އެމްއެމްއޭ: އޭލެވެލް އިން ދަށް ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓީޓީ ފޮނުވަން ޖެހެނީ ޑޮލަރުން -- ފައިލް ފޮޓޯ: މިހާރު
16 ޖެނުއަރީ 2023 - 15:03
ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ބޭރު ފައިސާ ފޮނުވުމުގައި ގެންގުޅޭ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގައި ގެންގުޅޭ ލިމިޓަށް ބަދަލު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް އެ އޮތޯރިޓީ އާއި ބޭންކްތަކާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭ އިން ބޭންކްތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދެމުން އަންނަ ޑޮލަރު ދިނުމުގައި ބޭންކްތަކުން އަމަލު ކުރަންޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި އަދި ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެ،" މިހާރުން ކުރި ސުވާލަކަށް، މަރުކަޒީ ބޭންކުން ލިޔުމަކުން ފޮނުވި ޖަވާބުގައި ބުންޏެވެ.
އޭ ލެވެލް އިން ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޭންކްތަކުން ވަނީ ހަދައިފަ އެވެ. އެ ގޮތަށް ނިންމީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެގޮތަށް ކަނޑައެޅުމުންނެވެ. އެހެންވެ، މިހާރު ޓީޓީ ފޮނުވޭނީ އޭ ލެވެލް އިން މައްޗަށް ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ.
އެ ބަދަލާ ގުޅިގެން، ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވަން ޖެހޭނީ ޑޮލަރުންނެވެ. ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ ސްކޫލުތަކުގެ ފީ އާއި ޓިއުޝަން ފީ އާއި ސްކޫލުގެ އެހެނިހެން ހަރަދަށް ބޭނުންވާ ފައިސާ ރާއްޖެ އިން ފޮނުވަން ޖެހޭނީ އެ ބަޔަކު އަމިއްލަ އަށް ޑޮލަރު ހޯދައިގެންނެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އަލަށް ގެންނަ ބަދަލުތަކާ އެކު ދަށް ގްރޭޑްތަކުގައި ކިޔަވަމުން އަންނަ ކުދިންނަށް ބޭނުންވާ ފައިސާ ވެސް ވަކި ކަންތައްތަކެއް ފުރިހަމަވާ ނަމަ ބޭންކްތަކުން ޓީޓީ ފޮނުވޭނެ އެވެ.
މަރުކަޒީ ބޭންކުން އެހެން ބުނެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި، ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ބެލެނިވެރިންގެ ޝަކުވާތައް އެބަހުރި ކަމަށާއި އެކަން ހައްލުކޮށްދޭ އެދިވަޑައިގެންފަ އެވެެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
17 January 2023
އެމްއެމްއޭ އަކީ މިނިވަން މުއައްސަސާއެކޯ. ރައީސް ހަމަ ބުނެލާއިރަށް އެއުޅެނީ ވާން. އަދި އެމްއެމްއޭ އިން އެގޮތަށް ހަމަޖެއްސިތާ ދުވަސްކޮޅެއް ނުވޭ.
ކަހުރަބު އިއްބެ
16 January 2023
ބަލަ އެމްއެމްއޭ ރިސޯޓްތަކުގެ އާމްދަނީ ރާއްޖޭން ބޭރަށް ޖަމާނުކުރެވޭނެ ކަަމަށް ކަނޑައަޅާބަލަ. އަދި ރާއްޖޭގައި ހުރި ބެންކްތަކުން ފިޔަވާ އެހެން އެއްވެސް ގޮތަކަށް ރިސޯޓްތަކުގެ އާމްދަނީ ރާއްޖޭން ބޭރު ކުރުން މަނާ އަދި ޖޫރިމަނާ އަދަބު ބޮޑު ކަމެއްގެ ގޮތުގައި ކަނޑައަޅާބަލަ. ރައްޔިތުންގެ މުދަލުން މުއްސަނދިވާ މަހުޖަނުންނަށް ރައްޔިތުންނާއި ގައުމަށް މަންފާ ނެތް ގޮތްގޮތަކަށް ޑޮލަރަށް އަމަލު ކުރެވިގެން ނުވާނެ. ޗަމްޕާ ޖަމާ އެކުރަނީ ގޭގަ ހުންނަ ބިންގަރާހަކަށް.
އެމްސް
17 January 2023
ހަމަ ޤަވާޢިދުތައް ތިޔަހެން ހަދާލީ ކަންކަން ޙައްލުވީ؟
އޮންބަޑްސްގެ އޮފީހުގެ ޕިއޯނު
16 January 2023
ވެރިމީހާ އެކަން އެގޮތަށް ކުރާށޭ ބުނީމާ ދެން އެކަން އެގޮތަށް ކުރާނީ
ޙުސެއިންބެ
16 January 2023
ޢެމް.އެމް.އޭ އިން އަންގައިގެން ހުއްޓާލީ. އަޖައިބު ހަމައެންގިގޮތަށް ވަގުތުން ބޭންކަށް އަންގަންވީނު. ދެންހަމަ ބާރަށް އަތްޖަހަންވީ
ބޮޑުމީހާ
16 January 2023
މިގައުމުގަ ނޫޅޭ ބަޔަކަށް މިގައުމުގެ ޓެކްސް ފައިސާއިން އާސަންދަދީ، ދިވެހި އިސްލާމް ކިޔަވައިދީ، ނެތް ޑޮލަރު ދެނީ ކީއްކުރަން! ނާށިގަނޑު ހިފައިގެން މުދާ ގަންނަން ސިއްޚީ ފަރުވާ ހޯދަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްން ޑޮލަރަށް ސަލާންޖަހާ އެތައް ދިވެހިންނެއް ތިއްބައި މީ އަޅެ ބޮޑު ޖޯކެއް ނުން
އަމީރުލް އުސްތާޒް
16 January 2023
ކްރެޑިޓް ކާޑުތަކުގެ ލިމިޓު ރުޖޫއަކުރަނީ ކޮންރިކުތޯ؟ ކޮވިޑާއި ގުޅިގެން ދަށްކުރިގޮތަށް ބަހަބަރު.
