މ. މުލީގައި އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަނީ: ރަށުން ބޭރު މީހުންނަށް އެ ރަށުން ގޯތި ދޫކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އެމްޓީސީސީ
04 ޑިސެމްބަރ 2022 - 12:34
އާބާދީގައި 1،000 އެެއްހާ މީހުން ދިރިއުޅޭ މ. މުލީގެ އާބާދީ އިތުރުކުރުމުގެ ގޮތުން ރަށުން ބޭރު މީހުންނަށް އެރަށުން ގޯތި ދޫކުރަން ނިންމައިފި އެވެ.
މުލީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށްޓަކައި އެ ރަށުން 2،000 އަކަފޫޓުގެ 135 ގޯތި ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ އެ ރަށު ގަބުރުސްތާނުގެ ދެކުނުން ދޫކުރާ ފަސް ގޯއްޗާއި ރަށުގެ އިރުވައިފަރާތު ބިމުން ދޫކުރާ 130 ގޯތި ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
އޭގެ ތެރެއިން 125 ގޯތި ހާއްސަކުރަން ނިންމާފައި އޮތީ މުލީގެ ރައްޔިތުން ނުވަތަ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަދި ބާކީ 10 ގޯތި ހާއްސަކުރަނީ، އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން އެ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
• 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
• ގޯއްޗަށް އެދި ހުށަހަޅާ މީހާއަށް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައިނެތުން.
• އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދޫކޮށްލުން.
• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.
• އެއްމެދު އިމާރާތެއް، ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.
މިއަދުން ފެށިގެން އެ ގޯތިތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނެ ކަމަށް މުލީ ކައުންސިލުން ބުންޏެވެ. އެ ގޯތިތަކަށް ކުރިމަތިލާން އަންނަ މަހު 12 ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދު އައްޓަމަސް
07 December 2022
މުލީގައި އެއްމެ ހާހެއްހާ މީހުން އުޅެމުންދާއިރު މުލަކުގައި ދެހާހެއްހާ މީހުން ދިރިއުޅޭ. އެކަމު ވެރިކަން ކުރަންވަނީ މުލީ މީހުން. ކޮބާ ތޯ އިންސާފަކީ.?
ގުދުގުދާބެއްޔާ
05 December 2022
ހުސްފޭކް ސުރުހީ ބޮޑުކޮއްލަން އޭރުން ބުނެވޭނެ ދޯ އަހަރުމެންގެ ރަށުން ވެސް ބޭރުމީހުންނަށް ގޯތި ދިނީމޭ! ނުދޭނެ. ދޭނީ ހުސް މުލީމީހުންނަށް!
ބޮޑުމީހާ
04 December 2022
ކުދި އާބާދީތަކުގެ މީހުން ބޮޑެތި ރަށްތަކަށް ބަދަލުކުރަންވީ. 5000 ހަމަނުވާ ހުރިހާ ރަށެއް އުވާލަންވީ
އަބްޑޫޅް
04 December 2022
ދެން ކޮބާ ބަންގާޅު ކުދިންނަށް އަޅާ ބައި؟
ދެއްވަދޫ ޔެސް މޯލްޑިސް އަޝްހަދު ސައީދު
04 December 2022
މާލޭ ބޭފުޅުން މުލީ ކައުންސިލު އިދާރާ ދޮރުމަތީ ކިޔުހަދާނުލައި ފިއްޔާ ރަނގަޅު.
މާލޭ
04 December 2022
ރާއްޖެތެރޭ ބޭފުޅުންނަށް އެކަނި އޮންނަ ކަމެއްތަ އެއީ
އަރީފީ
04 December 2022
މާލޭމީހުން ޝަރުތުހަމަވާނީ..މައިންބަފައިންގެ ގެ 10ބުރިއަށް ހަދާފަ ކޮންމެ ކުއްޖަކަށް ދެތިން ފްލޯރދީފަ ހުންނާނީ.ގެ އޮންނާނީ މައިންބަފައިންގެ ނަމުގައި.
މާލޭ
04 December 2022
ދެން ރަށްރަށު މީހުންނޯ ބޮޑު 5000އަކަ ފޫޓް ގޯތި އޮންނާނެ ޗުއްޓީ ހަދަންދާން
ބައިކަޅު
04 December 2022
މާލޭބޭފުޅުންނަށް ލެވޭތޯ
ކަރުބުލޯކި
04 December 2022
މާލޭމީހުންކަންނެ މުޅިންވެސް ކުރިމަތިލާނީ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 December 2022
މިތާ މަގުމަތީގާއުޅޭ ޕާޓޭއިންނަށް ކުރިމަތިލެވޭނެބާ؟
ކޮބޭ
04 December 2022
ކޮބޭ މިތާގަ ރާއްޖެތެރެ މީހަކަށް އެއްޗެއްލިބިދާނެތީ އުޅޭ އަމިއްލަ ކިޔާ މާލެ ގޯތި ކުދިންކޮޅު.. ނިކަން މިވާހަކަ ކިޔައިލަބަލަ.
ބަރުބާދީ
04 December 2022
ޖުމްލަ ދެނީ 135 ގޯތި، އެތަނުން 125 ގޯތި ރަށުގަ ދިރިއުޅޭ ރަށުގެމީހުނައް. ބާކީ 10 ގޯތި ވަކިބަޔަކައް ރިޒާވްކޮއްފަ ރަށުންބޭރުމީހުނައް ގޯތިދޭނަމުގަ ހިންގާ ކޮރަޕްސަނެއްތީ!!!!.
ގުދުގުދާބެއްޔާ
05 December 2022
ބަރުބާދީ ގެކޮމެންޓް ކިޔާބަލަ! ތިޔަ އުޅެނީ ރަށުން ފުންމާލިގޮތައް މާލޭން/ ހުޅުމާލޭންވެސް ގޯތި ދަމައިގަންނާނަމޭހިތާ ޖެހިމަޅިއެއްތީ!