އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ބަޔަކު ކައުންޓަރު ކައިރީ މަޑުކޮށްލައިގެން: ހޮސްޕިޓަލަށް ނުގޮސް ވެސް މިހާރު ނަމްބަރު ނެގޭ-- ފޮޓޯ: މިހާރުު
13 ޖެނުއަރީ 2017 - 10:43
ޑޮކްޓަރަށް ދެއްކުމަށާއި އެކި ހިދުމަތްތައް ހޯދުމަށް ހޮސްޕިޓަލަށް ނުގޮސް ޓޯކަން ނަމްބަރު ނެގޭނެ ގޮތެއް އޭޑީކޭ ހޮސްޕިޓަލުން ތައާރަފް ކޮށްފި އެވެ.
މޯބައިލް ފޯނު އެޕްލިކޭޝަނެއް ކަމަށްވާ "ކިއުބީ" ބޭނުންކޮށްގެން، ޑޮކްޓަރަށް ދެއްކުމާއި ސްކޭން ކުރުމާއި ލެބޯޓަރީ ޓެސްޓުތައް ހެދުން ފަދަ ކަންކަމަށް މެމޯ ހައްދަން މިހާރު ޓޯކަން ނަމްބަރު ނެގެ އެވެ.
ޑޮކްޓަރަށް ދައްކަން ނުވަތަ ޓެސްޓު ހެދުމަށް ނަމްބަރު ނެގުމުން، އެ ހިދުމަތް ހޯދުމަށް ތިބި މީހުންގެ އަދަދާއި އެ ވަގުތު ހިދުމަތް ދެމުން އަންނަ ނަމްބަރު އެނގެ އެވެ. އަދި އެ މީހަކު ނެގި ނަމްބަރަށް ހިދުމަތް ދެވޭނެ ކަމަށް ލަފާކުރާ ވަގުތާއި ނަމްބަރު ކައިރިވުމުން ފޯނަށް އެލާޓް އަންނާނެ އެވެ.
"ކިއުބީ" އެޕްލިކޭޝަނުން މި ކިއުއާރް ކޯޑު ސްކޭންކޮށްލުމުން އޭޑީކޭގެ ޓޯކަން ނަންބަރު ފޯނުން ލިބޭނެ
ކުރިން މިގޮތަށް ކިޔޫ ނަމްބަރު ހޯދުމަށް ކޮންމެ ފަހަރަކު ވެސް ޖެހެނީ އެސްއެމްއެސްއެއް ކުރާށެވެ.
އަލަށް ތައާރަފްކުރި ހިދުމަތް ހޯދުމަށް queuebee އެޕްލިކޭޝަން ފޯނަށް އެޅުމަށް ފަހު އޭޑީކޭގެ ކިއުއާރް ކޯޑް އެ އެޕްލިކޭޝަނުން ސްކޭންކޮށްލުމުން އޭޑީގެ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ޓޯކަން ނަންބަރު ނެގޭނެ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ގޮސް ގިނަ އިރުތަކެއް ވާންދެން ހޮސްޕިޓަލުގައި މަޑުކުރަން ޖެހޭ ކަމަށާއި މި ހިދުމަތުގެ ސަބަބުން ވަގުތު ސަލާމަތް ވާނެ ކަމަށެވެ.
އަދި ކުރިމަގުގައި އޮންލައިންކޮށް މެމޯ ހައްދައި އެއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ މިއީ އަލަށް ފެށި ހިދުމަތަކަށް ވުމުން އެޕްލިކޭޝަން ބޭނުން ކުރާއިރު ދަތިތަކެއް ދިމާވެދާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.
ކިއުބީ ބޭނުންކޮށްގެން ބައެއް އޮފީސްތަކުގައި މިހާރުވެސް ނަންބަރު ދޫކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
15 January 2017
އޭ ޑީ ކޭ އަކީ ނަމްބަރެއް ނަގަން އެންމެ ގިނަ ވަގުތު ހޭދަވާ އެއްތަން. ރަގަޅު މަޢްލޫމާތު ލިބޭނެ ގޮތެއް ނުހުރޭ ފަސޭހަގޮތަކަށް. އެއްތަނަކުން ނަމްބަރ ނަގައިގެން 2 ގަޑި ފަހުން ބުނެފާނެ ތިނަމްބަރ ދޫކުރަނީ 2 ވަނަ ފްލޯރ އިންނޭ. އަސްލު ތަން ރީތިކޮށް ހުއްޓަސް ޚިދްމަތް އަގުބޮޑުވެފަ ކޮލިޓީވެސް ދަށް.