ހުސޭނު2023
16 January 2023
1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި ރައްޔިތު މީހާއަށްވީ ފައިދާއެއް ނެތް.އެކަމަކު މުއްސަދިންގެ ޖީބު ބޮޑުވެއްޖެ.ބާޒާރު ޑޮލަރ ބްލެކްގަ ބޮޑުވެއްޖެ.މިއީ ތަރައްޤީ
48343
16 January 2023
ކޮންއިރަކުންހޭ ކާޑުގެ ލިމިޓު މަތިކުރަނީ؟
Hasn Ahmed
16 January 2023
ބޮޑު ޖޯކެއް، ރާއްޖެއިން ބޭރަށް އޯލެވެލް ހަދަންމިދަނީ އޮކްފޯޑް އޯލެވެލް ހަދަން ތޯޗެއް. ބޯހަލާކު އެހާމުސްސަނދި ވެގެންވެސް ޑޮލަރު
އަބްޑޫޅް
16 January 2023
ކިޔެވުމަކީ ހަމަ އެކަނި އޭގެ ނިމޭ ކޮޅުގަ އޮންނަ އިމްތިހާނެއް ނޫން. ކިޔެވުމަކީ، ކިޔަވާދޭ ޓީޗަރުންނާ، ކިޔަވާދޭ ގޮތާ، ކިޔަވަން ބޭނުންކުރާ ފޮތްތަކާ، ސުކޫލާއި ގޭގެ ވެއްޓާއި، ސުކޫލު ހުންނަ ރަށާއި، އެ ރަށުގެ ސަގާފަތާއި މި ހުރިހާ ކަމެއްގެ ޖުމްލަ. ރާއްޖޭގަ އިންޑިޔާ ޓީޗަރުން، ބުރޯކަން އިގިރޭސިން ކިޔަވައިދީގެން، ޔޫކޭ އޭ ލެވެލް ހެދީމަ ވާނީ ބޮލީވުޑު ފެންވަރުގެ އޭ ލެވެލަކަށް. އެޔަކީ ހަގީގީ ކިޔެވުމެއް ނޫން. އެއީ ރޮށްޓާ ރިހަ ފެންވަރުގެ، ފީކަޅާ، ކިބަޅި ކިޔެވުން.
ބަޑްބުލޫ
16 January 2023
އަބްޑޫލް ދެން ގޮސް މޮޅު ކިޔެވުން ކިޔަވާބަލަ އަމިއްލައަށް ޑޮލަރު ގަނެގެން. ކޮންމެހެން އެހެން ކަންކަމަށް ހުރި ޑޮލަރު ގެންދާނެކަމެއްނެތް.
ޑެލްބޯއި
17 January 2023
އަބްޑޫޅް ގެ ކޮމެންޓްގައި ބުނެދީފައި އެވަނީ ވަރަށްް ބޮޑު ހަޤީޤަތެއް. އެކަމަކު އެ ހަޤީޤަތް ގަބޫލުކުރާ ދިވެއްސެއް ވަރަށް މަދުވާނެ. ސަބަބަކީ ޤަބޫލު ނުކުރުން އެއީ އެބުނި ކިބަޅި ކިޔެވުމުގެ ނަތީޖާ. ދުވަސް ކޮޅަކުން ރާއްޖޭގެ ހުރިހާ ކަމެއް ހިންގަން ތިބޭނީ ވެސް އެކިބަޅި ކިޔެވުމުގެ ދަރިވަރުން ނަތީޖާ އަކީ ތަހްޒީބީ ގޮތެއް ގައި ކަންކަން ކުރަން ނިިމި ގޮސް އެމީހަކާ އެމީހެއްގެ ސިޔާސަތު އާއްމުވެގެން ދިއުން. މިހާރު ވެސް މަގުތަކުން އެކަން ފެނިގެން އެބަދޭ.
އެމްސް
17 January 2023
މިތަނުގަ ކޮމެންޓް ކުރަން ތިބި މީހުން ކެބިނެޓަށާއި މަޖިލިހަށް ލައިފިއްޔާ ހުރިހާ ކަމެއްވެސް ވަގުތުން ވަގުތަށް ޙައްލުވީބާ؟
ޖަރީ
16 January 2023
މިކަން ހުއްޓާލީ އެމްއެމްއޭ އިން އަންގައިގެން. ދެން ކޮންވާހަކައެއް މިދައްކަނީ
މަނީ
16 January 2023
ހަމަ ހުއްޓުވަންވީ.. މުއްސަނދިންގެ ދަރިންނަށް ޕްރައިމަރީ ސްކޫލަށް ކިޔަވައިދޭން ޑޮލަރު ދޭނެކަމެއް ނެތް. އެމީހުންނަށް ޑޯލަރު ލިބޭނެ
ހަސަނު
16 January 2023
ކޮބާ... ހީވޭ... އެ އޮތީ އެކަން ވެސް ވެފަ...
ފަގުޑި
16 January 2023
މޮހޮނައް ދޯނި...