ހދ. ނޮޅިވަރަމުގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި ރޭ ދަންވަރު ރޯކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވޭ --
31 ޖެނުއަރީ 2023 - 11:26
ހދ. ނޮޅިވަރަމްގައި ހަދަމުންދާ ޓާފް ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެ އެވެ.
ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ ޓާފް ދަނޑު ކައިރީގައި ބަހައްޓާފައި ހުރި ޓާފް ރޯލުތަކެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ.
ޔޫސުފް ވިދާޅުވީ އެއީ އަމިއްލަ ޒާތުގައި އަލިފާން ހިފާ ކަހަލަ އެއްޗަކަށް ނުވާތީ މިހާތަނަށް ބެލެވެނީ ޓާފްތަކުގައި ރޯކޮށްލީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލިފާނުގެ ސަބަބުން ގެއްލުންވެފައި ވަނީ ދެ ޓާފް ރޯލަކަށެވެ. ބޮޑަށް އަލިފާން ހިފާފައި ވަނީ ވެސް ޓާފްގެ އަޑީގައި ބަހައްޓާ ކަޅު ރަބަރު ކޮޅުތަކުގައި ކަމަށް ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ، ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތައްޔާރުކޮށްފައި ހުރި ޓާފްގައި ރޯކޮށްލީ އެ ޓާފް އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.
އެކަން ކުރީ ބަޔަކު ގަސްދުގައި ކަމަށް ވިދާޅުވެ، މަހުލޫފު އެކަން ކުށްވެރި ކުރެއްވި އެވެ.
"އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ، ގަސްތުގައި ރަށުގެ ތަރައްގީ އަށް ހުރަސް އެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް." މިނިސްޓަރު ވިދާޅުވި އެވެ.
އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ.
— Ahmed Mahloof (@AhmedMahloof) January 31, 2023
އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް. pic.twitter.com/irGbmqCXDa
މިއަދު ހެނދުނު މަހުލޫފު ކުރެއްވި ޓްވީޓު
ކައުންސިލުގެ ރައީސް ޔޫސުފް ވިދާޅުވި، ގޮތުގައި ނޮޅިވަރަމުގެ ޓާފް ދަނޑުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން ދަނީ ކުރިއަށެވެ. ޒުވާނުންނަށް ދަނޑު ބޭނުން ކުރެވޭނެ ވަރު ކުރުމަށް، އެ ތަނުގެ މަސައްކަތް އަވަހަށް ނިންމޭތޯ މިހާރުގެ ކައުންސިލުން ވެސް ޔޫތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެ ތަނުގައި މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ޔޫސުފް ވިދާޅުވިގޮތުގައި ސްޕީޑް ވަރަށް ލަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުލާސްޓިކާ
01 February 2023
ކޮއިފުޅުންނޭ ތިޔައިން އަރާ ދުމާ ކައިރި ނުވޭ... ވަރަށް ވިހަވާނެ... ކެންސަރަށް މަގުފަހިވާ އެތައް މާއްދާއެއް ހުންނާނެ އޭގަ...
މަހޭރ
31 January 2023
ކޮބާ ހީވޭ ކަމެއްހެން ދަނޑު އަޅަން 3 ސިކުންތައް ވެފަ އިންދަޔޯ މަހޭ އެބުނީ އެ ރޯކޮއްލީ
އަފްރާސިޔާބު
31 January 2023
ތިޔަ ދަނޑުތަކަށް ތިކުރާ ޚަރަދުތަކަކީ ބޭކާރު ޚަރަދުތަކެއް. ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލެއް ނެތްއިރުވެސް ބޮޑެތި ޚަރަދުތައް ތިކަމަށް ނުކޮށް ހެލްތު ސެންޓަރު ތަރައްގީކޮށް ޖިމެއް ހުޅުވާލުންވެސް މާފައިދާ ބޮޑު. ތިޔަރަށުގެ ތިކަން ހުއްޓާލަ ބަލަ.
