މަރަދޫ މަސްވެރިންގެ ޖަގަހަ ހުޅުވައިދެއްވުމަށްފަހު، އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.
24 ޖެނުއަރީ 2023 - 00:15
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސިޓީ ކައުންސިލާއި އާއްމުންނަށް ދޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މި ރަށުގެ މަސްވެރިންގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކުރުމަކީ ޒަމާންވީ ވާހަކައެއް ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ނިމި، މަތިންދާ ބޯޓު ޖެއްސޭ ތަން އޮތީ ނުފެނިފައި ކަމަށް ވިދާޅުވި އެވެ.
މި ފަހަކާ ޖެހެންދެން ވެސް މާލެއިން ބޭރުގައި އޮތް ހަމައެކަނި އިންޓަނޭޝަނަލް އެއާޕޯޓު ވެސް އޮތީ އައްޑޫގައި ކަމަށާއި ނަމަވެސް އެ އެއާޕޯޓުގެ ފުރިހަމަ ބޭނުން ވެސް އޮތީ ނުކުރެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަން ބަދަލުކުރުމަށް، އަމިއްލަ ވިޔަފާރިވެރިންނާއި ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކާ އެކު ގަން އެއާޕޯޓު ތަރައްގީކުރެވޭނެ ކަން ޝައްކެއް ނެތް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ގަން އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި އާއްމުންނަށް ބަދަލު ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން. ހާއްސަކޮށް ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ބޮޑު ބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓު ހަދާ ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު." ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ގަން އެއާޕޯޓު ތަރައްގީކުރަން އިނގިރޭސިން ޝައުގުވެރިވެ އެވެ. ރާއްޖެއާ ބެހޭގޮތުން ކުޑަކޮށް ވެސް މައުލޫމާތު އެނގޭ އެ ގައުމުގެ ވަޒީރެއް ނުވަތަ ވިޔަފާރިވެރިޔަކާ ބައްދަލުވިޔަސް ގަން އެއާޕޯޓާއި އައްޑޫގެ ވާހަކަ އޮޅުންފިލުވާ ކަމަށް ވިދާޅުވި އެވެ.
އައްޑުއަކީ އީކުއެޓާގެ އުތުރުގެ ތަންތަނާ ވަރަށް ތަފާތު ތަނެއް ކަމަށާއި ކަނޑު ދަތުރުކުރާ މަގުތައް ގިނައިން ދަތުރުކުރަނީ ވެސް މި ސަރަހައްދާ ކައިރިން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ސަބަބުތަކާ ހެދި، އައްޑު އަށް އިންޑިއާ ކަނޑު ދެކުނުގައި އޮންނަ ބޮޑު ހަބަކަށް ނުވަތަ ސެންޓަރަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރެއްވި އެވެ.
ނަމަވެސް، އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރާ ނަމަ ފަސޭހަކަމާ އެކު އެކަން ކުރެވެން އޮތް ކަމެއް ކަމަށެވެ.
ކެމްޕެއިންގެ ފަހު މަންޒިލެއްގެ ގޮތުން މި ރަށަށް ވަޑައިގެން ނަޝީދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް އައްޑޫގެ ތަރައްގީބއަށް ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ގޭ ދޮށު މަސް ޕްލާންޓުތައް ކުރިއަށް ނުގޮސް އެ ހުރީ ރަނގަޅު ވަގުތުގައި ނަގަންޖެހޭ ރަނގަޅު ނިންމުންތައް ނުނިންމޭތީ ކަމަށެވެ. ޓެންޑަރިން ހަވާލުކުރުމަށް ފަހު އެ މަސައްކަތް ކުރިއަށް ނުދާ ނަމަ އަދި ދައުލަތަށް ގެއްލުމެއް ވިޔަސް ބަލަންޖެހޭނީ އަވަހަށް އެކަމެއް ކުރިއަށްދާ ގޮތަކަށް ރޭވުން ކަމަށް ވިދާޅުވި އެވެ.
