ޕީޖީ ޝަމީމް: ޕީޖީ އޮފީހުގެ މުވައްޒަފުން މި ރޯދަ މަހު އޮފީހަށް ނިކުންނާނީ ހަފުތާއަކު ހަތަރު ދުވަހު --- ފޮޓޯ/މިހާރު
05 މާޗް 2023 - 19:02
މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގެ ރަސްމީ އެއް ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޖީ އޮފީހުން ހަމަޖައްސާފައިވަނީ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގެ އާދިއްތަ ނުވަތަ ބުރާސްފަތި ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށެވެ. އެހެންވެ، ރޯދަ މަހު މުވައްޒަފުން އޮފީހަށް ނިކުމެގެން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު އެވެ.
ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭ ގޮތަށް ހަމަޖެއްސީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެގޮތުން ކޮންމެހެން އޮފީހަށް ނިކުންނަންޖެހޭ ފަދަ ކަންކަމުގައި އެފަދަ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޮފީހަށް ނިކުންނަ ދުވަސްތަކުގައި ގަޑި ޖެހޭ ނުވަތަ ސަލާމް ބުނާ މުވައްޒަފުންނަށް ޖެހިގެން އަންނަ ހަފުތާގައި ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭނެ އެވެ. އަދި މަސައްކަތުގެ ފެންވަރު ދަށްވާ ޔުނިޓްތަކުގެ އެންމެން އޮފީހަށް ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަސްތަކުގައި މަސައްކަތުގެ ފެންވަރު ގާތުން ބަލާނެ އެވެ.
ރޯދަ މަހުގެ ރަސްމީ މަސައްކަތު ވަގުތު އަބަދުވެސް އޮންނަނީ ކުޑަކޮށްފަ އެވެ. އެހެން ނަމަވެސް މިއީ ރޯދަ މަހުގެ ވަކި ދުވަސްތަކެއްގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިޔޮއް
07 March 2023
މީ ދެން ވަކި ސަރުކާރެއްބާ؟ ނޫނީދައުލަތެއްބާ؟ ބަލަ ތިޒާތުގެ ކަންކަމަކީ ސަރުކާރުން ގެންގުޅުއްވާ އެފަދަ ވިސްނުމެއްގެ ތެރެއިން ނިންމާ ނިންމުމެއްގެ ތެރެއިން ކުރެވޭ ކަންކަން. މާލޭ ސިޓީ ކައުންސިލާ ޕީޖީ އޮފީހާ ސަރުކާރުގެ ކޮންމެސް ކުންފުންޏަކކުން މާދަމާ އަކީ ރަސްމީ ބަންދުދުވަހެކޭ ދިދަ ހުންނަންވާނީ ބައިދަޑީގަޔޭ ބުނީމަ އެކަން އެގޮތަށް ވޭތަ؟ ބަލަ މި ގައުމުގަ ރައީސުލްޖުމްހޫިރިއްޔާއެއް އިންތިހާބުކޮށްފަ އެހުރީ ކަމަކުއޭ. ކުކުޅަށްވުރެ ބިސްދޮށިވެގެން ނޫޅޭބަލަ!
ޖާބިރު
07 March 2023
ގޭގަ މަސައްކަތް ކުރާ ދުވަސް އެއީ އެކި ފަރާތްތަކުން ރިސްވަތު ހިއްޕެވުމަށް ޙާއްސަ ކުރެވިފައިވާ ދުވަސް!
ރޯދަބޮޑު
06 March 2023
މުޅި ރޯދަމަސް އެކީ ބަންދުކުރަންވީނު ތިހާ ބުރަވަންޔާ. ރޯދައަށް ތިބުމަކީ އެހާ ބައިވަރު ލުއިގޮތް ހަމަޖައްސަންޖެހޭ ކަމެއްތަ؟ ރޯދަމަހަށް ގަޑި ކުރުކުރީމަވެސް އެމަހު ހުރިހާ ތަނަކުން ކުރާ މަސައްކަތް އެހާ ބޮޑުތަނުން އެބަ ދަށަށްދޭ.