ބޮޑުމީހާ
31 January 2023
މިވެސް އަޖައިބެއް ކަހަލަ ކަމެއް! ދުވަހަކު ބަޔަކު ކުޅެން ނުދިޔަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާފް ދަނޑު އެޅޭ، މާލެ، ހުޅުމާލޭގައި ސަލާންޖަހައިގެން އެތައް ހޭދައެއް ކޮށްގެން ގަޑިއިރަކަށް ކުޅެން ލިބެނީ
ާއަލިމޯޑު
31 January 2023
ސަރުކާރުންވެސް މަހްލޫފް ވެސް އެބަޖެހޭ ހަގީގަތް ގަބޫލުކުރަން.މިހާރު ރާއްޖޭގަ ކުޅެނީ ފުޓްސަލް. ބޮޑު ދަނޑުގަ ފުޓްބޯޅަ ކުޅޭކަށް މީހުންނެއް ނުދޭ.އެވަރަށް މީހުންނެއްވެސް ރަށްރަށަކު ގާއިމުވެ ނުތިބޭ.ކުރިން ތިޔަ މާފަންނު ސްޓޭޑިއަމް އަކީ ހެނދުނު ،ހަވީރު އަދި ރޭގަނޑު ވެސް ފުރިބާރުވެފަ އޮންނަތަނެއް.ދަނޑުން ޖާގަ ނުލިބޭތީ ސްކޫލް ކުދިންވެސް ކުޅެންދާނެ މެންދުރު ގަޑީގަ.ވީކެންޑްގަ އޮންނާނީ ފުރިބާރުވެފަ.އެކަމަކު މިހާރު އެހެންތަ.
ޖުޖުޖުން
31 January 2023
ތީތި ކަޑައޭ. އަހަރުން މިކޮޅުގަ މިއުޅެނީ ކުޅެލާނެ ދަނޑެއް ނުލިބި ގޭންގުތަކުގެ އަޅުވެތި ކަމުގާ ޖެހިފާ. ތި ކޮޅުން ތިއުޅެނީ ހުޅު ޖަހަން
ކަޑަ
31 January 2023
ކޮޅަކަ 11 ހަމަނުވާ ރަތަގުވެސް ދަންޑުއަޅަންޖެހެވީޔަ
ޙަހހ
01 February 2023
ނޮޅިވަރަމުގައި ކޮޅަކަށް ހާހެއް ވެސް ހަމަ ކޮށްލެވޭނެ. މީ ނަރުދޫއެއް ނޫނޭ..
ހުސްނުހީނާ
31 January 2023
ނޮޅިވަރަމްގެ މީހުން އެބުނަނީ ޓާރފު ދަނޑަކީ އެމީހުން ބޭނުން އެއްޗެއް ނޫންކަން! އެމީހުން ބޭނުންވަނީ ވެލިދަނޑު، ނޫނީ ކޮންކްރީޓު ދަނޑު. އެމީހުން ބޭނުންވާ ގޮތަކަށް ހަދާފަ ދިނީމަ ނިމުނީ!
ާއަލިމޯޑު
31 January 2023
ހަބަރުގަ އޮތީ 2019 އިން ފެށިގެން ދަނޑުގެ މަސައްކަތް ކުރިޔަށް ދާކަމަށް.އެހެންވީމަ 4 އަހަރު ނިމިގެން ދިޔައިރު ރަށެއްގެ ހުސްބިމެއްގެ ފަސްގަނޑު އެއްވަރުކޮށްލައިފަ ޓާފް ގަނޑެއް ފަތުރާނުލެވުމަކީ އިހްލާސްތެރި ކަން ނެތްކަމުގެ ކުޑަ މިސާލެއް. ނޯޓު: ކޮވިޑް އުޒުރަކަށް ހަދާނަމަ ކޮވިޑް އައީ 2020 ގެ މެދުތެރޭ.ރަށްރަށަކަށް އޭގެ އަސަރެއް ނުކުރޭ.މާލޭގަ ނަމަ ކޮވިޑް ލޮކްޑައުންގެ ސަބަބުން ސްލޯވެދާނެ.
ޓަފްމެން
31 January 2023
ތިރަށު ޒުވާނުންވެސް ކައުންސިލުންވެސް އަސްލު ބޭނުމެއްނޫން ޓާފް އަޅާކަށް ސަރުކާރުން ތިރަށުގައި ޓާފް އަޅަން ކުރި މަސައްކަތަށް ތިރަށުން އެއްވެސް އެއްވެސް އެއްބާރުލުމެއް ނުދޭ
3 ދުވަސް
31 January 2023
ރޯވީމަ ވެއްޖެ މަސައްކަތް ފަށަން 3 ދުވަހަށް ވީކަމަށް. ކޮވިޑަށް ކަނޑާފަވެސް 2 އަހަރު ގޮއްސި. ޓާފްކޮޅެއް އަޅާލާ ނުނިންމުނު.
މަހޭ ނެތި
31 January 2023
ޓާފް ނާޅައިގެން އޮޅެން ރައް ރަށުގަ އަޅާ.. މާމެންދޫ އޮތޫ ރޮލާ