ހިޔާ ފްލެޓް ޓަވަރުތައް: މިއަހަރުގެ ރޯދަ މަހު ވެސް ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހަދަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
01 މާޗް 2023 - 18:06
މިއަހަރުގެ ރޯދަ މަހު ވެސް ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައިވަނީ ވަގުތީ މާރުކޭޓްގެ 18 ގޮޅިއެއް ދޫކުރާއިރު އޭގެ ތެރެއިން ނުވަ ގޮޅިއެއް ހާއްސަ ކުރާނީ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ ހުރި ގޮޅިތަކަށް ކުރިމަތިލާން އާންމުކޮށް އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެގޮތަށް ހަމަޖެއްސީ ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި ރޯދަ މަހާ ދިމާކޮށް ހުޅުމާލޭގެ ދެ ވަނަ ފޭސްގައި ވަގުތީ މާރުކޭޓެއް ހެދުމަށް ސިޓީ ކައުންސިލަށް ވެސް އެ ކުންފުނިން މިހާރު ވަނީ ބިމެއް ދޫކޮށްފަ އެވެ. އަދި ވިނަރެސް ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތަކުގައި ވެސް އެސްޓީއޯގެ ހިދުމަތްތައް ދިނުމަށް އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީ އަހަރުތަކުގައި ވެސް ހުޅުމާލޭގައި ރޯދަ މަހާ ދިމާކޮށް އެޗްޑީސީން ވަގުތީ މާރުކޭޓްތައް ހަދަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
02 March 2023
ސްކޫލެއް އެޅިޔަސް މިސްކިތެއް ހެދިޔަސް މާރުކޭޓެއް ހެދިޔަސް ތިތާ މި ސަރުކާރުން ހަދާނީ ވަގުތީ ތަންތަން. މިއީ ކަމެއް ވާނެ ބައެއް ނޫން.
މިހިތުގެ މަސަލަސްކަން
01 March 2023
މާރުކޭޓު އެކަނި ހެދީމަ ތަކެތި ގަންނަން ފައިސާ ނަގަންދާން ޖެހެނީ ފިޔަވަހި 1 އަށް އެހެންވީމަ މިވީ ކޯއްޗަކަށްތޯ މާރެކެޓު ހެދޭ ފައިސާނަގަން މުޅި ސަހަރުގަ އޭތީއެމެއް ބަހައްޓާލާނެ ހިތްވަރު ނެތް
އެމްސް
01 March 2023
ބިދޭސީންގެ ވަގު ވިޔަފާރިތަކަށް ހުޅުވޭ ދޮރެއް، ޤައުމުން ޑޮލަރު ބޭރުކުރަން ދެވޭ ފުރުސަތެއް! ފޭސް 1 ވެސް ކޮންޓްރޯލް އެކުރަނީ މުޅިންވެސް ބޮންދުން!