ބްރިޖުގައި މިއަދު އެކްސިޑެންޓުވި ކާރު
10 ފެބުރުއަރީ 2023 - 11:55
ސިނަމާލެ ބްރިޖު ހައިވޭގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކުރި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން ފިރިހެނަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 40ގެ އަހަރުތައް ގުނަމުން އަންނަ އެ ފިރިހެން މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާ ނޭވާލައްވަމުން ގެންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކްސިޑެންޓު ހިނގި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިނާ
10 February 2023
އަބަދުވެސް ޕުލުހުން ތަހުގީގު ކުރާނީ ދުވަހަކުވެސް ތަފސީލެއް ނުލިބޭނެ , އަނިޔާވި ފަރާތަށް ބަދަލެއްވެސް ނުލިބޭނެ.
ދޯދި
10 February 2023
ބަލަންޖެހޭ ކަންކަން ބަލާނީ ދޯ؟ ދުވަހަކުވެސް ބަަލަން ނުޖެހޭކަމެއް ނުބަލާނެ! އިސްމާޢީލް އެކްސިޑެންޓުވެގެން، އެހާދިސާގެ ފޮޓޯއާއި ވީޑިޔޯ ލީކުކޮށް ފެތުރުމުން ބުނެފައިވަނީ، އެއީ ޢާއިލާ މީހުންކަންބޮޑުވާނެ ކަމެކޭ ދައުރު ނުކުރާށޭ. އެކަމަކު އެފޮޓޯތައް ނެގިފައި ހުރީ އެތާނގައިހުރި ކެމެރާތަކަށް، ލީކުރީ ފުލުހުންގެތެރެއިން، އެކަމުގައި ވެސް ބުނީ ބަލަންޖެހޭކަންކަން ބާވާހަކަ.
ލަބީދުބެ
10 February 2023
މަގުތަކާ ހައިވޭ ފަރުމާ ކުރަން ވާނީ ދިވެހިން ކަން ދަނެގެން....އެމީހަކާ އެމީހެއް މަގުމަތީގެ ގަވާދުތަކައް ނުބަލާނެ ބައެއް ކަން ދަނެގެން.
ށަވިޔަނި
10 February 2023
شفاه الله عجلا شفاء كاملا
ނާތަހުޒީބު ގަމާރު ޒުވާނުންނަށް
10 February 2023
ކަލޭމެން ކުދިން ހީކުރީ ފާޑުފާޑަށް ސައިކު ދުއްވުމާ، ވޭޕްކުރުމާ މިއީ މާމޮޅު ކަމަކީތޯ؟ ދަންނަވަންތޯ ޢިލްމީ ހޯދުންތައް ހެކިދެނީ ތިޔައީ ނުވިސްނޭ، ކުރަން ހެޔޮވާވަރު ކަންކަމެއް ނޫނޭ އިނގޭތޯ. ވަރަށް ވެދުން
އެމްސް
10 February 2023
އެކްސިޑެންޓްސް މަދުކުރަން 4 އަދި 6 ލޭން ހުންނަ މަގުތައް ތަޢާރަފުކޮށް، ކަނައަތަށް/ވައަތަށް އަޅަން އެންމެ ކަނައަތް/ވައަތް ފަޅި ލޭން ޚާއްސަކޮށް، ގޯޅި އެޅުމާއި/އޯވަޓޭކް ކުރުމުގެ އުސޫލުތައް ހިންގާ ބަލަހައްޓަން ފަށަންވެއްޖެ!
ދީދި
10 February 2023
އޭރު އެއުރެން ފާޑުފާޑަކަށް ނުދުއްވާނެ ދޯ؟ ގިނަ އެކުސިޑެންޓުތައް ހިނގަނީ ގަވާއިދާ ޚިލާފަށް ދުއްވައިގެން، މަގާ، ލޭނުތަކާ ލައިޓުތައް ނެތިގެނެއް ނޫން
ފާފު
10 February 2023
ތިކަން ކުރަންޖިހޭ އެކަމަކު އަދަބު އަޙްލާޤު ނެތް ބަޔަކު އުޅޭނީ ހިތަށް އެރި ގޮތަކަށް.