އެގޮތަށް ކޮންޓްރެކްޓް ބާތިލްކޮށްފައި އަލުން ޓެންޑަރިންނަށް ލިޔަސް ނުވަތަ ކޮންޓްރެކްޓް ދީފައިވާ ފަރާތުގެ ދަތިތައް ދެނެގަނެ ސަރުކާރާއެކު އެ މަސައްކަތް ހައްލުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.
ރަނގަޅަށް މަސައްކަތްތައް ކުރިއަށްދާނަމަ މަސައްކަތްތައް ހުއްޓިފައި ނުހުންނާނެ ކަމަށާއި އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި ހަތަރު އަހަރު ގެއްލުނީ ލާރި ހުރެ، މަސައްކަތް ފުރިހަމަ ނުވެ އެވެ.
އެހެންވެ، އެ މަނިކުފާނު ވެރިކަމަށް ހޮވައިފި ނަމަ މަހަކު ދެ ތިން ފަހަރަށް މި ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ކެމްޕެއިންގެ ފަހު މަންޒިލެއްގެ ގޮތުން މި ރަށަށް ވަޑައިގެން ނަޝީދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް އައްޑޫގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އަޅުގަނޑު މި ތަނަށް އަންނަވަރު އިތުރުވާނެ، އަޅުގަނޑު މި ތަނުގައި ހިނގާ ކަންކަން ބަލާނެ. އަދި ވަމުންދާ ގޮތް ސަރުކާރުގެ އެހެން ވުޒާރާތަކަށް އޮޅުން ފިލުވައިދިނުން އަދި ފާހަގަކޮށްދިނުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް." ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 January 2023
ގޭންއެއަރޕޯޓް ތަރައްޤީކުރުމުގައި ކ.އަތޮޅު މާލޭ އެއަރޕޯޓްފަދަ ފަތުރުވެރިންގެންނަ ތަނަކަށްވުރެންބޮޑަށް ޗަންގީ އެއަރޕޯޓް ފަދަ މުދަލާއި ޕެސެންޖަރ ޓްރާންސިޓް ހަބެއްގެގޮތުގައި ގޭން ތަރައްޤީކުރަން ވިސްނުންރަނގަޅު. # މިތަނުގައި ޓްރާންސިޓް ހޮޓަލާއި، ޒަމާނީ ކާގޯ ޓާމިނަލަކާއި، އިންފްލައިޓް ކޭޓަރިންގ އަދި 80 ވަރަކަށް މިލިޔަންގެލަން ޖެޓްފިއުލް ސްޓޯރޭޖް ޤާއިމްކޮށް ތަރައްޤީކޮށްފިނަމަ ރާއްޖެއަށް ޓްއަރިޒަމުންލިބޭ އާމްދަނީއަށްވުރެން ބޮޑުއެއްޗެއް ދައުލަތަށްލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
24 January 2023
މިބަދަލަށްޓަކާ އެންމެފުރަތަމަ ކުރާންޖެހޭކަމަކީ ޑިފެންސް ފޯހުގެބޭނުމަށް އެއަރޕޯޓުންނަގާފައިވާ (ރަށުގެދެބައިކުޅަ އެއްބައި) ބިން ހުސްކުރުމާއި، ދޫގަސް ސަރަޙައްދުގައި ފުލުހުން ފެންސްޖަހައިގެން ތިބި ބިމުންފޭބުމާއި، ފްލައިންގް ސްކޫލްގެބޭނުމަށް ނަގާފައިވާބިން ފަދަ (ތިއަރީ ކްލާސްތައް ނުވަތަ ކެމްޕަސް ނޫން އެހެންކަންތައް ފުވައްމުލަކު އެއަރޕޯޓަށްބަދަލުކޮށް) ތަންތަންހުސްކޮށް އެއަރޕޯޓް ޑިވޮލޯޕްކުރުމަށް ފުރުސަތު ފުޅާކޮށްދިނުން. އޭރުން މިކަންކުރާނެ ބަޔަކުވާނީ.
