ޚަބަރު / ކްރިމިނަލް ކޯޓް

119 ކިލޯގެ ޑްރަގް މައްސަލަ: ބޮޑަކު ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ތިން މީހުން: އޭގެ ތެރެއިން މުޖާހިދު (ވ) ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި.

07 ޑިސެމްބަރ 2022 - 15:10

6 comments

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި ދައުވާކޮށްފައިވާ އެކަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު 12ގައި މާލޭގެ މަގުމަތިން ޓެކްސީއެއް ހުއްޓުވައި، އެ ޓެކްސީ އާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވާފައި ހުއްޓައި އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ މައްޗަށެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މުޖާހިދު ހައްޔަރު ކުރީ ޑިސެމްބަރު 14، 2021ގަ އެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް އެންމެ ފަހުން ޝަރީއަތް ނިމެންދެން ބަންދު ކުރީ މި އަހަރުގެ މާޗު ނުވަ ވަނަ ދުވަހު އެވެ.

އޭނާގެ ފަރާތުން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބަންދު މުރާޖައާ ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް މިދިޔަ މަހުުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ޝަރުތުކޮށްފައި އޭނާ ބަންދުން ދޫކޮށްލާށެވެ.

އޭނާ ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ބަޔާން ކުރީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ދައުލަތުން ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކީގެ ތަބީއަތަށާއި މުޖާހިދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށާއި ހެކީންގެ ކިބައިން ސާބިތު ކުރަން ހުށަހަޅާފައިވާ ކަންކަމަށާއި އެކަންކަން ސާބިތުކޮށްދިނުމަށް ފުރުސަތު އޮތް މިންވަރަށް ބަލާއިރު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ކްރިމިނަލްް ކޯޓުގެ އަމުރުގައިވެ އެވެ.

އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ބެއްލެވި އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރަން ކުރި އަމުރު ބާތިލު ކުރާށެވެ.

ހައި ކޯޓުގެ ނިންމުމުގައި ފާހަގަ ކުރީ އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކަށް ބަދަލެއް ނާންނަނީސް ކަމަށެވެ. މުޖާހިދު ބަންދު ކުރީ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް އޮތް ކަމަށް ބުނެ އެވެ.

"މުޖާހިދު ބަންދުގައި ބަހައްޓަންޖެހޭ ޟަރޫރަތެއް ނެތް ކަމަށް ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ މިންވަރަށް ހެކި ލިބިފައި އޮތްކަމަށް ކުރިން ނިންމި ނިންމުންތަކުގެ ހާލަތު ބަދަލުވީ ގޮތް ބަޔާން ކޮށްދެވޭނެ ހާލަތެއް ނެތް އިރުގައިކަން އެނގެ އެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި 100 އަށް ވުރެ ގިނަ ކިލޯގެ ޑްރަގްގެ ތެރެއިން 80 ކިލޯގެ ޑްރަގްއާ އޭނާއާ ގުޅުވާލެވޭ ހެކިތައް ހުރި ކަމަށް ހައި ކޯޓުން ފާހަގަ ކުރި އެވެ. އަދި އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމަށް ބެލެވޭނެ ހެކިތަކެއް ވެސް ހުރި ކަމަށް ފާހަގަ ކުރި އެވެ.

މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަކަމަށް ބަޔާން ކުރި ކުރުމަކީ ބަންދު ކުރުމަށް އަދި ބަންދުން ދޫކުރުމަށް ބެލިދާނެ ގާނޫނީ ސަބަބެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރުން ތިބޭ ހާލަތުގައި ވެސް މައްސަލައިގެ ޝަރީއަތް ދިގުލައިގެންދާކަން ހައި ކޯޓުން ފާހަގަ ކުރި އެވެ.

ދާއިމީ ފަނޑިޔާރަކު ނެތިގެން މައްސަލަ ލަސްވާ ނަމަ އަމަލު ކުރަންވީ ގޮތަކީ ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކުރުމުގެ ބަދަލުގައި މައްސަލައެއް އަވަހަށް ގެންދެވޭނެ ގޮތަށް ފަނޑިޔާރަކު ހަމަޖެއްސުން ކަމަށް ހައި ކޯޓުން ފާހަގަކުރި އެވެ.

