ވިދާޅުވިޔަސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގ.ކެނެރީގޭ މުހައްމަދު ނަޝީދަށް ލިބުނީ 105181 ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅާއަށް ލިބުނީ 111203 ވޯޓެވެ.
އެޑަމް
03 December 2022
ނަސީދުގެ އާސްކު ސުޕީކަރު މިއީކަނޑައެޅިގެންހުުރި ކަރަޕުސަންގެޢަމަލެކެވެ.މިކަންތައްް އޭސީސީންހުއްޓުވަންޖެހެއެވެ. މިހެނީ ދައުލަތުގެވަސީލަތްތައްބޭނުންކޮއްގެން މީނާމިކުރަނީކެމްޕޭންއެވެ މީކީމަޖިލިހާބެހޭކަމެއް ބެހޭވާހަކައެއްވެސްނޫނެވެ.މީނަޔަކީ ހުރިހާކަމެއްވެސްމިކަހަލަމަކަރާހީލަތުން ކުރާމީހެކެވެ.
ކަލްމާ
02 December 2022
ލަދުކުޑަ ވިޔާނުދާ އިންސާނެއް ނަޝީދަކީ! ވިހަކަން ގަދަ މީހުންނަށް ނުބައިހިތް އޮންނަ މީހެއް! ހަސަންކުރުސީގެ ޓުވީޓާރ އެކައުންޓު ނޫނީ އެލެކްސް އަހުމަދުގެ އެކައުންޓުގަ ކޮށް ފަ ހުންނަ ފުރައްސާރަ ތަކުން މިކަން ސާފުކޮށް ފެނޭ! އެހެނަސް މީނަ އަށް ކަނުލޯބިވާ މީހުންނަށް މިކަން ނުފެންނާނއ!
ހަސަދު
02 December 2022
އެއްވެސް ވޯޓެއް ނަންގަވާނެ ކަމެއް ނެތް. އެމް ޑީ އަކީ ހަމަ ބޯޑު ފެއިލް އިއަރެއް ކަން ސާބިތު ކޮށަދެއްވައިފި. ދެން ގައުމަސް ރަނގަޅު ވާނީ އެމްޑީ÷ީ ވެރިކަމަސް ނައިއްޔާ!!!!
ފޮނު
02 December 2022
ތި މެނިފެސްޓޯގަ ނިޒާމީ ވޯޓެއްގެ ވާހަކަ އޮތްކަންވެސް ގިނަ ދިވެހިންނަށް ނޭންގޭ. ދެން ކިހިނެތް ތިއީ މާ މުހިއްމު ވައުދަކަށްވާނީ. ނަޝީދުގެ ސިޔާސީ ކުރިމަގަށް މުހިއްމު ވެދާނެ. އެކަމަކު ދެން އިންތިހާބެއް ބާއްވައިގެން ހޮވޭ މަޖިލީހަކުންވެސް ބޮޑުވަޒީރަކަށް ވުމުގެ ފުރިސަތު ނަޝީދަށް ވަރަށް ހަނި. ރާއްޖޭގެ ވެރިކަމަށް ނަޝީދު ގެންނާކަށް ދިވެހިން ނޭދޭ.
ޖުމޭ
02 December 2022
އާސްކް ސްޕީކާ އަށް ދެއްކޭނީ މަޖިލިސްގެ ވާހަކަ.... ޕާޓީގެ ވާހަކަ ދައްކަވާނީ ޕާޓީގެ ތޮފިއަޅައިގެން..... މިމަނިކުފާނަށް ހޯކުރެއްވެނީ ދިވެހިރާއްޖޭ އަކީ ކެނެރީގެ މުދާގަޑެއްކަމަށް.....
ބިގަރު
02 December 2022
އެއީ އަޅުގަނޑުމެން ރައްޔިތުން ބޭނުންވެގެންވީ ވައުދެއްތޯ؟ އެއީ ވަކި މީހަކު އެންމެންގެ ވޯޓާނުލާ ހަމަ އެކަނި މަޖިލޯހުން ހޮވާލެވޭ މީހަކު ވެރިކަމަށް ގެންނަން ބޭނުންވެގެން މީހަކު ލައްވާ ބުނުވި ބަހެއްތޯ؟ އަޅުގަނޑުމެން ރައްޔިތުން ބޭނުމެއްނުވޭ އިނގޭތޯ ބަރުލަމާންޏެއް!
ކުރުސީ
02 December 2022
އެތަކެއް މިލިއަން ޚަރަދުކޮށްގެން ނިޒާމީ ވޯޓެއް ނެގުމަކީ މިހާރު ވަރަށްބޮޑު ބޭކާރު ޚަރަދަކަށްވާނެ އެއީ ރައްޔިތުން ބޭނުމެއް ނުވޭ ނިޒާމު ބަދަލުކުރާކަށް، ނަޝީދު ތިކަމާނޫޅެ އެހެން ކަމަކާ އުޅުއްވުން މާރަގަޅުވާނެ
ލާމަސީލު
02 December 2022
ތްރީލައިން ވިޕްލައިނާއި ހިލާފްވި މަޖިލިސް މެމްބަރުން ޕާރޓިން ވަކިކުރީވެސް މިސޮރު. މިސޮރު މިހާރު މިކިޔާ ލަވައެއް ނޭނގުނު.
ށަވިޔަނި
02 December 2022
ތިނިޒާމު ބޭނުމެއް ނޫނޭ ބުނާއަޑު ނުއިވެނީ ކީއްވެ؟