ޓޫރިސްޓުންތަކެއް މާލޭގެ މަގުމަތީގައި. މިއަހަރުގެ މިހާތަނަށް 350،000 ވަނީ ރާއްޖެ އައިސްފައި-- ފައިލް ފޮޓޯ: މިހާރު
03 މާޗް 2023 - 15:25
މި އަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 350،000 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސަބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 25 ޕަސެންޓު އިތުރުވެފަ އެވެ.
ވޭތުވެދިޔަ ދެ މަހު އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖެއަށް ވަނީ 177،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ 149،000 ޓޫރިސްޓުންނެވެ. އަދި އެއަހަރުގެ ފުރަތަމަ ދެ މަހު ރާއްޖެއަށް އައީ 280،000 ޓޫރިސްޓުންނެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުން އެހާ ބޮޑަށް އިތުރުވެފައިވަނީ ރަޝިއާ އާއި ޗައިނާ ފަދަ ގައުމުތަކުން އަނެއްކާ ވެސް ޓޫރިސްޓުން އަންނަން ފެށުމުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިެނެވެ. އެގައުމުން ވަނީ 44،000 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެގައުމުން 38،000 ޓޫރިސްޓުން އައި އިރު ތިން ވަނަ އަށް އެންމެ ޓޫރިސްޓުން އިނގިރޭސިވިލާތުން 32،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ތެރޭގައި އިތުރަށް ހިމެނެނީ އިޓަލީ އާއި ފްރާންސް އާއި ޖަރުމަނާއި އެމެރިކާ އާއި ޕޮލެންޑް އާއި ސްވިޒަލޭންޑެވެ.
ވޭތުވެދިޔަ ދެ މަހު ވެސް ދުވާލަކު އެވްރެޖުކޮށް ރާއްޖެއަށް 6،000 ޓޫރިސްޓުން އާދެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
06 March 2023
ޗައިނާ ޓޫރިސްޓުން އަންނަ ވަރު ގިނަ ކުރުމަށް މަސައްކަތް ކުރާން އެބަ ޖެހޭ..
އަފްރާސިޔާބު
04 March 2023
މިމީހުން ލަދެއްނުގަނޭތަ އަޅެ މިކަހަލަ ޚަބަރު ނޫހަށް ދޭން. ޓޫރިސްޓުން އެނބުރި ގައުމަށްދާން ރިސޯޓުން އައިސް 4 ގަޑި 5ގަޑިއިރުވާންދެން އެލްމިނިއަމް ގޮނޑިއެއްގައި އިނދެފައި ބައިގަޑިއެއްހާއިރު ކިއުޖެހިން ޑިޕާރޗަރ ހޯލަށް ވަންނަންޖެހޭއިރު އެމީހުން އުފުލާ ތަކްލީފަށްވެސް ބެލުމެއްނެތް. އެހެން ގައުމުތަކުގައި ގޮނޑިތަކުގައި އެހާ ގިނައިރު ނަގަނީ ކަނެކްޓިން ފްލައިޓަށް ބަދަލުވާންޖެހޭ ހާލަތުގައި.
ކޮރަލް
03 March 2023
ޓޫރިސްޓުން ގެނައި ޑޮލަރު ތައް ހުރީ ބީއެމްއެލް ކައިރީ އުޅޭ ބިދޭސީން އަތުގަ އެވެ. އެމީހުން ވަރުގަދަ ނެޓް ވޯކް އެއް ހަދައިފި އެވެ. ބޭންކް އަށް ވަދެ ޑޮލަރު ކޮޅު ނަގާ އަނެއް މީހާ އާ ހަވާލުކޮށްލާނެ އެވެ. ބޭންކް ގެ ކެމެރާ ތަކުން ކުރާ ހުރިހާ ކަމެއް ފެންނާނެ އެވެ. އަޅައެއް ނުލަ އެވެ. ދިވެއްސެއްގެ އެކައުންޓް އަށް 1 ލައްކަ ރުފިޔާ ވަނަސް އީމެއިލް ފޮނުވާ ޖަވާނު ލަސްވެއްޖެނަމަ ހުރިހާ އެކައުންޓް އެއް ބްލޮކް ކޮށްލާނެ އެވެ.