އޮނަރަބްލް އަފީފު ދީދީ
24 January 2023
ސިންގަޕޯރ ބޮޑުވަޒީރުގެމަޤާމާއި 1959 ގައި Lee Kuan Yew ހަވާލުވެ ވިޝަނަރީއެއްގައި މަސައްކަތްކުރުމުން މިއަދު Changi Airport އެއަރޕޯޓަކީ އެންމެއިތުބާރާއިއެކު ދުނިޔޭނެ 4 ބިތަށް ޕެސެންޖަރުންނާއި މުދާއުފުލުމުގައި ބޭނުންކުރާ ޓްރާންސިޓް އެއަރޕޯޓަށްވެއްޖެ. # ސިންގަޕޯރ ނަމޫނާއަކަށްބަލައި ރުވަންޑާ ރައީސް ޕޯލް ކަގަމޭ ވަނީ އެޤައުމުގައި އެފްރިކާގެ ޗަންގީ ޤާއިމްކުރަން މަސަައްކަތްކުރަންފަށާފަ. އަހަރުމެނަށްވެސް މިކަންކުރެވޭނެ. ގޭންއެއަރޕޯޓަށް މިފުރުސަތު އެބައޮތް.
މިކޫދަކާ
24 January 2023
ކީއްކުރާނީ. އިއްޔެ ދޮގުވެރި އެއްކަމަށް ނިންމައިގެންތިބި ބަޔަކަށްވެސް ކުއްލިއަކަށް މީނާ މާ ކަމުދޭ އެބަ. މީ އައްޑޫގެހަލާކު. ތާރީޚު ހެކިދެނީ މިގޮތަށް.
އިގިރޭސި މީހާ
24 January 2023
މިކާދެރަކަމެއް. މީނަގެ ވާހަކަ އަޑުއަހާފަ އަހަރެމެން ހީކޮށްލަންވީ. އަހަރެމެންނަކީ އިގިރޭސިން ކަމަށް . އިގިރޭސި ކޮންމެ ބޮޑްވަޒީރަކު ދައްކަނީ ގަމުގެ ވާހަކަ. ދޮގުހެދިޔަސް ދެން ތަންފުކެއް ބޮޑުވަރު ދޯ. މެންބަރު އަސްލަމަށް މަޖުލީހުގެ ރައީސް ކަން ދިންގޮތައް އައްޑުއަށް ލައްކަ ކަންކަން ކޮށްދޭނެ. އަހަރުމެން އައްޑޫމީހުން ވިސްނަންވީ. މީ މިގައުމުގެ މުސްތަގުބަލެއްނޫން. ވެރިކަމަށް އައުމަށް ބޮޑެތި ދޮގު ހަދަމުން އެދަނީ. މިހާރު މިކުރެވޭ ކަންކަން ވެސް ވިޔަނުދޭން.
ފީވާ އަބްދުއްލޯ
24 January 2023
އައްޑޫ ކައުންސިލްބޮލުގަ ބޮޑު ދަރަންޏެއް އެޅުން ނޫންކަމެއް ނުވާނެ ތިކަންކޮށްގެނެއް.
ރަގަަލު
24 January 2023
އަހަރުމެން އައްޑޫ މީނުންނަށް މިކަން ވިސްނިއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު. މާލެއާއި ރާއްޖޭގެ އެކިތަންތަނުން ގޯތިގެދޮރު ލިބި އުފަލުގައި އުޅެމުންދާ ޑރ.މުނައްވަރު ، ދިޔާނާ މުސްތަފާ ލުތުފީ، ހިޔަލީ މެންފަދަ ކުރީ ގެ ބޭފުޅުން މިކަމާ ނޫޅުނީއްޔާ ދެން ރަގަޅީ. ލައްކަ ދުވަހު އުޅެ މިކަމެއް ތިމީހުން ނަށް ނިވިނުނީ. ދެން މިކަމާ ނޫޅޭ.
