ފިނޭންސް މިނިސްޓްރީގެ އިދާރާ. ހަރަދު ތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުގެ އިދާރާތަކަށް އަންގައިފި
01 ފެބުރުއަރީ 2023 - 10:55
މިނިސްޓްރީގެ ހުއްދަ ނެތި ސަރުކާރުގެ އެއްވެސް އޮފީހަކުން އާ މަގާމުތައް ނުއުފެއްދުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތައް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހުރިހާ އިދާރާއަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލިއްޔަތާއި ގުޅޭ ސާކިއުލާގައި، މިއަހަރުގެ ބަޖެޓު ތަންފީޒުކުރަން ހަރަދުތައް މިހާރަށްވުރެ ރަނގަޅަށް ހަމަޖެއްސުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކުން މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.
ފިނޭންސުން ބުނީ ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު، މި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. ބަޖެޓްގައި ހިމަނާފައި އޮތަސް، މިހާރު ދޭން ފަށާފައި ނުވާ އައު އެއްވެސް އެލަވަންސެއް، އެ މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭގައި ނުދެވޭނެ ކަމަށް ވެސް އަންގާފައިވެ އެވެ. އަދި އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް ނުގެނެއުމަށް ވެސް އެދިފައިވެ އެވެ. މި ކަންކަމުގެ އިތުރުން، ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް އެދިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި، ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް ވަނީ އެދިފަ އެވެ. މިގޮތަށް ކުރާ ދަތުރުތަކުގެ ތެރެއިން ވައިގެ މަގުން ކުރާ 35،000ރ. އަށް ވުރެ ދަށުގެ ދަތުރުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދަން ވަނީ ބުނެފަ އެވެ. އަދި އެއަށް ވުރެ ބޮޑު ހަރަދެއް ކުރާ ނަމަ ސީދާ ފިނޭންސް މިނިސްޓްރީގެ ހޯދުމަށް ވެސް ސަރުކާރުގެ އިދާރާތަކަށް އަންގާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދޭން ވަނީ އެދިފަ އެވެ. ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެން ދަން ވެސް ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ މަރާމާތުތައް ވެސް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެމިނިސްޓްރީން އަންގައިފި އެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާ ބަޖެޓުން މިއަހަރު މިހާތަނަށް ވަނީ 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
01 February 2023
ދައުލަތުގެބަޖޭޓްގައި ހިމަނާ ޤާނޫނުހަދާ، ސަރުކާރު ހިންގާގޮތްބަލާ މިނެކިރުމުގެޒިންމާވެސް ޤާނޫނީގޮތުން ޙަވާލުވެފައިވާ "ރައްޔިތުންގެ މަޖިލީހުންފާސްކޮށް ކަޑައަލާފައިވާބަޖެޓެއް އެބަޖެޓްގައިކަޑައަޅާ ފާސްކުރިކަމަކަށްހޭދަކުރަން ދޫނުކުރާނެކަމަށް" ސަރުކާރުގެ ވަޒީރަކަށް ނުބުނެވޭނެ. # ދައުލަތުގެއިދާރާއަކުން މުވައްޒަފުންނަށް އެލަވަންސްދިނުމަށް އެއްބަސްވެ އަދި އެ އެލަވަންސްގެފައިސާ ބަޖޭޓްކޮށް މަޖިލީހުން ފާސްކޮށްފައިވާނަމަ މިދެންނެވި އެލަވަންސްނުދިނުމަކީ ކުށެއް.
ޙުސްނުވާ އާމަޤާމް
01 February 2023
ތިހެންވިއްޔާ ކުރީ އަހަރުގެ 6 މަސްދުވަހަށްވުރެ މިއަހަރު އަދަދު %65 އަށް އިތުރުވާނެ
މައިހާހަހާ
01 February 2023
ޕްރައިމަރީ ކާމިޔާބު ކިރަން ވެގެން މީހުން ނެގިނެގީނުން އަރިއަޅާލީ
އަސްލު
01 February 2023
ޕްރައިމަރީ އަށް ވަޒީފާދީ ނިމުނީ. ދެން އޮންނާނީ އަނެއްކާވެސް ރިޔާސީ އިންތިޚާބަށް ވަޒީފާ ދިނުން.
ޢަލީ އަހްމަދު މޫސާ
01 February 2023
ޓީޗަރުންނަށް ބޮޑު މުސާރަ ހަމަޖައްސައި އިދާރީ މީހުންނަނަށް އޭގެ ތިންގުނަ މަދުން މުސާރަ ދޭއިރުބ ރައީސް އެނގޭނޭފަދައިިން 20000ރ ދޭ ޓީޗަރުންވެސް ތަކެތި ގަންނަނީ ހަމަ އެއްފިހާރައިން އެއް އަގަށެވެ. އެހެންކަމަށްވުމުން ޓީޗަރުންނަށް ނުވަތަ ބޮޑު މުސާރަ ލިބޭ އެހެން މީހުންގެ ޢާއިލާތައް ވަރަށް ރަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެމުން ގެންދާއިރު ކުޑަ މުސާރަލިބޭ އިދާރީ މީހުންގެ އަނބިދަރިން ތިބެނީ ވަރަށް ނިކަމެތިވެފައެވެ.
