ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު: އެމްޑީޕީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ދެ ފެކްޝަންގެ ކޯޅުން ވަނީ ބޮޑުވެފައި.-- ފޮޓޯ: މިހާރު
16 ޖެނުއަރީ 2023 - 18:58
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ މަނިކުފާނު ބަލިވެއްޖެ ނަމަ ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕީޕީއެމާއެކު ވެސް ނުހުންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދު އެ ޖަވާބު ދެއްވީ ކެމްޕެއިނަށް ބައެއް ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އާންމުންގެ ބަޔަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދެންނެވި ސުވާލަކާ ގުޅިގެންނެވެ. ޕްރައިމަރީން ބަލިވެއްޖިއްޔާ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ޕީޕީއެމާއެކު ތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ، ޕީޕީއެމާއެކު ނުހުންނަވާނެ ކަމީ "ސަތޭކައިން ސަތޭކައިގެ ކަމެއް" ކަމަށެވެ.
"..އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހާއެކު ނުހުންނާނަން،" ނަޝީދު ވިދާޅުވި އެވެ.
އޭގެ މާނައަކީ ކޮބައިތޯ ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، "އަހަރެން އެކަނި ގޮސް ގޭގައި ހުރީމާ ނިމުނީ ނޫންހޭ" އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، އެމްޑީޕީން 39،000 މީހުން ވަކިކުރީ އެ މަނިކުފާނަށް ވޯޓު ދީފާނެތީ އެވެ. ކަނޑާލި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ މަންމާފުޅު އާބިދާ އަހުމަދާއި ބޭބޭ ޑރ. އިބްރާހިމް ނާޝިދު އަދި ކުރީގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ބޭބެ އަރިހުގައި އަލުން ޕާޓީއާ ގުޅިވަޑައިގަންނަވަން ދެންނެވިޔަސް އެ ކަން ކުރައްވާނެ ކަމާ މެދު ވެސް ނަޝީދު ސުވާލު އުފެއްދެވި އެވެ. ވިދާޅުވީ، ޕާޓީން ކަނޑާލި މީހުންގެ ތެރެއިން ބޮޑު ޕަސެންޓެއް އެނބުރި އެމްޑީޕީއާ ނުގުޅޭނެ ކަމަށެވެ.
އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ ރައީސް ވާދަކުރައްވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގައި ދެ ފެކްޝަންގެ ފޯރިގަދަ އެވެ.ި
މި ވާދަވެރި ކެމްޕެއިންގައި ނަޝީދު ކުރިން ވިދާޅުވެފައި ވަނީ ޕްރައިމަރީ އަށް ކުރިމަތިލެއްވީ ނާކާމިޔާބުވާނެ ކަމަށް ބައްލަވައިގެން ނޫން ކަމަށެވެ.
ނަޝީދު، މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީނަށް ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. ވިދާޅުވީ ޔާމީނަކީ "ކިޔަވައިގެން ހުރި، ތަންދޮރު ދަންނަ" ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ޔާމީނާ އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމާއި ޔާމީނާ މެދު އެއްވެސް ރުޅިވެރިކަމެއް އެ މަނިކުފާނުގެ ނެތް ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން ވެސް އެ މަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވަނީ މި ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ އެތެރޭގެ މި ބޮޑު އިންތިހާބުގައި ހިޔާލުތަފާތުވުންތަކާއި ފާޑުކިއުންތައް ހޫނުވެފައިވާއިރު، ޕްރައިމަރީ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ އެކުގައި އަލުން މަސައްކަތް ނުކުއްރެވޭނެ ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ދެކެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
18 January 2023
މީނަ ދައްކާ ވާހަކަ އެކޮޅުކޮޅުން ތަރުޖަމާކުރީމަ އެނިމުނީ. އެއީ ޖަވާބު.
ކަނބިލި
18 January 2023
ތިޔަ ކަން ހައްލުވާނެ ކަލޭމެންގެ ސާހިބު ގައުމުގެ ވަފުދެއް އައިސް ވާހަކަ ދެއްކުމުން.
ށަވިޔަނި
17 January 2023
ނަތީޖާ އަންނާނެގޮތެއް ނޭނގޭ. ނަޝީދު ދައްކާ ވާހަކައަށް ކިޔުންތެރިން ކޮށްފަ ހުންނަ ކޮމެންޓުތައް ބަލާލުމުން އެނގެނީ މާގިނަބަޔަކު ގެ ތާއީދެއް ނެތްކަން.
