ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ލިބުނު އެތްލީޓުންނާ އެކު ބީއެމްއެލްގެ ސީއީއޯ--ފޮޓޯ:ބީއެމްއެލް
22 ޖެނުއަރީ 2023 - 16:01
ބީއެލްއެލްއިން މިދިޔަ އަހަރު ތައާރަފުކުރި ސްޕޯޓްސް ސްކޮލާޝިޕަށް ހޮވުނު އެތުލީޓުން ހޮވައިފި އެވެ.
ބީއެމްއެލްގެ އެ ސްކޮލާޝިޕަކީ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފްކުރި ސްކޮލާޝިޕެކެވެ. އެ ސްކޮލާޝިޕަށް ހަތް އެތުލީޓެއް ވަނީ ހޮވައިފަ އެވެ.
ސްކޮލާޝިޕް ލިބުނު އެތުލީޓަކަށް އެކަމުގެ ލިޔުން ދެނީ. --ފޮޓޯ:ބީއެމްއެލް
1. އެތްލެޓިކްސް ދާއިރާއިން މަރިޔަމް ރޫޔާ އަލީ
2. އެތްލެޓިކްސް ދާއިރާއިން މުހައްމަދު މިންހާލް ޝާމިން
3. ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު ސާލިމް އަބްދުއްސަމަދު
4. ބެޑްމިންޓަން ކުޅުންތެރިޔާ ޝުބާ މުހައްމަދު ޝަރީފް
5. ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް
6. ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދު
7. ޓެނިސް ކުޅުންތެރިޔާ ލަޔާން މުހައްމަދު ޝާމިން
ބީއެމްއެލް ސްކޮލާޝިޕް ލިބުނު އެތުލީޓަކަށް އެކަމުގެ ލިޔުން ދެނީ--ފޮޓޯ:ބީއެމްއެލް
ބީއެމްއެލްއިން ބުނި ގޮތުގައި އެ ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ފެށި ސްކޮލާޝިޕެކެވެ.
އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އެތުލީޓުން ޓްރެއިނިން ހޯދުމަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ ޖެމައިކާ، ދުބާއީ، ކްރޮއޭޝިއާ، ސްޕެއިން ފަދަ ގައުމުތަކަށެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި އެ ސްކޮލާޝިޕް އަށް ހުޅުވާލީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕް އަށް އެތްލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
22 January 2023
ރާއްޖޭގަ ކުޅެނީ މިހަތަރު ކުޅިވަރު އެކަނިތަ!
ކޮންމެ ދުވަހަކު އާއުސޫލެއް
22 January 2023
ކުޅުންތެރިން ހޮވާ އުސޫލަކީ ކޮބާ؟
މުރީދުބެ
22 January 2023
ޓެނިސްއެސޯސިއޭޝަނުން ހައްގު އެތައްކުދިންތަކެއްތިއްބާ ޕްލެޔަރުންނާއި ބެލެނެވެރިންނަށް އަންގާވެސްނުލާ ނަންތިފޮނުވީ
ވަރުގަދަ ބަޔަކާ ތިޔަ ހަވާލުކުރީ
22 January 2023
ތިޔަ ސްކޮލާރޝިޕްތައް ވަނީ ކުޅުންތެރިނަށް އަންގާވެސްނުލާ އެސޯސިއޭޝަންތަކުގެ ވެރިންނާ ގާތްކުދިންނަށް ސިއްރުންދީފައި