ޢަިއަހަދޭ
01 February 2023
ރަނގަޅަށް ތިބުނީ އަދި ކޮބައިތޯ މުދައްރިސުން އެބަތިބޭ އެއްގަޑި ފުރާ މީހުން ވާރު މި ދައްކަނީ އެންމެން އެއްވަރށޤ
ދހސތވސ
01 February 2023
ކީހާޅެމެއް ފަރިއްސަށްވެ ނިމެނީ
ޖުއްބާ
01 February 2023
ކޮން ފިނޭންސް މިނސްޓްރީއެއް.... އެމްޑީޕީ ހަރުގެއިން ސަރުކާރުގެ މަގާމެއް އުފެއްދީމަ އުފެއްދޭނެ. މިނިސްޓަރު މޮޔަފުޅުނުވޭ!!!!!!
ސިޗާލީ
01 February 2023
ތިޔަ އެންގުން އަންގަބަލަ ރައީސްމީހާއަށް. ދައުލަތުގެ ބައިތުލްމާލު ހުސްކުރަނީ ބޭނުންވާވަރަށްވުރެ މާއިތުރަށް ސިޔާސީ މަގާމުތައް ހަދަހަދައިގެން ޕާޓީ ކުދިންނަށާއި ގާތް މީހުންނަށާއި ރައްޓެހިންނަށް ވަޒީފާތައް ދީ، ބޮޑެތި މުސާރަތައް ދީގެން. ހީކުރަނީ ދައުލަތުގެ ފައިސާއަކީ އަމިއްލަ މުދާކަމަށް ތޯއްޗެ. މިގޮތަށް ކަންތައް ކުރުމަކީ ޤާނޫނު އަސާސީން ލިބިދޭ އިޚުތިޔާރެއް ނަމަވެސް ދީނީގޮތުން މިކަން ވާނީ ރައްޔިތުންގެ މުދަލަށް ވެވޭ ޚިޔާނާތަކަށް ކަމެއް އޭނާއަކަށް ނޭނގޭ.
ބޮޑުރިޔާ
01 February 2023
ހުރިހާ އިދާރާއެއްގެވެސް މުސާރަ އެއްހަމަޔަކުން ދޭން އަންގަބަލަ މިނިވަަން މުވައްސަސާތަކު ގައި މަސައްކަތްކުރާ މަސައްކަތު މީހާއަށް ވުރެ ސިވިލް ސާވީސްގައި މަސައްކަތްކުރާ މަސައްކަތުމީހާ ގެ މުސާރަ ކުޑަވަންޖެހޭ ސަބަބެއްބުނެދީބަލަ ދައުލަތުގެ ބަޖެޓުން މުސާރަ ދޭއެންމެން މުސާރަ ދޭންވާނީ ރޭންކުތަށް އެއްހަމަޔަކުން އެއީ އަހަރެމެން އެދޭގޮތް
ޖުހާނާ
01 February 2023
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ 6 ގަޑިއިރު. ބައެއް މިނިވަން މުވައްސަސާތަކުގެ ރަސްމީ ގަޑިއަކީ 7 ގަޑިއިރު. އެހެންވީމާ އެ މުވައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވަނީ.
ޙާލަތު2
01 February 2023
ފިނޭންސް ގެ ތި ސާކިއުލާއިން ދޭހަވަނީ ސަރުކާރު ފެއިލްވެފައިވާކަން.
ތިންތިހާ
01 February 2023
މަށް ދޭހަވީ ސަރުކާރުގެ ހަރުދަނާކަން. ދެކޮޅު ޖައްސަން މަސައްކަތްކުރާކަން. ރިޔާސީ އިންތިހާބެއް އޮތަތީ ގާތް މީހުނަށް ވަޒީފާދީ ވޯޓު ހޯދަން މަސައްކަތް ނުކުރާކަން
ޖުހާނާ
01 February 2023
ތިންތިހާ. ގާތް މީހުނަށް ވަޒިީފާ ނުދޭތީދޯ ކުންފުނިތަކުގެ މުވައްޒަފުން ނުހިމަނައި ސިޔާސީ މަގާމުތައް މިހާރުވެސް 1000 އަށްވުރެ ގިނަވެފައިވަނީ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު ވައްޑެ މަޖިލީހުގައި ބުނި 1067 ސިޔާސީ މުވައްޒަފުން އޭރުވެސް ތިބިކަމަށް. އޭގެއިތުރަށް ކުންފުނިތަކަށް ވެރިންގެ ފެންވަރުގައި ބޭނުންވާ ވަރަށްވުރެ މާއިތުރަށް މިހާރުވެސް އެތައް ސަތޭކަ ވަޒީފާއެއް ހަދައި މީހުން ލާފައި އެބަތިބި. މުޅި ދައުލަތް ދަވާލަނީ.