ވަހީދުބާއީ
06 March 2023
ރޯދަމަހު މަސައްކަތް ކުރަން ރަނގަޅީ ހެނދުނު 12-10 އަށް. އެހިސާބުން ވައްސަލާމު އަލައިކުމް
ފަތިސް
06 March 2023
ފަތިހޭ މެން ބޭނުންގޮތަކަށް ބައެއް ކަންކަން ކުރާއިރު ގާނޫނީގޮތުން ހަވާލުކުރެވިފައިވާ ޒިންމާ އަދާނުކޮށް މުޅިންހެން ޗަރުކޭހުގަ އުޅެވެނީ ކީއްވެބާ؟
ގަދަ ގޮލަޔެއް.
06 March 2023
ތިޔައީ ރަނގަޅު ނަމޫނާއެއް. ސިވިލް ސަރވިސްއިން އެބަޖެހޭ މިކަހަލަ ކަންކަން ދަސްކުރަން. ހަފުތާއަކު އެއްދުވަހު ގެއިން މަސައްކަތްކުރެވޭ ގޮތަށް ހަދާދިނުން ރަނގަޅު. މުވައްޒަފުން ގިނައިއްޔާ ބަހާލައިގެން މި އިންތިޒާމުކުރެވިދާނެ. މިހާރު އާއިލާތަކުގެ ގުޅުން ވަރަށް ކުޑަ. ގޭގައި ތިބޭ މީހުނަށްވުރެ އޮފީހުގައި އުޅޭ މީހުން ގާތް. ރޯދަ މަހަކީ އާއިލީ ގުޅުންވެސް ބަދަހިވާންޖެހޭ މަހެއް. މަގޭ ނަޒަރުގަ މިއީ ބަރާބަރު ނިންމުމެއް. އެނޫނަސް ތިޔައީ ޕީޖީގެ މުވައްޒަފުންވިއްޔަ.
ހުސްހޮޅި
06 March 2023
ގޭގައި ތިބެގެން މަސައްކަތްކުރުވަނީއޭ ކިޔާފަ އިތުރަށް މުވަައްޒަފުންނަށް ކުރަނީ ތުރާ. ތިޔަ ޕީޖީ އޮފީހުގެވެސް ގިނަ މުވައްޒަފުން ބޭނުންވަނީ ތިޔަ ތުރާލުގައި ޖެހުމަށްވުރެ އޮފީހަށް ނިކުމެ މަސައްކަތްކުރަން. އެހެން ނޫނަސް، ރޯދަ މަހަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓާލާ ގޭގައި ތިބެންޖެހޭ މަހެއްތަ؟
ޔޫރަޕް
06 March 2023
ޔޫރަޕްގައި ރޯދަމަސް ނައި ކަމުގައިވިއަސް 4 ދުވަހު މަސައްކަތް ކުރާގޮތަށް އެބަ ބަދަލު ކުރޭ. ގޫގުލްގައި 4 ޑޭ ވޯކް ވީކް ޔޫރަޕް ކިޔާ ޖަހާލުމުން އިގޭނެ. އެއީ ވަރަށް ރަގަޅުކަމެއް ކަމަށްވެސް ދިރާސާތަކުން ދައްކާ. ރާއްޖޭގައި ވެސް ފަށަން ރަގަޅުކަމެއް. ކޮންމެހެން ރޯދަމަސް ވެގެން ނޫން. #ފޯޑޭވޯކްވީކް
ާމާކުންބޭ
06 March 2023
ވަކިވަކި މުއްސަސާތަކުން މިފަދަ ނިންމުން އައިސްގެން ނުވާނެ، މިނިވަން މުއައްސަސާތަކަށްވެސް އޮންނަންޖެހޭނީ އެއްހަމައެއްގެ މަތިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން. މަބޮޑޭވެފަ މިފަދަ ނިންމުން ނިންމުމަކީ ދެރަކަމެއް، މިފަދަ ނިންމުން އަންނަންޖެހޭނީ ސްޓޭޓް ލެވެލް ގައި ސްޓޭޓްގެ އެގްޒެކެޓިވް ޕަވަރގެ ނިންމުމެއްގެ ތެރެއިން،
އަދުހަމް
06 March 2023
ގޯހެއްނޫން. ސްލޯ ސަރުކާރެއް ސްލޯ ދައުލަތެއް. އެއީތަ ސިއާރަކީ؟
ސަރުކާރު..... ޙހހހ
06 March 2023
ސަރުކާރަކީ ބޭނުން ހާ ގޮތަކަށް މޮޑޭ ފުއްގަޑެއްތޯ. މަޖުލީހުގެ ރައީސް ޒިންމާ ކުރެވޭނީ ކޮން ދުވަހަކުން ތޯ.