ރ. މީދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އިބޫ ކެމްޕެއިން ޓީމް
07 ޖެނުއަރީ 2023 - 00:12
ރާއްޖޭގައި 2012 އިން ފެށިގެން އޮތް ހަލަބޮލިކަމުން ހަމަޖެހުން ގާއިމްކުރެވި، އެއްވެސް ރަށެއް އަދި ސިޔާސީ ފިކުރެއް ބާކީނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދިނުން ހުއްޓެން އެމަނިކުފާނު ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ކުރިއަށް ގެންދާ ކެމްޕޭންގައި ރ. މީދޫގައި ރައީސް މިރޭ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުން ކަމަށެވެ. ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ކާމިޔާބީ ހޯއްދަވަން ބޭނުންވާ ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަން ފެށިއިރު ރ. އަތޮޅަށް ބެލި ނަމަވެސް މީހުން ދިރިއުޅޭ 15 ރަށުގެ ތެރެއިން އަސާސީ ހިދުމަތް ލިބެނީ މަދު ރަށަކުންނެވެ. މި ސަރުކާރުން މަސައްކަތްކުރަނީ ސިއްހީ ހިދުމަތާއި ތައުލީމް އަދި ދަތުރުފަތުރު ވިޔަސް އެއްވެސް މީހަކު ބާކީ ނުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްކަން ފާހަގަކުރެއްވި އެވެ.
އެހެންވެ، އެކަން ހުއްޓުނު ނުދިނުމަށް އެ މަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ އެކި ފިކުރުތަކާއި މީހުންނާ އެކު އެމަނިކުފާނު ވެރިކަން ކުރެއްވިޔަސް އެމްޑީޕީގެ ހިޔާލާއި ވިސްނުން ކުރިއަށް ނެރެ ރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށެވެ.
ދެ ވަނަ ދައުރެއް ހޯއްދެއްވުމަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކާއި ބައްދަލުވުންތަކުން ވެސް، ރިޔާސީ އިންތިހާނު ބޮޑު ތަނުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ބެހިފައިވާ ގޮތުން ކޯލިޝަނެއް ނުހަދައި އެކަނި އިންތިހާބަށް ނުކުމެ 50 ޕަސެންޓް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީ ކަމަށާއި އެކަމަކު މަދުވާ ޕަސެންޓް ނުލިބި، އެންމެ ބޮޑު ޕާޓީ މަގުމަތިވާންވީތީ ނުވަތަ ނޫންތޯ މިއީ ކުރަންވީ ސުވާލު ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް 48 ޕަސެންޓް ވޯޓު ވެސް ދެވިދާނެ. 110،000 ވޯޓު ވެސް، 120،000 ވޯޓު ވެސް ދެވިދާނެ. އެކަމަކު މި މީހުން އަނެއްކާ މަގުމަތީގައި އުޅެންވީތޯ ނޫންތޯ. މިއީ އުފައްދަންޖެހޭ ސުވާލަކީ." އެ މަނިކުފާނު ވިދާޅުވި އެވެ.
ޕްރައިމަރީގައި ވޯޓުލާއިރު އެންމެން ވެސް ވިސްނުން ގެންގުޅެން ޖެހޭނީ ކޮށްފައި ހުރި ތަޖުރިބާގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ގޮތް އެނގޭ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ވެރިކަން ތިން އަހަރު ފަހުން މަގުމަތިވެގެން ދިޔަ ގޮތް މިހާރު ވެސް ހަނދާނުގައި އެބަހުރިކަން ފާހަގަކުރެއްވި އެވެ.
އެއަށްފަހު، 2012-2018 އާ ހިސާބަށް ރާއްޖޭގެ ހާލަތު އޮތްގޮތް ހަނދާނުން ފިލައިގެން ނުދާނެ ކަމަށާއި އެކަން ފޮހެލަން ވެސް ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަނިޔާވެރިކަން، ބިރުވެރިކަން. އަޅުގަނޑުމެން ބޭނުންވަނީ އަލުން އެ އަނިޔާވެރިކަމަށް ދާންތޯ ނުވަތަ ސުލްހަވެރިކަމާއެކު އުޅެންތޯ." ރައީސް ސުވާލު އުފެއްދެވި އެވެ.
