މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: އެޗްޑީސީ
26 ޑިސެމްބަރ 2022 - 13:55
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޮފީސް އިމާރާތެއް އެޅުމަށް ހުޅުމާލެއިން ބިމެއް ދީފި އެވެ.
އެޗްޑީސީން މިއަދު ބުނިގޮތުގައި އެމްއައިބީގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް އެ ބޭންކަށް 7،467.13 އަކަފޫޓުގެ ބިމެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ވަނީ ހަމަޖައްސައިދީފަ އެވެ. އެއީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި އޮންނަ ބިމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން އެމްއައިބީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
In our efforts to strengthen the services available at Hulhumalé, we have signed an agreement with Maldives Islamic Bank for the development and operation of an office biulding in Hulhumalé.#MyHulhumalé @mibmv pic.twitter.com/gg5WBXFoHx
— HDC (@hdcmaldives) December 22, 2022
އެމްއައިބީން ހުޅުމާލޭގައި މިހާރު ހިދުމަތް ދެނީ ވަން އެވެނިއުގެ އެންމެ ތިރީ ފުލޯގައި ހުންނަ އޮފީހަކުންނެވެ. އެއީ މީގެ ހަފުތާއެއް ކުރިން ހުޅުވި ތަނެކެވެ.
އެ އޮފީހުގެ އިތުރުން އެމްއައިބީން ހުޅުމާލޭގައި އޭޓީއެމްގެ ހިދުމަތް ދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބެޔާ
26 December 2022
ތީ ވަރަށް ރަނގަޅު ކަމެއް. އެހެންނޫނީ ޖެހެނީ ކޮންމެެވެސް މާލެ މީހަކަށް ކުލި ދައްކައިގެން ޒަރޫރީ ކަންތަށް ވެސް ކުރަން
މީރަ
26 December 2022
ހުލުމާލެ އަކީ ދިވެހި ދައުލަތުގެ އެސެޓެެކެވެ. މިތަނުން ބިންވިއްކައިގެން ލިބޭ ފައިސާ ޖަމާވާން ޖެހޭނީ މީރާއަށެެވެ
އާނު
26 December 2022
ހުޅުމާލޭގެ ބިމަކީ ރަނަށްވުރެ އަގުބޮޑު އެއްޗެއް ދެން ބިމެއް ހަމަޖައްސައިދިނީ ހިލޭތޯ؟ ވިއްކީތޯ؟ ޑީލް ނިމުނު ގޮތެއް ގެދޮރަށް ޖެހިފައިތިބި ރައްޔިތުންނަށް އެގެންވާނެ