އާ އަހަރުގެ ފުރަތަމަ ޓޫރިސްޓު
01 ޖެނުއަރީ 2023 - 13:40
މި އަަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓަކަށް ރަޝިޔާގެ ރައްޔިތަކުވެއްޖެ އެވެ.
މިއަދު ހެނދުނު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، މި އަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓަށް އެމްއެމްޕީއާރްސީ އިން ވަނީ މަރުހަބާ ކިޔާފަ އެވެ. ރަޝިޔާގެ، ނިކޮލައި ސްރްޓިޗުކް އަށް ވަނީ ހަދިޔާއެއްގެ ގޮތުން ރީތިފަރު ރިސޯޓުގައި ފަސް ދުވަސް ހޭދަކުރަން ފުރުސަތު ދީފަ އެވެ.
މިއީ އާއިލާއާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައި ނިކޮލައި ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އައީ 1.6 މިލިއަން ޓޫރިސްޓުންނެވެ. މިއަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމަށް ވަނީ ކަނޑައަޅާފަ އެވެ.
މި އަމާޒަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ. ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ބޭރުގެ ފެއާތަކާއި ރޯޑް ޝޯތަކުގައި ވެސް އެމްއެމްޕީއާރްސީ އިން ބައިވެރިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
01 January 2023
މިއުޅޭ މެސީވެސް މިއަހަރު ގެނެސްބަލަ އެމްއެމްޕީއާރސީ މީހުނަށް ކަމެއް ކުރެވެންޏާ؟ އެސޮރަށް ހިލޭ ޓިކެޓެއް ދީގެން ނަމަވެސް، ތިހެން އުޅެގެން ތި ޓަރގެޓެއް ހާޞިލެއްނުކުރެވޭނެ. މިހާރު ހުރިހާ ތަނެއް ހުޅުވުނީ، ދެން ޓީޖީއެސްޓީ ޔޫރަޕާ އެއްވަރުކޮށްލައިފި.. ދެން އެމީހުނަށް ޤައުމުގަ ސްޓޭކާޝަނެއް ހަދާލީމަ އެމީހުނަށް މާ ރަގަޅެއްނުން ދަތުރުނުކޮށް.
އަބޫބަކުރުބެ
01 January 2023
ހަނގުރާމައިގެތޭރޭގާވެސް ރަޝިޔާރައްޔިތުން މިރާއްޖެ އަށް އަންނާތީ އެކަމުން ދައްކުވައިދެނީ ދެގައުމުގެ ދެމެދުގާ އުފެދިފާވާ އަޚްވަންތަކަން.