ޔެމްސް
10 February 2023
އެމްސް ކަލޯއަށް އުމުރުން ކިތައް އަހަރުތަ ފުރުނީ؟
އެމްސް
11 February 2023
އަދަބު އަޚްލާޤަކީ ވިއްކަން ހުންނަ އެއްޗެއް ނޫން، އަށަގަނުވަން ޖެހޭ އެއްޗެއް! ޕާކިން ޒޯންތަކުގަ ދަމާފަ ހުންނަ ރޮނގާއި އެއްގޮތަށް ޕާކް ކުރުވޭނީވެސް އެކަން ބަލާ/ހިންގުވަން މީހަކު ބަހައްޓައިގެން، ރޮނގެއް ކުރަހާލައިގެން އެކަން ވާނެ ކަމަށް ވަންޏާ، ޤާނޫނުތަކެއް ހަދާލީމަ އެއަށް މީހުން ޢަމަލުވެސް ކުރާނެ! 2 ލޭން ގެ މަގުތަކުގަ ޤަވާޢިދުން ދުއްވަން އުޅުނަސް އެކަމެއް ނުވާނެ، މިސާލަކަަށް ބުނަންޏާ އޭރަކުން އޯވަޓޭކް ޤަވާޢިދުން ކުރަންއުޅުނަސް، ގޯޅި އެޅުމަކުވެސް...
ޓްރެފިކް
10 February 2023
ޓްރެފިކް ލައިޓް އިންނަންޖެހޭ ތަނެއް އެއީ
ާއަލިމޯޑު
10 February 2023
ބްރިޖު-އެއާޕޯޓް މަގުގަ އެކްސިޑެންޓް އެއް ހިނގާ ވިޔަފާރި ވެރިއެއް ނިޔާވީ އެތަނުގައި ޓްރެފިކު ލައިޓް ނެތިގެނެއް ނޫން.އޮންނަ ގަވާއިދާ އުސޫލަށް ކަމޭނުހިތާތީ.ބްރިޖު ޓްރެފިކް ލައިޓް ތަކުގަ މަޑުކުރަން ނުޖެހޭނެ 1 މިނެޓުވެސް.އެކަމަކުވެސް ހީވަނީ ހޭބަލިވާހެން. އިއްޔެވެސް އެކްސިޑެންޓް ވީ ގަވާއިދާ ހިލާފުވީމަ.ސައިކަލު ދުއްވި މީހާ އެއާޕޯޓް ޕާކިންއަށް ދިމާލުން ހުޅުމާލެއަށް ދާމަގުގަ ހުރެފަ ހުޅުމާލެއިން މާލެ ދާ މަގަށް އެރީ އެތާ އިންނަހަނި ދޭތެރެއަކުން ހުރަސްކޮށްފަ
އެމްސް
10 February 2023
ޓްރެފިކް ލައިޓް ހުރި ތަނަކުން ދާން އުޅެނިކޮށް ޖަމްބޯ މަރުވީ! ދުއްވާ އެއްޗަކަށް އަރާ ރޭސް ޕެޑަލް އަށް ފިތާ/މުށްގަނޑު ފެލީމަ އެތި ދުވާނެ! އެކަމަކު އެހެނިހެން ކޮންޓްރޯލްވެސް ހުންނަކަން ދަންނަންވީ!
އެމްސް
10 February 2023
ރެޑް ލައިޓްގަވެސް ދުއްވިދާނެ!
ާއަލިމޯޑު
10 February 2023
އެކްސިޑެންޓް ހިނގިކަމަށް ވަނީ ޓީއެމްއޭ ޓާމިނަލް ކައިރި މެޝިނަށް ކާޑު އިން /އައުޓް ކޮށްފަ ސައިކަލު ދުއްވި މީހާ ޝޯޓްކަޓް ނަގަން ހައިވޭގެ ހުޅުމާލެއަށް ދާ ފަޅިން މާލެ ދާ ފަޅިއަށް ނުކުތް ތަނުން ާާކާރުގަ ޖެހިގެން.
2222
10 February 2023
ދުވަހަކުވެސް ތަފްސީލް ލިބުނުތޯ؟؟؟