ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަނީ

ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުން މީހަކު ކުދިންތަކަކާއެކު ހިނގާފައި ދަނީ: ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަން ވަނީ ނިންމައިފައި -- ފޮޓޯ | މިހާރު

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅުކުރުމަށްޓަކާ، އެތަނުގައި ދިރިއުޅޭ މީހުން ހިޔާލު ހޯދަން ސާވޭކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ހަފުތާއަކަށެވެ.

އެ ކުންފުނިން ބުނިގޮތުގައި، މި ސާވޭއަށް މައުލޫމާތު އެއްކުރާނީ ފްލެޓްތަކަށް ޒިޔާރަތްކޮށް، އޮންލައިން ފޯމެއް ފުރައިގެންނެވެ.

މި ސާވޭގައި އެއްވެސް މީހެއްގެ އާމްދަނީ، ހަރަދު، ކޭޝް ކާޑް އަދި ބެންކް އެކައުންޓް ފަދަ މައުލޫމާތު ނާހާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބުނީ، ސާވޭގެ މަސައްކަތުގައި ބައިވެރިވާ އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ އެތަނުގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ، ސާވޭއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ، ގުޅާނީ އެ ކުންފުނީގެ ރަސްމީ ނަންބަރަކުން ކަމަށެވެ. އަދި ސާވޭއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށް ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓްތައް 2021 ވަނަ އަހަރު ހަވާލުކުރި ފަހުން މިހާރު އެތަނުގައި 30،000 އަށް ވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެތަނުގައި މީހުން ދިރިއުޅެން ފެށިއިރު އަސާސީ ގިނަ ހިދުމަތްތައް ނުލިބެ އެވެ. އެކަމަކު މިހާރު ގިނަ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހުރީ ހަމަޖައްސައިދީފަ އެވެ.

18 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިގު ދަތް

27 February 2023

އެޗްޑީސީގެ ދޯހަޅި ކަމުން ހިޔާސަހަރުގަ ދިރިއުލެމުންދާ 35 ހާސް މީހުން ދިރިއުލޭ ސަހަރުގެ މަގުތައް އޮތީ ކަނު އަނދިރީގައެވެ. ހަދަން ފަސާ ނުނިމި އޮތް ޕާކުގަ ޖަހާފައި ހުރި ވެލިފުނިތަކުންނާ ވަށައިގެން ކުރަމުންދާ މަސައްކަތުގެ ސަބަބުން ލޮލަސާއި ބޮލަށް ވެލިބުރުމެއް ނުހުއްޓެއެވެ. ހިޔާ ސަހަރުން ފްލެޓް ލިބުނު ކޮންމެ މީހެއްގެ ހިއްސާ އޮވެގެން ހެދި ތަނުގެ ޚަރަދުގެ ވާހަކަ މިއޮތް ވެރިކަމން ނުދައްކައެވެ. އވަސް ބަދަލަކަށް ބޭނުމެވެ. އެމްޑީގެ ކަންނެތް ކަން އަރާހުރި

The name is already taken The name is available. Register?

އެޗް.ޑީ.ސީ

27 February 2023

ހިޔާ ފްލެޓް ވިޔަފާރިވެރިންނަށް ކުއްޔައް ދޫކުރަންވީމަ އެޗް.ޑީ.ސީގެ ގޮތެއް ފޮތެެއްނެތް. ލާރިގަނޑު ބޭނުމީ އެޗް 7 ގަ ތިރީގައި ހިންގާ ހޮޓެލް ކީއްވެތަ ބަނދު ނުވާ ގޮތަށް ހުއްދަ ދެވޮފައި އެހުރީ . މި އޯޕެން އެއަރ ތަނެއްނޫން ވިއްޔާ. ލިފްޓް ކިޔުގައި ހިނދު ކޮޅަކު ހުރެލިޔަސް މުޅި ގައިގަ ވަސްހިފާ . ގައިމު ބޭރަށްދާ ވިއްޔާ މި ނުކުންނަނީ، ބޭރު ފަރާތަށް ދޮރު ހުޅޫވުމުގެ ހުއްދަ ދީ ބިއްލޫރި ޖަހާ މިތަން ބަނދު ކުރުވަން އެންމެން ނުކުންނަންވީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 February 2023

ދައުލަތުން ޙާއްސައެހީތެރިކަންލިބިގެން ހަމަޖެހޭ ސޯޝަލް ހައުސިންގ ސްކީމެއްގެދަށުން ބޯހިޔާވަހިކަން ހޯދައިގެންމެނުވީ ދިރިއުޅުންހަމަޖެހެން ނެތްކަމަށްބުނެ ފޯމް ހުށަހަޅައިގެން "ފުލެޓްގަތުމަށް އެއްބަސްވެ" ފުލެޓަށްކަޑައެޅިއަގު އިންސްޓޯލްމަންޓްއުސޫލުން މަހުންމަހަށް ދައްކާ ފުރިހަމައަގު ހަމަކުރާން ދެފަރާތުގެމެދުގައި ހެދިއެއްބަސްވުމާއިޙިލާފަށް ފުލެޓަށް މަހުންމަހަށް ދައްކާންޖެހޭފައިސާ ނުދައްކާފަރާތްތަކަށް އެޗްޑީސީއިން ނޯޓިސްނުފޮނުވުނަކީ ކުށެއް އަދި އިހްމާލެއް.

The name is already taken The name is available. Register?

