ގއ. ދާންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 ޑިސެމްބަރ 2022 - 00:21
ތިން މަސް ދުވަހުގެ ތެރޭ މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ހުވަދޫގެ ބައެއް ރައްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ގއ. ދާންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކުމާއި، މަސްވެރިން ބޭނުންވާ މިންވަރަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.
"ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ލިބިގެންދާނެ. ދެތިންމަސް ތެރޭ މަސްވެރިންގެ ކަންކަމަށް ވަގުތީ ހައްލު ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ސަރަހައްދުގެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ވަނީ މަސް ކިރުމުގައި ހުރި ދަތިތަކާއި މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުން ލަސްވުމާއި އައިސް ލިބުމުގެ ދަތިތަކާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސަށް ދަންނަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބޭ
25 December 2022
ކުރެޑިޓަށް އައިސް އާ ތެޔޮދޭން ފަށައިއިރަށް ގިނަމަސްވެރިން ތިޔަޚިދުމަތް ހޯދައިނެ އަދި ނާޖާއިޒް ފައިދާހޯދަން ފަށައިނެ، އައިސް އާއި ތެޔޮ ކުރެޑިޓަށް ހޯދައިގެން މަހައްދިއުމުގެ ބަދަލްގައި ތެލާ އައިސް ވިއްކަން ދެން މަސްވެރިންއުޅެނީ، އަދި މިކަމުގެ ތެރެއަށް މަސްވެރިން ގަރަގުވެގެން ނިކަންފަސޭހައިން ދާނެ، ދެން ބާނާމަސްކޮޅަށް ދޭނެ ފައިސާއެއް ނޯންނާނެ ކުރެޑިޓް ކަނޑައިލާފަ، ފެނައަކައާ އެސްޓީއޯ ދާދި އަވަހަށް އިންދަޖެހޭނެ،
ފިކުރު
25 December 2022
ކުރިޑިޓަށް އައިސްއާ ތެޔޮ ދޫކުރައްވަން ބުނާއިރު ފެނަކާއި ޕްރައިވެޓް ކުންފުނިތަކަށް ދައްކަންޖެހޭ އެތަށް ބިލިއަން ރުފިޔާ ނުދައްކާ ވާއިރު ފުރަތަމަ އެފައިސާތަށް ދައްކަން ވިދާޅުވަން ވީނުންތޯ ؟ އެގްރީމަންޓުތަށް ހަދާފައި އެ އެގްރީމަންޓާ އެއްގޮތަށް ފައިސާ ނުދައްކާތީ ކުންފުނިތަށް ބަގްރޫޓް ވަމުން ދަނީއެވެ.
ކުޗީ
24 December 2022
ގައުމުދަރާފަ ދެން ރަށްޔިތުންވެސް ދަރުވާލަން ތިއުޅެނީ ...
ހިތަދޫ
24 December 2022
ކަމުދާ ކަމެއް ނުން އިތުރަށް ދަރަނިވެރިވާނީ މިހާރުވެސް މައްސަލައކީ މަސް ކިރާނެ ކެޕޭސިޓީ ނެތުން، ކްރެޑިޓަސް ތެޔޮ ދިނީމާ ސަރުކާރަށްވެސް ވާނީ ގެއްލުން އޮޑިވެރިންނަށްވެސް ގެއްލުން.
ބުލްހެޑް
24 December 2022
ކުރެޑިޓަށް މަގުމަތީގައި ހިނގޭގޮތް ވެސް ހަދަންފެނޭ
އެމްސް
24 December 2022
ރަޢިއްޔަތުން ދަރާ ވިކެނީ! ތެލާއި އެނޫންވެސް ތަކެތީގެ އަގު ހެޔޮކުރަންވީ ނޫންތޯ!
ބަރުބާދު
24 December 2022
އަޅެފަހެ މަސްވެރިންކިޔާއެއްޗެއް އަޑުވެސްނީވެނީތޯ؟. މަސްވެރިން އެގޮވަނީ ކްރެޑިޓައް ތެލާ އައިސް ދޭށެކޭނޫން، ވިއްކާމަސްކޮޅައް ފައިސާދޭށޭ.
ބަރުބާދު
24 December 2022
އަދިވެސް ވާނެ އިތުރުވައުދު އެބައޮތްދޯ؟. ކުރީގެވައުދު ފުނިވަރު ކުނިވީތޯ؟. ބްރިޖްގެ ހާލުބައްލަވާލެއްވިންތޯ؟. 5ބިލިއަން ހަރަދުކުރެއްވީ ނެރުބައްތިއަކައްތޯ؟.
މޯޖޯ ޖޯޖޯ
24 December 2022
މި އުޅެނީ ކިއުގަ ޖެހިގެން ގަންނަންވެސް ތިބުނާ އެއްޗެހި ނުލިބިގެން. މިވަރުން އަދި ކްރެޑިޓަށް ދޫކުރެވޭނެތަ؟
1828
24 December 2022
ކްރެޑިޓަށް ތެލާއި އައިސް ހިލޭލިބޭނެ އިންތިޒާމް ހަމަޖައްސައިދެނީ. އިންޑިއާއިން ރާއްޖެއަށް ހިލޭ ލޯނުދޭހެން. ނުވިއޭ. ދެން އިސްތިއުފާދީ