ބޮޑުމީހާ
03 March 2023
ފުރަތަމަ ދެމަހު މިދަނީ ޖީއެސްޓީ ބޮޑުކުރި ރޭޓްގަ ދައްކަމުން، ކާބޯތަކެތީގެ އަގު 7 އިންސައްތަ އުުފުލިއްޖެ، އެހެނިހެން ހިދުމަތްތަކުގެ އަގު ބޮޑުވެއްޖެ، ވެރިން އުޅެނީ ކޯލިޝަން ހެދުމުގަ
ސަސ
03 March 2023
2 މިލިއަން ޓޫރިސްޓުން މިތަނަށް އަޔަސް ޑޮލަރ ގަންނަން ލިބެނީ 17 ރުފިޔާއަށް. ދިވެހި ރުފިޔާއިން ކަންނޭންގެ މިހާރު އެވެރިންވެސް މުއާމަލާތްކުރަނީ
އެމްސް
04 March 2023
ޑޮލަރު ލިބޭ އެންމެންހެން ޑޮލަރު މާރު ކުރަނީ ބްލެކްމާކެޓަށް ކަމުން، ބްލެކްމާކެޓްގަ ހުރި އަގަކަށް ބޭނުންވަރަކަށް އަބަދުވެސް ޑޮލަރު ގަންނަން ލިބޭނެ!
އެމްސް
03 March 2023
ޓްއަރިޒަމްގެ ގިނަ ވަޒީގާތަކުގަ މަސައްކަތް ކުރަނީ ބިދޭސީން! ގިނަ ރިސޯޓްތަކަކީވެސް ބިދޭސީ އިންވެސްޓްމެންޓްތައް! އެހެންކަމުން ކިތަންމެ ގިނަބަޔަކު އަޔަސް މިޤައުމަށް ފަތުރުވެރިކަމުންވެސް ވަންނާނީ ވަރަށް ކުޑަ މިންވަރެއް!
އަބުދުބެއްޔާ
04 March 2023
ޓުއަރިޒަމް އެކަނިތަ؟ މުޅި ރާއްޖޭގަ ހުރިހާ ދިމާލެއްގަ މަސައްކަތުގަ ތިބީ ދިވެހީން، އެއީ އެމަސައްކަތްކުރާނެ ދިވެހީން ނުލިބޭތީ، ދިވެހި ޒުވާނުން ބޭނުމެއްނުވޭ ހަލާލުގަ ގޮތުގަ ވަޒީފާ އަދާކޮށްގެން ފައިސާ ހޯދާކަށް، ބޭރުމީހުނާ ނުލާ މިއަދު މިގައުމު ވާނީ ބަނގުރޫޓް.
ސީޒަން ޖެކުހަން
03 March 2023
ޓޫރިސްޓުން ބޯކޮށް އޮހެނީ. އެހެނަސް ޑޮލަރެއް ނޯހޭ. ދެން އަދި ކުރިޕްޓޯ ގެނައްސިއްޔާ ކިހާވަރެއް އަދި ކޮށްލާނެ.
އެމްސް
03 March 2023
ޓްއަރިޒަމްގަވެސް %90 ވަޒީފާތައް އޮތީ ބިދޭސީންނަށް! ގިނަ ރިސޯޓްތައް އޯންކުރަނީވެސް ބިދޭސީ ކުންފުނިތައް! އެހެންކަމުން ޓްއަރިޒަމް އިންވެސް ރާއްޖެއަށް ވަންނާނީ ވަރަށް މަދު ޑޮލަރުކޮޅެއް!
ދެރަދުން
03 March 2023
ޔާމީނުގެ ވެރިކަމުގައި އެޅި ރަންވޭގެ ސަބަބުން ވައިގެތެރޭގައި އެތައް ގަޑިއިރަކު އެބުރެން ޖެހުނު އެއަރޓްރެފިކް މައްސަލަ ވަނި ހައްލުވެފައި . މިކަމުގެ ކްރެޑިޓްހައްގީ ޔާމީނަށް ނަޝީދުވެރިކަމުގައި ތައާރަފްކުރި ލޯކަލް ޓޫރިޒަމް ގެސްޓް ހައުސް ސިޔާސަތު އަދި ސީއެސްއާރުގެ ދަށުން ދޫކުރި ފަޅުރަށްތަކުގައި ރިސޯޓު ހުޅުވާ އެނދު އިތުރުވުމުން ރާއްޖެއަންނަ ފަތުވެރިން ބޮޑުތަނުން އިތުރުވި މިކަމުގެ ކްރެޑިޓް އޮތީ ނަޝީދަށް.
ބޯގޯ
03 March 2023
ޔާމީނު ކޮރްސްރޯޑްސް ހަދާފައޮތީ ވަރައް ތާކުންތާކު ނުޖެހޭގޮތައް.
އޯގޯ
04 March 2023
ނަޝީދުގެ ގެސްޓްހައުސް ސިޔާސަތަކީ މުޅި ގައުމުގެ އިޖްތިމާއީ އަދި ފަހުން ދީނީ ކަންކަމުގެވެސް ހަލާކު.