ކިރު ސައި

26 February 2023

އަނެއްކާވެސް 'ބޮޑު' ދިރާސާއެއް އެހެންނޫންތޯ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 February 2023

ދައުލަދަރަނިކޮށްނެގި ލޯނުތަކާއި އެފަދަ ސޮވަރިން ގެރަންޓީގައި ބޭރުގެމާލީއިދާރާތަކުން އެޗްޑީސީއަށް ދޫކޮށްފައިވާލޯނުތަކުން ތަރައްޤީކުރި ކ.އަތޮޅު ފަޅާއި އެތަނުގައިއެޅިފުލެޓްތަކަށް އެތަންތަންހޯދިފަރާތްތަކުން ދައްކާންޖެހޭފައިސާ ދައްކަމުންދޭތޯބެލުމާއި އެއްބަސްވުމާއިއެއްގޮތަށް މަހުންމަހަށް ދައްކާންޖެހޭފައިސާ (ކުއްޔެއްނޫން އިގޭތޯ) ނުދައްކާފަރާތްތަކާއިމެދު އެއްބަސްވުމާއިއެއްގޮތަށް ފިޔަވަޅުއެޅުމަކީ ކުންފުނީގެވެރިން ކުރާންޖެހޭކަމަކަށްނުވާތީތޯ އެކަންނުކުރަނީ.

The name is already taken The name is available. Register?

ހުޟެން

26 February 2023

ހިޔާ ޓަވަރު. ކޮމިޅުނިޓީ ގެ ޕާކިން އަށް ފުލުހުން ވަދެ ސްޓިކާ ޖަހަނީ ކީވެ. އެއީ ކީވެ. މިދާވަރުން މިގޭގެ ތިރީގަ ޕާކުކޮއްފަ ހުރި ސައިކަލް ގަވެސް ޖަހާނެ ހެން ހީވޭ.?

The name is already taken The name is available. Register?

ޙނބޖބޖ

26 February 2023

ފުރަތަމަ ތިބައިގަނޑާ ދެންވެސްއުޅޭ ކުލިނުދައްކާ ބައިގަނޑުއަތުން ދައުލަތަށް ލިބެންޖެހޭ ފައިސާކޮޅުހޯދަބަލަ. ތިތަނުގައުޅޭ އާއްމުރައްޔިތުންނަށްވުރެ ކުލިނުދެއްކުމުގަ ކުރީގައުޅެނީ ފުލުހުންނާ ސިފައިން

The name is already taken The name is available. Register?

ލާމަސީލު

26 February 2023

ކަލޯ ތިއީ މާލެ ގެހުރި މުއްސަންޖަކަސް ދެންތިބީ ލޯނުނަގައިގެން ކަރަންޓްލާފަ މުށިޖަހާފަ ދޮރުއަރުވާފަ ބަދިގެ ކަބަޑް ޖަހާފަ ދަރާވިކިގެން ތިތަން ހެދިމީހުން. ކިހިނެއްކަން އެނގޭތަ ލޯނު މައްޗަށް ލޯނުނަގައިގެން މީހުންތައް ދަރާވިކިފަ ތިބީ. ބިންގާ އަޅާފަ ބުނަންވީނު އަމިއްލަޔަށް ފްލެޓް ހަދާށޭ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

27 February 2023

ކަލޯ ލާމަސީލު ތިޔަ އުސޫލުން ބަލަންޏާ އަހަރުމެންގެ ކަރަންޓާ ފެނުގެ ބިލްވެސް ސަރުކާރުން ޖެހޭނީ ދައްކައިދޭން! އެއީ ޢާއްމު ޚިދުމަަކަށް ވާތީ! ތިޔަ އުސޫލަށް ކިޔަނީ ފޭރުން! ދެންކޮބާ ބަރާބަރަށް ކުލިދައްކާ މީހުންގެ ހައްޤު!

The name is already taken The name is available. Register?

ޣގދދދ

27 February 2023

ލާމަސީލު ތިކަން އެނގޭއިރު ދޮގުހަދައިގެން ހުރިހާކަމެއް އޯކޭވެގެން އެގްރީމެންޓުގަ ސޮއިކުރީ ކީއްވެ؟

The name is already taken The name is available. Register?

އެމްސް

26 February 2023

ބިދޭސީންނަށް ކުއްޔަށް ދީފަ ހުރިތޯ، ނުވަތަ ފްލެޓް ލިބުނު މީހާ ތަނުގަ ދިރިއުޅޭތޯ، ނޫންނަމަ ބޮޑު އަގުގަ ތަން ކުއްޔަށް ދީގެން ވިޔަފާރި ކުރޭތޯވެސް ބަލަންވާނެ ނޫންތޯ!

The name is already taken The name is available. Register?

އިބްރ

26 February 2023

ރިޔާސީ ކޮމިޓީއެއް ހައްދަވައިގެން ހިޔާފްލެޓްގައި މީހުން ދިރިއުޅޭތޯ ބަލަންވީ ފުރަތަމަވެސް

The name is already taken The name is available. Register?

މުސްކުޅިޔާ

26 February 2023

ތިސާވޭގެ މަގްސަދު ވަރަށް ސާފް. ރިޔާސީ އިންތިހާބަށް ތިޔަތާ އުޅޭމީހުންގެ ވަނަވަރު އެއްކުރުން. މަގޭ ފުލެޓް އަށް ނައަންނާތި. އެއްވެސްމައުލޫމާތެއް ނުލިބޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454