14 ޑިސެމްބަރ 2022 - 18:15
ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އުސޫލުތަކާ ހިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާ ކޮށްދޭން އޭސީސީން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.
އެ މައްސަލާގައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އޭރު ޖެންޑާ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ހަނދުވަރީގޭ އާއިޝަތު ރަޝީދު އާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު، ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްޗަށެވެ.
އާއިޝަތު ރަޝީދު މިހާރު ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އޭނާ އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރު މޭ މަހު އެވެ.
އޭސީސީން ބުނީ، އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރިކަމުގެ ތުހުމަތާ ގުޅިގެން ކުރި ތަހުގީގަކަށް ފަހު ކަމަށެވެ.
ތަހުގީގުގައި އެނގުނު މައުލޫމާތުތަކުގެ އަލީގައި އެ ކޮމިޝަނުން ބުނީ، ތިނަދޫ ޑްރަގް ސެންޓަރުގެ މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ އިވެލުއޭޝަނުން ދެ ވަނަ އަށް ދިޔަ ކުންފުންޏާ އެވެ.
އެ މައްސަލާގައި ހިމެނޭ މީހުންނަށް ކުރަނީ ދައުލަތުގެ މުވައްޒަފުންނަށް ވެ ތިބެ، މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން، ޑްރަގް އޭޖެންސީން ކުރި އިއުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑް ކުރުމުގެ ތުހުމަތެވެ.
"...އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއް ވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑު ކުރުމުގެ ބަދަލުގައި ދެ ވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގި ތިބެ، މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައިކަން ތަހުގީގަށް އެނގޭތީ،" ކަމަށް އޭސީސީން ބުންޏެވެ.
އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ކުންފުންޏާ، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނަ އަށް ދިޔަ ފަރާތަށް ވުރެ 657,846.60ރ. ބޮޑު އަގުގައިކަން ފާހަގަވި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ މައްސަލާގައި ހިމެނޭ ތިން މީހުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދާ123
15 December 2022
ކީއްވެ ތަ ފޮޓޯ ނެތީ
ސަލާމްބުނި
15 December 2022
"އޭސީސީން ބުނީ، އެ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ ދައުލަތަށް ފައިދާ ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރިކަމުގެ ތުހުމަތާ ގުޅިގެން ކުރި ތަހުގީގަކަށް ފަހު ކަމަށެވެ." މިއީ ދައުލަތުގެ ރައީސްމީހާއާއި މަޖިލިސްމެމްބަރުންނާ ހިސާބުން މިނިސްޓަރުންނާ ސްޓޭޓް މިނިސްޓަރުން ހިސާބުންގޮސް ކޯޑިނޭޓަރުންނާ ހިސާބަށް ފެންނަންހުރި ހެއްކާއެކު ދައުވާ ކުރެވޭނެ ޤާނޫނީ މާއްދާއެއް. ހަދާނެ ގޮތެއް ނޭންގެނީ.
ޖާބިރު
15 December 2022
ލާމަސީލު ބުނާހެން އަހަރެންވެސް ހިތަށްއަރާ ބައެއް ނޫސްވެރިން ލިޔާ އާޓިކަލްތައް ވަރަށް ކަޑަ. ކުރުކޮށް ވީހާވެސް ތަފްސީލުކޮށް ލިޔަން ނޭގޭކަމަށްވާނަމަ ލިޔުން ހުއްޓާލާ.
އަފްރާސިޔާބު
15 December 2022
މިހާރުވެސް ޑްރަގް ރިހެބިލިިޓޭޝަން ބިޑްތައް އެވޯޑް ކުރަނީ ވަކިބަޔަކަށް ފައިދާ ވާގޮތަކަށް. އެކަން ކުރަނީވެސް އެތަނުގައި ތިބި ސިޔާސީ ދެމީހަކު ބޭނުންވާގޮތަކަށް. އިއުލާން ނުކޮށް ފަހަރަކު ކޯޓޭޝަނަކުން ކޯޓޭޝަނަކުން އަގު ހޯދައިގެން. އެއްކަމަކަށް އެކިފަހަރުމަތިން މައުލޫމާތު ބަދަލުކޮށް އިއުލާން ކުރުވައިގެންވެސް ބޭނުން މީހާ ހޮވެންދެން އެކަންކުރާނެ.
ލާމަސީލު
14 December 2022
މިކަން ހިނގައިދިޔައީ ކޮން އަހަރެއްގައިކަން ލިޔުމުގަ އެގެން އޮތްނަމަ ހާދަ ފުރިހަމަވީސް.
ބިޑުލިބެންޖެހޭ މީހާ
14 December 2022
މިކަންހިގީ މިސަރުކާރުގަ 2019 ގަ
މުޖުތާޒު
14 December 2022
ޢެމްއެމްޕާއާރުސީ ގެ ފައިސާބޭނުންކުރި ލިސްޓްގެ ހިމެނޭ މީހުންގެ މައްޗަށް ދައުވާނުކިރެވެނީ ކީއްވެބާ އަދިއޭސީސީއަށްއޮތީ ކޮންނުފޫޒެއްބާ
ޚަލަމިންޖާ
14 December 2022
މި ދިޔަ ސަރުކާރުގަ މިހެނެއް ނުވީސް. މި މިނިވަންކަމެއް މިނިވަން ތަންތާކަށް ނުދިނީސް. ޥ ރަގަޅު
ގޮހޮރުގައި ބުޅިއެޅުން
14 December 2022
ބަރާބަރު . އެހެންވީމާ މި ވެރިކަމުގެ ސިޔާސީ މަގާމުތަކުގަައި ތިބިި ގިނަ މީހުން ސަލާމަތެއް ނުވާނެތާ ގިނަ މީހުންތިބީ ބޭނިފައި .