އީވްނިން ކެފޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން މަސައްކަތްކުރަނީ.-- ފޮޓޯ: މިހާރު
11 ޖެނުއަރީ 2023 - 23:24
އިންޑިއާގެ ކެެއުމަށް ހާއްސަ ކޮށްގެން ހިންގާ އިވްނިން ކެފޭގައި މިރޭ އަލިފާން ރޯވުމާ ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިމަޖެންސީ މެނޭޖްމަންޓުގެ ޑިރެކްޓަރު ފަރޫޝާ އަލީ "މިހާރު" އަށް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެއް ގެއެއްގެ ދެ ފްލޯއަކުން މީހުން ހުސްކޮށް، ގެސްޓް ހައުސްއަކުން ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ.
ވަގުތީ ގޮތުން މީހުން ބަދަލުކުރީ މ. ގުލޭނޫރަންމާގޭގެ ހަތަރެއް އަދި އަށް ވަނަ ފްލޯއިންނެވެ. އިވްނިން ކެފޭގެ ފުރަގަހުން އިރާކު މަގުގައި ހުންނަ އެ ގޭގެ ބައެެެއް ފްލޯތަކަށް އަލިފާނުގެ އަސަރު ކުރި އެވެ.
އޯކިޑްމަގުގައި ހިންގާ ކެފޭގައި މިރޭ 6:10 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލީ އޭގެ ގަޑިއިރެއް ފަހުންނެވެ. އެ ހާދިސާގައި ކެފޭއަށާއި އެ ތަނުގައި މީހުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ފަރޫޝާ ވިދާޅުވީ ގުލޭނޫރަންމާގެ އިން ބައެއް މީހުން ހުސްކުރީ ގޭގައި ދުމުގެ އަސަރު ހުރުމާއި ބަލި މީހަކު ވެސް އުޅޭތީ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން ނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރި ކަމަކަށް ފާހަގަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރޯވި އިމާރާތުގައި ހުންނަ އިވްނިން ކެފޭގެ އެކޮމޮޑޭޝަން ބްލޮކުގައި ތިބި 25 މީހުންނާ، އެ ތަނުގެ ވެރިން ވަނީ ހަވާލުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
12 January 2023
އަނެއްކާ އިންޑިޔާ. ބޮޑު ކަމެއް ނުން!
އެޑްމުންޑޯ
12 January 2023
މާލޭގެ އެއްމެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަހަރެން ދެކެނީ ފޭރޭ މީހުންގެ ނުރައްކާތެރިކަން ، އިހަށްދުވަހަކުވެސް ކަރުގައި ކަޓަރ ޖައްސާ ބަހައްޓާފައި އެކައުންޓްގައި ހުރި 1300 ޑޮލަރާއި ފައިސާ ކޮޅު ފޭރިގެންފި ، އަދި ބޮލުގެ ވަޅިއެއްގެ މުއްގަނޑުންޖަހާ ގެއްލުންދީފައިވަނީ ، އުމުރުދުވަހުން ބުރަމަސައްކަތްކޮއްގެން އެއްކުރާ ފައިސާ ކޮޅު ފޭރިގަނެ ދިގުމުއްދަތަކަށް ދެމިގެންދާފަދަ ޖިސްމާނީ އަނިޔާއެއް ބޮލަށްދީފައި އެދިޔައީ 15 މިނިޓް ތެރޭގައި ،
މިމީހާ
12 January 2023
މާލެއިން މީހުން ހުސްކުރަން އެބަޖެހޭ، އަލިފާން އެކަންޏެއްނޫން، އެހެން ގޮތްގޮތުން ވެސް މާލެ މިހާރު ސޭފްއެއް ނޫން ދިރިއުޅެން.
ށަވިޔަނި
12 January 2023
މިއަހަރު ފެށުނީއްސުރެ އަލިފާނުގެ ހާދިސާތައް. ބަޔަކު ގަސްތުގައި ކުރާ ކަމަކަށް ވުން ވަރަށް ގާތް.
އެމްސް
12 January 2023
ބިލްޑިން ކޯޑަށް ބަދަލު ގެނެސް، އެއްގެ އަނެއްގެއާއި ޖައްސާ ފިއްތައިގެން ޢިމާރާތް ކުރުން ނިމުމަކަށް ގެންނަން ވެއްޖެ! އަނެއްކޮޅުން މަތީ ބުރިތަކުން މަގުމައްޗަށް ޢިމާރާތް ނެރޭ ނެރުންވެސް ހުއްޓަން ވެއްޖެ! މަގުމައްޗަކީ ހުރިހާ ގޮތަކުންވެސް އަމާން ތަނަކަށް ހަދަން މިއީ ވަރަަށް މުހިއްމުވެސް ކަމެއް!