އަހުމަދު
15 January 2017
އަދިވެސް ރަނގަޅެއްނޫން. މައްސަލައަކީ ކައުންޓަރުގައި ތިބޭކުދިންގެ ސްޕީޑް މާބޮޑަށްވެސްދަށީ. ދެރުފިޔާ ބައި ދިގެން ގެންގުޅޭތީ ކައުންޓަރުގައި އެއްވެސް ކުއްޖަކު ހަރުނުލާ. އެހެންވީމާ އެއްވެސް އެކްސްޕީރިއެއްންސެއްނުހުރޭ އެކުދިންގެ. އަހަރެން ފިޒިޔޯ ހަދަން ކޮންމެ ދުވަހަކު މެދުނުކެނޑި މެމޯ ހައްދާތާ މިހާރު މިވަނީ 2 މަސްދުވަސް. އެހެންވީމާ ގޭގައި ތިބެގެން ނަންބަރުނަގައިގެން ފައިސާ ދެއްކޭނެގޮތް ހަމަނުޖެހޭހާ ހިނަދަކު އަދި އެއްވެސް ކުރިއެރުމެއް ނުފެންނާނެ. އަދި ކޮބާ މީގެ 15 އަހަރު ކުރީގައިވެސް ތިތަނުގައި ހުރީ 6 ކައުންޓަރ މިއަދު 2017 ގައިވެސް ހުރީ 6 ކައުންޓަރ. މިހާރުވެސް މެމޯ ހައްދަން އެންމެ މަދުވެގެން 1 ގަޑިއިރު ނަގާ. ގިނަފަހަރަށް 2 ގަޑިއެއްހާއިރު ނަގާ. މިހާބޮޑުބިމެއް 75 ހާސް ރުފިޔާގެ ކުއްޔަކަށް ދިނީމަ މިއީތޯ ޚިދުމަތް ދެއްވަންޖެހޭގޮތަކީ؟
ހަކީބެސް
15 January 2017
ދެން ހޮސްޕިޓަލް އަށް ނުގޮސް ގޭގަ ތިބެގެން ޑޮކްޓަރ އަށް ދެއްކޭނެ ގޮތް ހަދާދެއްވާ..
ޗިކުސް
14 January 2017
ކުރިން ވެސް މެމޯ ތިރީގަ އިންނަ ނަމްބަރ އެސްއެމްއެސް ކުރީމަ ކިއު ނަމްބަރ އިގޭ ގޮތައް މެސެޖެ އާދެ . އެކަމަކު ބުނެލަން އޮތީ އެ ހިދުމަތް އެދެވިގެންވާ ގޮތެއްގައި އާއްމުންނަށް ފޯރު ނުކޮއްދެވޭޔޭ ތިތަނުން. މޮޅެތި އެޕް ތާރަފް ކޮއްގެން އަތައް ނުގޮވާފިއްޔާ ރަގަޅު.
ދެރަދާ
14 January 2017
ނަމްބަރ ނަގަން ބޭނުން ވާ ކޮންމެ ފަހަރަކު ފޯނު ހިފާގެން ކޮމްޕިއުޓަރު ކާރިޔަށް އައިސްތޯ ތިކޯޑް ސްކޭން ކުރަންވީ. މީރާ ގަ ހުރޭ ކުޑަކާޑެއްގަ ކިއުއާރް ކޯޑް ޖަހާފަ ބޭނުންމީހަކު ގެންދަން. ފަސޭހައިން ނަމްބަރ ނެގޭ އެހެނވީމަ.
އައްޔަ
14 January 2017
ދެރަދާ އެވެ. މި ސުކޭން ފޯނުން ކުރަންޖެހެނީ އެއްމެ ފަހަރަކުއެވެ. އޭރުން ތި ފޯނު އޭޑީކޭއަށް ރަޖިސްޓްރީ ވެވުނީއެވެ. އޭގެ ފަހުން އިތުރަށް އެއްވެސް ސްކޭނެއް ތިޔަފޯނުން ކުރާކަށް ނުޖެހޭއެވެ. އޭގެފަހުން އޭޑީކޭ ގެ ޚިދުމަތްތަށް ތިޔަފޯނުން ފެންނަން ހުންނާއެވެ.
ރާއްޖެ
14 January 2017
މަތީގައިވާ ފޮޓޯއިން ތިޔަ ފެންނަނީ ދިވެހިން ކިއު ހަދާ ގޮތް.
އަލީ
14 January 2017
ޥ. ބޮޑު ތެދެއް. ކިއު ހަދާގޮތްވެސް، އަދި ކިއު ގަ ހުންނަ މީހާއައް ސަރވް ކުރާނެ ގޮތްވެސް ސްކޫލް ތަކުގައި ކިޔަވާދެންވީ. ކަރުބުޑުން ދޫ އޮޅާލާފަ، ރާގު ރާގައް ރައިވަރު ކިޔަން ދަސް ކުރުމުގަ ބަދަލުގައި! އަހްލާގު ކިޔަވާދެންވީ!
މޫސަ
14 January 2017
ރަނގަޅު ބަދަލެއް. ނަމަވެސް ދެރަކަމަކީ އަދިވެސް ރައްޓެހިން އައީމަ ކިއޫގަ ތިބޭ މީހުން މަތިން ހަނދާން ނެތޭކަން
ައަލީބްރޯ
14 January 2017
އަދި ކިރިޔާދޯ ތިއެނގުނީ ކިއުބީ ކިޔާ އެޕެއް ހުންނަކަން. މީރާ އިން ކިއުބީ ބޭނުންކުރާތާ މިހާރު ދެއަހަރު ވެއްޖެ.
މަރިޔަބު
13 January 2017
ކުރިންވެސް ނަމްބަރުނަގާކަށް ނުދަންމަށެއް. މަގޭ އިބްރާހީމް އަންނަނީ ނަމްބަރު ނަގައިގެން. މަ ހަމަ އަބަދުވެސް ދަނީ ޑޮކްޓަރަށް ދައްކާލަން.
ހަނީ
13 January 2017
ނަންބަރު ނަގައިގެން އަންނަ އަހަރު ތި އެޕޮއިންޓްމަންޓް ލިބެންޏާ ކަމަކުނުދާނެ