ޢެމެރިކާ
17 January 2023
ނުހުންނާނީކީނުން ޕީޕީއެމް ނޫޅެ ގައްދާރުން ގެންނާކައް
ކުދުބެއްޔާ
17 January 2023
"ޕްރައިމަރީން ބަލިވެއްޖިއްޔާ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ޕީޕީއެމާއެކު ތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ، ޕީޕީއެމާއެކު ނުހުންނަވާނެ ކަމީ "ސަތޭކައިން ސަތޭކައިގެ ކަމެއް" ކަމަށެވެ.....އޭގެ މާނައަކީ ކޮބައިތޯ ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، "އަހަރެން އެކަނި ގޮސް ގޭގައި ހުރީމާ ނިމުނީ ނޫންހޭ" އެވެ." މިހާރުދެން ގޭގަ މަޑުކޮއްލުން މިއީވެސް ޗޮއިސްއަކަށް ގަބޫލުފުޅު ކުރެއްވީދޯއެވެ.
ޝެލަރީ
17 January 2023
ހަޖަމްކުރަން ދަސްކޮށްދޭން ބަލިވުމަކީ މައްސަލައެއްނޫން ކޮންމެ މީހަކަުބަލިވިޔަސް ގެއަށްވަންނާކައް ނުޖެހޭނެ ހަޖަމްވާނަމަ ވެރިކަންނުލިބެއއޖެއްޔާވީ ރާއްޖެ ދޫކޮއްދާންތޯ؟އަބަދު ކިހިނެތް ހުހީތަނުންކައިގެން އުޅޭނީ ދޯ؟
އަލީި
17 January 2023
ޕީޕީއެމް އިން އަންނިއާއެކު އެއްވެސް ޑީލެއް ނުހަދާނެ. އަންނި އެތަކެއްފަހަރު މިކަން ކުރަން އުޅެފި . މިކަމަށް އެއްވެސް ސަޕޯޓެއް ނުދިނީމަ މިހާރު އެ ބުނަނީ ދެންހުންނާނީ ގޭގައޭ. އޭނަ ގޭގަ މަޑުކުރާނީ މަރުވީމަ. އެ އީ ކައްވަޅު.
ސަންޕަދަރި
17 January 2023
ބަލިވެއްޖެއްޔާ ސުވާދީޕް އައިލެންޑްސް ހަދާފަ ވެރިކަމަށް އަންނާނީ ރަސްކަމެއްގެ ގޮތުގަ ވާރުތަވާގޮތަށް. 2013 ގަވެސް ކުރަންއުޅުނީ އެކަން, އުމަރުކަހަލަ ގައުމީ މީީހުންކޮޅެއް ނިކުމެ ބޭރުން އެތެރެކޮށްފަ ތިބި 200 ސީކްރެޓް ސިފައިން ފޮނުވާލުމުން އެކަން ނުވީ. އެކަމަކު މިހާރުއެއޮތީ އެތާ ސިފައިން ގާއިމުކޮށްފަ,, ދެންތިބޭ އަތްޖަހަން.
ސަފީހު
17 January 2023
ރައީސް ނަޝީދު މިހާރު ސެލްޕް ކޮންޓްރަޑިކްޓަރީ ވަނީ. 1. އިއްޔެ ބުނީ އިންޑިއާ އައުޓު ފިޔަވާ އިތުރު އެއްވެސް ދެބަސްވުމެއް ނެތޭ ޕީޕީ އާ 2. މިހާރު ތިބުނީ ޕްރައިމަރީ އިން ބަލިވިޔަސް ޕީޕީ އަށް ސަޕޯޓު ނުކުރާނަމޭ އެހެންވީމާ، ޚުލާޞާއަކީ ރައީސް ބޭނުމެއް ނޫނޭ ގައުމަށް އެއްމެ ރަނގަޅު ގޮތް.
ތަކުރުބެއްޔާ
17 January 2023
ތީކޮންވައްތަރު ޑިމޮކްރެސީ... ޕާޓީގެ ރަށްޔިތުން ގޮތް ނިންމީމަ އެގޮތަށް ރުހެން މަނިކުފާނަށް ވެސް ޖެހޭނީ.. އެހެން ނޫނީ ސިޔާސީ ކަންތަކުން ދުރުވެ އަނގަމަޑުންލައިގެން ގޭގައި އޮވޭ
އަލީި
17 January 2023
ބެއްޔާގެ ޑިމޮކްރަސީ ތަފާތުވާނެ.