ރ. މީދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އިބޫ ކެމްޕެއިން ޓީމް
ރައީސް ވަނީ ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތްތަކާއި ސަރުކާރުން ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކޮށްދީފަ އެވެ. މަޑުއްވަރީ ދާއިރާއަށް ވައުދުވި ހުރިހާ ވައުދެއް ގާތްގަނޑަށް ނިމިފައިވާ ކަމަށް ރައީސް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޑިޔައްތޮކިނަބާ
10 January 2023
"ބާކީ ނުކޮށް" ޚިދުމަތްދޭން ބޭނުމެއްނުވާ ވާހަކަ! މަނިކުފާނު ތިޔަވިދާޅުވާ އެއްޗެއްގެ މާނަ ނުވިސްނުނު! އަޅުގަނޑަށް ވިސްނުނީ ބާކީ ކޮށްފަކަން ޚިދުމަތް ދެއްވަން ތިޔަބޭނުންފުޅުވަނީ.
ޕަލެޓީނޯ
07 January 2023
ބަލަ އިބުރާހީމާ މުސާރަ ބޮޑުކުރީ ވަކިބަޔަކަށް ވާރު ދެއްކުން އެބްމެ ނަށް ދެން ބާކީ ނުވޭތަ
ބޮޑުމީހާ
07 January 2023
ބަލަ ވެރިކަމެއް ލިބުނީމަ މޮޔަވީތަ! މިގައުމުގެ ދަރަނި 100 ބިލިއަނަ ފަހަނައަޅާ ހިގައްޖެ،! ސިޔާސީ މަގާމުތައް 400 އިން 1200 އަށް. އާބާދީގައި 500 ހަމަނުވާ ރަށްރަށާއި ނުބައްދަލު ބަދަރު އިންޖީނުގެ ތިއަޅަނީ ރައްޔިތުންނަށް ހެޔޮ އެދޭތީތަ! މިގައުމުގެ ރައްޔިތުން ބޭނުންވަނީ ސަލާންނުޖަހައި އުޅެވޭނެ ގޮތެއް
ލުތުފީ
07 January 2023
ބާކީ ނުކޮށް ޚިދުމަތް ދިނުމަކީ 500 މީހުން ދިރިއުޅޭ ރަށްރަށަށް ބޭކާރު ޚަރަދުކުރުމެއްނޫން. އެއްފަސްކުރުމުގެ ރަގަޅު ސިޔާސަތެއްގެ ތެރެއިންނޫނީ ތަރައްގީ ނުކުރެވޭނެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަސެއްގައި، އެއްފެންވަރަކަށް ޚިދުމަތްދުނުމަކީ ކުރެވޭނެކަމެއްނޫން. އެހެންވީމާ އާބަންސެންޓަރު ތަކެއް ތަރައްގީކޮށްގެން އެތަންތަނަށް މީހުން ބަދަލުވެގެންނޫނީ ދައުލަތުން ޚިދުމަތްދިނުމަށް ކުރާ ބޮޑުހޭދަ ނުހުއްޓޭނެ.
ޖަޖަޖަ
07 January 2023
އަހަރަމެންނަކައް ގޯއްޗެއްވެސް ނުލިބެ ބިމެއްވެސް ނުލިބެ!!!
