ކަމަށް އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުލްސައްތާރު: މުސްތަފާގެ ޓުވީޓް އޭނާ ކުށްވެރިކުރެއްވި -- ފޮޓޯ: އެމްޑީޕީ
05 ފެބުރުއަރީ 2023 - 23:17
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓަކީ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުލްސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެމްބަރު މުސްތަފާ ކުރެއްވި ޓުވީޓާ ގުޅިގެން އަނަސް ވިދާޅުވީ، ހިޔާލު ތަފާތުވުންތަކުގައި މި ދަރަޖައިގެ އަމަލުތައް ކުރުމަށް ގޮވާލައި ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ ބޮޑެތި އަދަދުތަކުން އިނާމު ހުށަހެޅުން ކުށްވެރިކުރާ ކަމަށެވެ.
"މިއީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ އަމަލެއް،" އަނަސް ވިދާޅުވި އެވެ.
މުސްތަފާގެ ޓުވީޓްގައި ވިދާޅުވެފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށެވެ.
އެ މައްސަލާގައި މުސްތާފާ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިވާން ވެސް ވަނީ އަންގައިފަ އެވެ.
ފުލުހުން ބުނީ "ތިމަރަފުށި" ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެޓާ
07 February 2023
ވޯޓު އޮޅުވާލުންވެސް ކުއްވެރިކުރަން
ޙަބީބު.
06 February 2023
ޢިބުރާބިމު ރައްޔިތުންގެ މޫނައް ކުޅުޖެހުމަކީވެސް ނާތަހުޒީބު އަމަލެއް ވެރިކަމައް ސަވަރުވީ ކުޅުނުޖަހާނެކަމައްބުނެ ނަމަވެސް ރިސޯޓު މުވައްޒަފުންގެ މޫނައް ކުލުޖަހާފަ 50 އަހަރު ފުރުނުދުވަހު އެހެރީ
ށަވިޔަނި
06 February 2023
ތިފަދަ ވާހަކަ އެއްވެސް ރައީސަކާ ބެހޭގޮތުން އަދި އެހެން މީހަކާ ބެހޭގޮތުންވެސް ދައްކައިގެން ނުވާނެ.
ނާޒިމްމުހަންމަދު
06 February 2023
ހަމަ ބަންދު ކުރަންވީ
ލާމަސީލު
06 February 2023
މި މުސްތަފާކަހަލަ މޮޔައިން ބުނެގެން އިންޑިޔާގަވެސް ރީތި އަންހެންކުދިންގެ މޫނަށް އެސިޑްވެސް ޖަހާހަދާ. މިކަހަލަ މޮޔަ ފިތުނަވެރި ޚިޔާލު ދޭމީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ. އެހެންނޫނީ މިކަން މިރާއްޖޭގަ އާއްމުވުމުގެ ބިރު އެބައޮތް.
އަސްލު...
06 February 2023
ފިޔަވަޅުއަޅަނީ ކިޔާފަނުތިބެވޭނެ މިގޮތަށް މިރާއްޖެ ހަލާކުކުރަން ފުރުސަތުދީގެން، ހަމަނުޖެހޭމީހުން ތިބެންޖެނީ މަގުމަތީގަ ނޫމް...
މުރުސީ
05 February 2023
ދަރުމަ ވާނެ. އަނަހާ އެމީހާ ޑޮކްޓަރަށް ދައްކަބަލަ. މިހާރު ކިހާ ދުވަހެއްތަ ކަޅުފޮއެ މޫސުމުގަ ވެސް މުސްތޮފާބެ ހަނދުބޮޑުވެފަ ހުންނަތާ؟ އެކަމު އޯގާތެރި ސަރުކާރެކޯ! އެމީހާ އެހުރީ ފަރުވާ ނުދީ.