07 ޑިސެމްބަރ 2022 - 13:03
ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާ އެކު އިޒްރޭލު ސިފައިން މިއަދު ފަތިހު އިރުމަތީ ގުދުސްގެ ނާބުލްސް އަށް ވަދެގަނެ ގެތައް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ފަށައިފި އެވެ.
ނާބުލުސްގައި ދިރިއުޅޭ އާންމުންނާ ހަވާލާ ދީ އަލް ޖަޒީރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ނާބުލްސް އަށް ވަދެގަތުމާ އެކު ބާރު ގޮވުންތަކެއްގެ އަޑު އިވެން ފެށި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ކޮންމެވެސް ބައެއްގެ މެދުގައި ބަޑީގެ ހަމަލާ ބަދަލުކުރާ އަޑު އިވެން ފަށާފައިވާ ކަމަށްވެ އެވެ.
އަލް ޖަޒީރާ އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން ނާބުލްސް އަށް ވަދެ ގެތައް ބަލައި ފާސްކުރަން ފެށުމާއެކު، ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެންބަރުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ހަމަލާ ބަދަލުކުރަން ފެށުނެވެ. އެއާ އެކު، އިޒްރޭލު ސިފައިން، ނާބުލްސްގެ ޔާސްމީނާ އަވަށުގައި ހުރި ގެއެއް ހިސޯރުކުރި އެވެ. ނަމަވެސް އެ ގޭގައި ތިބީ ކޮން ބައެއް ކަމާއި ކިހާ މީހުންނެއްކަން ނޭނގޭ ކަމަށް އެ ނޫހުން ބުނެ އެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި މިއަދު ފަތިހު އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ވަރަށް ގިނަ ރަށްތަކަށް ވަދެގަތެވެ. ނާބުލްސް އާއި ގުދުސް އާއި ރާމަﷲ އާއި ބައިތު ލަހްމު އަދި ޚަލީލު ސަހަރަށް ވަދެގަނެ، ބައެއް ގެތައް ބަލައި ފާސްކޮށް އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ބައެއް ސަހަރުތަކަށް އަރައިގަނެ ފަލަސްތީނު މީހުން ހައްޔަރުކުރުމުގެ ހާއްސަ ހަރަކާތްތަކެއް ފަށައިގެން އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އޭގެ ތެރެއިން ވެސް އިޒްރޭލު ސިފައިން އެންމެ ގިނައިން ވަދެގަނެ މީހުން ހައްޔަރުކޮށްފައިވަނީ ނާބުލްސް އާއި ޖެނީން އިންނެވެ.
މިއަހަރު ފެށުނު ފަހުން އިޒްރޭލު ސިފައިން، ފަލަސްތީނުގެ ރަށްތަކަށް ވަދެގަނެ ހިންގި އުދުވާނީ އަމަލުތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 215 އަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރިން ޝަހީދުކޮށްލި 159 މީހުންނާއި ގާޒާ އިން ޝަހީދު ކޮށްލި 52 މީހަކު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއްކުރި ކަޅުކުރިޔަކަސް ކުރިއެއް ނާރާނެ! ކިޔަވާ، އުނގެނިގެން ކުރިއަރާނީ!
08 December 2022
އިޒްރެއިލްވެސް، ރަޝިއާ ވެސް، އެމެރިކާވެސް ބާރު އޮތީމަ ބިންތައް ހިފަމުން އެދަނީ. އަރަބިންގެ ބާރު އޮތްއިރު އެމީހުންވެސް ހިފަމުން ހިފަމުން ގޮސް ސްޕެއިން އައް ވެސް އެރި. ކޮލި މަތީގަ ދެފަހަރައް އެތިފަހަރެއް ޖަހާފަ ބޭރު ކޮއްލީ. ބިން ހިފާ ހިސޯރު ކުރުމަކީ އިންސާނުންގެ އާދަ. ކޮންމެ ބައެއްވެސް ނަމުގަ އެބައެއްގެ ދީން ފެތުރުމުގައި އަވަދި ނެތި! އަންގަވައިގެން!
އަލީލީ
07 December 2022
ޔޫރަޕާއި އެމެރިކާ އިން ޔުކުރޭނަށް ހަތިޔާރު އޮއްސަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް. މެދު އިރުމަތީގެ އަރަބި އިސްލާމީ ގައުމުތަކުން ފަލަސްތީނުގެ މިނިވަންކަމުގެ ހައްގުގަ އެއްވެސް ކަމެއް ނުކޮށް ހަތިޔާރު ގުދަންކޮށްގެން ތިބެ ސިއްރާއި ފާޅުގައި ޔަހޫދީންނާއި ގުޅުންތަށް ގާއިމް ކުރަމުންދަނީ. މިހާރުއޮތް އަރަބި އިސްލާމީ ގައުމުތަކުގެ ވެރިކަންތަށް ﷲ އަށް ބިރުވެތިވާ ބަޔަކަށް ލިބިގެން ނޫނީ ފަލަސްތީން މިނިވަން ނުކުރެވޭނެ.
ށަވިޔަނި
07 December 2022
މައްސަލައެއްނޫން. މައްސަލައަކަށްވަނީ ޕުޓިން. އެކަން 24 ގަޑިއިރު މުޅިދުނިޔެ އެބަބަލައެއްނޫން.