ހުސްއަތާ
24 January 2023
އެމަނިކުފާނު ވެރިކަމަށް ހޮވައިފިނަމަ މަހަކު ދެތިން ފަހަރަށް މިސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު މިތަނަށް އަންނަވަރު އިތުރުވާނެ، އަޅުގަނޑު މިތަނުގައި ހިނގާ ކަންކަން ބަލާނެ." ހިތަދޫ ޣާޒީމަގު (ބޮޑުމަގު) ހިޔަލީމެންގެތެރޭ މަނިކުފާނު އޮފީހެއް ހުޅުވައި ހަމަ ތިޔަފަދަ ހުވަފެން ދެއްކި. އެތަން ހުޅުވިފަހުންނަނީ ކޮންމެ އަހަރަކު އެއްދުވަހު ތޯއްޗެއް. ދެންހެޔޮ. މަނިކުފާނު ކޮށްދެއްވި ކަންތަކަށް ހިޔަހާސްފަށުން ޝުކުރުދަންނަވަން.
އައްޑޫ ކަލޯގެ ހަސަން
24 January 2023
އެބުނީ ހިއްސާބަދަލު ކުރާވާހަކަ، ވެދާނެ އޭނާގެ އާއިލީމީހެއްގެ ނަމަށް ނުވަތަ އޭނާޔަށް ފަނޑުކުރާ މީހެއްގެނަމަށް ބަދަލުކުރަން ކަމަށް.. އެވެސް އެއްބައި ފޮރުވައިގެން އަނެއްބައި...އަދިވެސް ހެދިފަތިބޭ.. ހުޅުލޭގައި ހެދި ސީޕްލޭން ޓާރމިނަލް ޗަންޕާއައް ދިނީ މީނާ އަޑީގައި ހުރެގެން.. މިފަހަރު އުއްޗު އާއި ބައްދަ ބައްދާފައި އައިސް ތި އިއަރޕޯޓުގެ 100% އުއްޗުއަށް ދޭވާހަކަ އެބުނީ.. މިކަލޭގެ ދައްކާވާހަކައަށް ވިސްނާ އޭރުންއިގޭނެ މިހާތަކަށް ކަންކޮށްފަހުރިގޮތް
އިބްރ
24 January 2023
ރައްޔިތުންނޭވެ. ރާއްޖެ ދިވެހިންގެ އަތްދަށުގައި ބާއްވަން ބޭނުންނަމަ އެމްޑީޕީ ފިކުރާއި ދުރައްދާންޖެހެވެ. އެމްޑީޕީގެ ވެރިންނަކީ އެބައިމީހުނަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރާ ގަައުމަކަށް އަޅުވެތިވާން ތައްޔާރަށްތިބި ބައެއް. ރ ނަޝީދާއި ރ އިބޫ މުޙައްމަދު ވެސް ރާޢްޖެއިން އިންޑިއާ ސިފައިން ބޭރުކުރުމުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ.
ޖީއެމްއާރު
24 January 2023
އަނެއްކާ ޖީއެމްއާރުދޯ.
ޑަރޯގާ
24 January 2023
ޑުރަގާ ގޭންގުތަކުގެ މައްސަލަ އޮތްތާ ބާއްވާފަ ކޮން އެއަރޕޯޓެކޭ ކިޔާކަށް!
ކަހޯނާޕިޔާރުހޭ
24 January 2023
ތިއިން އެއްވެސް ކަމެއް މަނިކުފާނު ނުކުރިއަސް މައްސަލައެއް ނެތެވެ. އަހަރުމެންނަށް އަދި ދިވެހި އެއްމެ ރައްޔިތުންނަށް ކޮށްދޭންވީ ކަމަކީ ރާއްޖޭގައި އަދުލު އިންސާފް ގާއިމުކުރެވޭނެ ފުރިހަމަ ޝަރުޢީ ނިޒާމެއް އެކުލަވައި ދިނުމެވެ. ދެންތިބި ތަރައްޤީގެ ކަންތަށް އިސާހިތަކު އައިސް ހުރިހާކަމެއް ފުރިހަމަ ވެދާނެއެވެ. ނުކުރާންވީ ކަމަކީ ގަވާއިދާއި ޚިލާފަތް ޕާރޓީގެ މެމްބަރުންނަށް ވިޔަސް ވަޒީފާ ނުދިނުމާއި ބަދަލުދިނުމަށް ކަމަށް ބުނެ ދައުލަތުގެ ފައިސާގެ އަތް ނުލުމެވެ.