ފުލުހުން މީހަކު ހައްޔަރުކޮށް އަތުގައި ބިޑި އަޅުވައިގެން ގެންދަނީ -- ފައިލް ފޮޓޯ
16 ފެބުރުއަރީ 2023 - 14:19
ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ އަތުން ފެނުނު ވަޅިއަކީ އޭނާ ކޭކެއް ފަޅަން ގެންގުޅުނު ވަޅިއެއް ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ރ. އޫނގޫފާރުގެ، އުމުރުން 31 އަހަރުގެ މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރީ، ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.
ކުށުގެ ވެށިން ހައްޔަރުކުރި އެ މީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން، އޭނާ ދިފާއުގައި ބުނެފައި ވަނީ ހާދިސާ ހިނގި ތަނަށް އޭނާ ގޮސް ހުރީ އަންހެން ކުއްޖަކު ބުނެގެން އޭނާ ސަލާމަތްކުރަން ކަމަށެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، ހާދިސާ ހިނގި ވަގުތު ގެންގުޅުނު ވަޅިއަކީ ކޭކެއް ފަޅަން ގެންގުޅުނު ވަޅިއެއް ކަމަށް ވެސް ކޯޓުގައި ބުންޏެވެ.
އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމް ލިބުނު ގޮތް ކިޔައިދެމުން ބުނެފައި ވަނީ، އެއީ ވަޅި ވެއްޓުމުން އޭގައި ހިފަން އުޅެނިކޮށް ވަޅީގެ މިޔައިގައި ހިފިގެން ވީ ގޮތެއް ކަމަށެވެ.
ކްރިމިނަލް ކޯޓުން ނިންމީ ކުށުގެ ރެކޯޑު އޮތް އެ މީހާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ 10 ދުވަހަށް ބަންދު ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދާ ގާނޫން
16 February 2023
10 ދުވަސް ދުވަސް ފަހުން ނުރައްކަލެއް ނޯންނަނީތަ؟ ތަންކޮޅެއް ހަމަޖެހޭ އެއްޗެކޭ ކިޔާބަލަ
ޢެލޯ
17 February 2023
އެހެން ބަންދު ކުރަނީ ތަހުގީގު ކުރަން. ޢެއަކީ ހުކުމެއް ނޫން
ކޭކު
16 February 2023
މި ދުނިޔެއަށް އައީ ކޭކު ފެޅުމަށް، އެހެންވެ ހިފެހެއްޓުމެއް ނެތި ކޭކް ފެޅުމުގައި :)
ގުދުގުދުލީބެއްޔާގެ ތެދުބަސް
16 February 2023
މަސްކަނަޑާންށޭ ބުނިނަމަ ތިއަށްވުރެ މާ ރީތިވީސް.
ބުރެޓު
16 February 2023
މިވެރިން ކުށުން ސަލާމަތްވާން ކޮންމެފަދަ އެއްޗެކޭވެސް ދަށްކަފާނެ.
އައްޔަ
16 February 2023
ކޮބާބައި ކޭކު އޮތީކޮންތާކު, ކޮންމެ އެއްޗެއްވެސް މިއަދު ދުލުން ބުނެވިދާނެ އެކަމަކު މާދަމާ ,,,,,!
ތެފައާސާ
16 February 2023
ސަބަބުވެރި މިންގަނޑަކުން ބަލާއިރު ތިމީހާ ކޭކު ފަޅަންޖެހޭ މުނާސަބަތެއްއޮތްތޯ ނުވަތަ ކޭކު ފެޅުމުގެ އެއްވެސް ތައްޔާރީއެއްވެފައިވޭތޯ (މިސާލަކަށް ފުއްޕާހަމަށް ވައިއެޅުންކަހަލަ ކަމެއް ކޮށްފައިހުރިތޯ) ބެލުމަށްފަހު، ހަމަޖެހޭ އިންސާނެއްގެ ވިސްނުމުން މިނެކިރައި، އިންސާފުވެރި ހުކުމަކަށް ވާސިލްވީމާ މައްސަލަ އޮންނާނީ ނިމިފައި..