ހެކިތައް ބަލައި ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ސާބިތުކުރެވޭނެ ކަމުގެ ފުރުސަތު އޮތް މިންވަރަށް ބަލާފައި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި އިރު މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަދި ހެކިބަސް ނަގައި ނިމިފައި ނުވާކަން ވެސް ހައި ކޯޓުން ބުންޏެވެ.

މިއީ ހައި ކޯޓުގެ ތާރިހުގައި އެންމެ ފަނޑިޔާރަކު ބެލި ފުރަތަމަ މައްސަލައެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން އެންމެ ފަނޑިޔާރު އިންނަވައިގެން ހައި ކޯޓުގައި ބެލެނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާއި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތަކެވެ.

މި މައްސަލައިގައި ހިމެނޭ 119 ކިލޯގެ ޑްރަގް އެތެރެ ކުރުމުގެ ތުހުމަތު، ކުރިން ޑްރަގް ޓްރެފިކިންގެ ދައުވާއިން ސަލާމަތްވެފައިވާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދަށް ވެސް ފުލުހުން ކުރެ އެވެ. އެކަމަކު، އެ ޑްރަގް އޮޕަރޭޝަންގެ ކުރިން އޭނާ ރާއްޖެއިން ބޭރަށް ފުރުމުން އެ މައްސަލައިގައި އޭނާ ހައްޔަރެއް ނުކުރެވެ އެވެ. އަދި ދައުވާއެއް ވެސް ކޮށްފައެއް ނުވެ އެވެ.

އަލީ ޒުބައިރާއި ސުނައިންއަކީ ކުރިން ވެސް އަރުޝަދާ އެކު ޑްރަގްގެ ބޮޑު މައްސަލައެއްގައި ދައުވާ ލިބުނު ދެ މީހުންނެވެ. އެކަމަކު އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޒަންޓޭ

07 December 2022

ފުލުހުން ބޭނުންވާމުއްދަތު ގާޒީ ޖެހުން ގޯސް ނުވޭތަ

The name is already taken The name is available. Register?

ޚަދީޖާ އަޙްމަދު

07 December 2022

ކްރިމިނަލް ކޯޓުން ވާނުވާ ޖަހާފައި ތިބި އެތައް ބަޔަކު ތިބިއިރު ، ފަނޑިޔާރަކު ނެތިގެން ބަންދުން ދޫކޮށްލަން ވީމަ މީނަ އެކަނި މި ސެލެކްޓްވީ ގޮތެއް ޖޭ.އެސް.ސީ އިން ހޯދަން ޖެހޭ.

The name is already taken The name is available. Register?

ވަޒީރު

07 December 2022

ކްރިމިނަލް ކޯޓުން ތިހެން ދޫކުރާ މައްސަލަ ބަލަންވީ

The name is already taken The name is available. Register?

ކުޗީ

07 December 2022

ތިހެންވާނަމަ ދަށުކޯޓުގައި އިންނަ ގާޒީއަށް ފިޔަވަޅު ނާޅަނީކީއްވެތޯ. މިގޮތަށް ކިތަންމެފަހަރަކު އެބަހުކުންކުރޭ.

The name is already taken The name is available. Register?

ކޮރަލް

07 December 2022

ތަހުގީގު ކުރާ މީހުންނެވެ ޕީޖީ ވަކީލުންނެވެ. ދަށު ކޯޓް މެދު ކޯޓް އަދި މަތީ ކޮޓް އެވެ. މިހުރި ހާ ދިމާއަކުން ބަޔަކު މިލިއަނަރުންނަށް ވާނެ ކަމަށް ބެލެ ވެ އެވެ. ފުރަތަމަ ހެކި ހުރެ ބަންދު ކޮށް ފަހުން ދޫކޮށްލަނީ އެވެ.

The name is already taken The name is available. Register?

ފަގުޑި

07 December 2022

ސާބަހޭ ސާބަހޭ!! އަދިވެސް ގިނަގިނައިން ޑުރަގު ހޯދާ ކުއްތާ، ފުއްލާ، ބަކަރި ބޮޑު އަގުދީގެން ރާއްގެ ގެނޭ. ނަތީޖާއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގަ ޑުރަގު ތިޔާގިވެ ޒުވާން ޖީލުހަލާކުވެ، ވަޒީފާއަދާ ކުރާނެ ދިވެހިންނެތި، މުޅި ރާއްޖޭގަ ބެދޭސީ މަސައްކަތްތެރިން އާދަޔާހިލާފައް ގިނަވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454