ބަރަވެލި ސްޕީޑަކީ މީނޫންތޯ
07 January 2023
ބާކީއެއް ނުވޭ އެކަމަކު ތަފަތު ކުރުން އިންތިހާގަ މިރަށު ބަނދަރަށް އިތުރުކުރާ 300 ފޫޓް ބަނދަރެއް ހަދާތާ 4 އަހަރު ފަހަނައަޅާ ހިނގައްޖެ އަދިވެސް ނުނިމޭ
ނަމެއްނެތި
07 January 2023
"ސިޔާސީ ފިކުރެއް ބާކީނުކޮށް އަސާސީ ހިދުމަތް ފޯރުކޮށްދިނުން ހުއްޓެން އެމަނިކުފާނު ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ." މިބުނާ އެއްޗަކަށް ވިސްނާލާށެވެ. "ސިޔާސީ ފިކުރެއް ބާކީ ނުކޮށް ... ބޭނުން ނުވާކަމަށް" - މާނައަކީ ސިޔާ ފިކުރުން ބާކީކޮށް .... ބޭނުންވާ ކަމެވެ. އޮޅުވާލުމުގެ ބަސްމަގުން ބުނެފައި އެވަނީ ސިޔާސީ ފިކުރުތަފާތު ނަމަ ބާކީކުރާނެ ކަމެވެ. މިއީ ޖައްބާރު ވެރިކަމެކެވެ. ހުރީ އޮޅުވާލާ މަަރުވެރި ވެރިއެކެވެ.
ސަހަރޯ1
07 January 2023
ކުރިން މީހުން ބުނިޔަސް މަ ޤަބޫލެއް ނުކުރީމެވެ. ނަމަވެސް މިހާރު އިނގިއްޖެ ކޮންމެ ޖަލްސާއަަކަށް ތަނަކަށް ގޮސްވެސް އެކި ގޮތް ގޮތަށް މި އަނބުރަނީ އެއް ސްކްރިޕްޓެއްކަން. ހުސް އެއްވާހަކައެއް
ކުޗީ
07 January 2023
4 އަހަރުވެގެން ދިޔައިރު ގައުމު އޮތީ 60 ބިލިޔަނުން ދަރުވާލާފަ. ދެން އަރާމިކިޔަނީ ނުދޭނަން ، ކުރާނަށް ، ކުރަނީ ، އަޅަނީ. މިހެން ކިޔާއިރު ރަށްޔިތުންގެ ލާރި ހޭދަކުރަނީ ސަރުކާރާއި ، ސަރުކާރު ކުންފުނިތަކަށް އިންތިހާއަށް މީހުން އިތުރުކޮށް ވޯޓަށް ނުފޫޒް ފޯރުވަން. މިއީ މިކިޔާ މޮޅު ފޯމުމިއުލާއަކީ. ދަރަނި ވެރިވުމުގެ ސަބަބުން މިއަދު ރަށްޔިތުން މިޖެހުނީ ބޮޑުކުރި ޓެކްސްއިން މިބުރަ ތަހަންމަލްކުރަން.
އެމްސް
07 January 2023
ބިދޭސީން މަދުކޮށް، ދިވެހިންގެ ވަޒީފާ ދިވެހިންނަށް ދިނުމުގަ ނަމުގަ ބުރޯވެސް ޤައުމަށް/ވަޒީފާ ދީފަ އެތެރެކޮށްލީ އެތަކެއް ހާސް ބިދޭސީންނެއް! ތަފާތަކީ އެއީ ބޮންދުންނަށް ނުވާކަން!
ޖިލް
07 January 2023
މަނިކުފާނުގެ ކެތް ތެރިކަމާ މީހުން ބާކީ ނުކުރުމުގެ ބޮޑުކަމުން ސަރުކާރު މިނިސްޓްރީ ތަކުގަ އެޔެއް މިޔެއް ނުދަންނަށް ސިޔާސީ މީހުންލާ ގިނަވެ ޕާފޯމަންސް ގެއްލި ޓެކްނިކަލް މީހުން ކެނޑިގެން މިދަނީ. ކެމްޕެއިން ކުރަންޝޭ ކިޔާފަ ވެސް މިހުން އެބަ ވައްދާ މިހާރު. ޔާމީނު ދައުރުވެސް މިހާ މުޑުދާރ ނުވޭ. އަނެއްކާ ތިޔަ ސިޔާސީ މީހަކު ފުރައްސާރަ ކޮށްގެން ރިޕޯޓު ކުރިޔަސް ވާކަމެއް ނެތް. މައުމޫނު ޒަމާން ވެސް މާ ރަނގަޅު މިގޮތަށް ޑިމޮކްރަސީ ގެނައުމަށް ވުރެ