ދުނިޔެ / ޕާކިސްތާން

އާއިލާ އިން ނުރުހޭ މީހަކާ ކައިވެނި ކުރުމުން ދަރިފުޅު އަންދާލައިފި

މިދިޔަ ހަފުތާގައި ކައިވެނި ކުރި ޒީނާތު ރަފީގުގެ ކައިވެނީގެ ސެޓްފިކެޓް: އޭނާ މަރާލުމުގެ ފަހަތުގައި ހުރީ މަންމަ ކަމަށް ފުލުހުން ބުނޭ. --ފޮޓޯ:ބީބީސީ

ލާހޯރު (ޖޫން 9) - އާއިލާ އިން ނުރުހޭ މީހަކާ ކައިވެނިކުރި އަންހެން ދަރިއެއްގެ ގައިގައި އަލިފާން ރޯކޮށްލި ޕާކިސްތާނުގެ މަންމައަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އިރުމަތީގެ ސިޓީ ލާހޯރުގައި ހިންގި މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ޒީނާތު ރަފީގު ނަމަކަށް ކިޔާ ކުއްޖާ ގަޔަށް ތެޔޮ އެޅުމަށް ފަހު އޭނާ ގައިގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. މި ކަމުގައި އެންމެ އިސްކޮށް ހުރީ އޭނާގެ މަންމަ ޕަރްވީނެވެ.

އުމުރުން 18 އަހަރުގެ ޒީނާތު މަރާލުމުގެ ކުރިން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަލިފާން ރޯކޮށްލުމުގެ ކުރިން އޭނާގެ ފުރާނަ ހުރިތޯ ޔަގީން ކުރާނީ ޕޯސްޓް މޯޓަލް ހަދައިގެން ކަމަށް ފުލުހުން ބުންޏެވެ.

ޒީނަތު މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ބޭބެއަކު ހޯދަމުންދާ ކަމަށް ފުލުހުންގެ ސްޕްރިންޓެންޑެންޓް އިބާދަތު ނިސާރު ވިދާޅުވި އެވެ. އޭނާގެ މަންމަ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. ފުލުހުން ބުނީ އުމުރުން 50 އަހަރުގެ އަންހެެނަކު އެކަނި، އެހެން ބައެއްގެ އެހީތެރިކަމެއް ނެތި އަންހެން ކުއްޖާ ގަޔަށް ތެޔޮ އަޅާ ރޯކޮށްލެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ޕާކިސްތާނުގެ އަންހެނުން އަޑު އުފުލަނީ. --ފޮޓޯ:ބީބީސީ

ޒީނަތާއި އޭނާގެ ފިރިމީހާ ހަސަން ޚާން ކައިވެނިކޮށްފައި ވަނީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މިއީ ޕާކިސްތާނުގައި އެއް މަސް ދުވަސް ތެރޭ ހިންގި މި ބާވަތުގެ ތިން ވަނަ ހާދިސާ އެވެ. ގިނައިން އަންހެން ކުދިންނަށް ހަމަލާ ދެނީ ކައިވެނީގެ މައްސަލަތަކުގަ އެވެ. މިދިޔަ ހަފުތާގައި ވަނީ ސްކޫލް ޓީޗަރެއް ކަމަށްވާ މާރިއާ ސަދަގާތު ކިޔާ އަންހެން ކުއްޖެއްގެ ގައިގައި ރޯކޮށް މަރާލައިފަ އެވެ. އިސްލާމް އާބާދާ ކައިރީގައި އޮންނަ މުއްރީ އަވަށުގައި މި ހާދިސާ ހިންގާފައި ވަނީ މާރިއާ ކިޔަވައިދޭ ސްކޫލުގެ ވެރިމީހާގެ ދަރިއަކާ އޭނާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ. އެ އަންހެން ކުއްޖާ މަރާލުމުގައި އިސްކޮށް ހުރީ ސްކޫލުގެ ވެރި މީހާ އެވެ.

ކައިވެންޏަށް ދެކޮޅު ހެދި ޒުވާން ޓީޗަރު މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވެނީ އެ ކުއްޖާ މަަސައްކަތް ކުރި ސްކޫލުގެ ވެރިމީހާ.

މީގެ މަހެއްހާ ދުވަސްކުރިން ވަނީ އަބޮތުއާބާދުގައި ކައިވެނި ކުރަން ފިލައިގެން ދިޔަ އަންހެން ކުއްޖަކު ގައިގައި ރޯކޮށް މަރާލާފައި ކަމަށް ފުލުހުން ބުންޏެވެ.

ޕާކިސްތާނުގައި އާއިލާގެ މީހާގެ އަނިޔާތަކުގައި އަހަރަކު 1،100 އަންހެނުން މަރުވާ ކަމަށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަން އިން ބުނެ އެވެ. ގިނަ މައްސަލަތައް ރިޕޯޓް ނުކުރާ ކަމަށް ވެސް ވެ އެވެ. އާއިލާ އިން ބޭރުން އަންހެން ކުދިންނަށް އަނިޔާ ދިނުމަކީ ވެސް ޕާކިސްތާނުގައި އާއްމު ކަމެކެވެ. ޕަންޖާބު ޕްރޮވިންސް އިން ފެބްރުއަރީ މަހު ވަނީ އަންހެނުންނަށް އަނިޔާ ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގާނޫނެއް ފާސްކޮށްފަ އެވެ. އެކަމަކު މި ގާނޫނު އުވާ ނުލައިފި ނަމަ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އިސްލާމީ ޕާޓީތަކުން ބުނެފައިވެ އެވެ.

3 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 65%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮޔަކަންތަކާ ވިސްނަކުއްޖާ

12 June 2016

ޕާކިސްތާނުގެ ތިޔަ މީހުން އަންދާ ޖީލު އެއްކޮށް އެއްތާކަށް އެއްވެފަ އެންމެން އެންމެނަށް އަލިފާން ރޯކޮށްގެން އަނދާ ހުލިވާން ވެއްޖެއެއްނޫންތަ!!!!

The name is already taken The name is available. Register?

ގައުމު

10 June 2016

މި ގައުމު ވެސް މިކަހަލަ މިސްރާބަކަށް ދާހެން އެބަ ހީވޭ. މި ހަބަރު ފެނިފަ އުފާވާ މީހުން ތިބޭ ކަމީ މީގެ ހެއްކެއް.

The name is already taken The name is available. Register?

އަލްމުދިޝް

09 June 2016

ފޭރާމާއި ޓެކޮނޮލަޖީގެ ވަބާއިން އިންސާނިއްޔަތަށް ނޭދެވޭ އަސަރު ކުރުވާ ޒަމާން މިއޮތީ ޖެހިފައެވެ. ހިތްތަކުގައި ނަފްރަތާއި ނުބައި ވަހުމް ދަރިންގެ މައްޗައް އުފުދެން މެދުވެރި ކުރުވާ ސަބަބެއް ވިސްނާ ބަޔަކަށް އެނގޭ ހިސާބުގައި ހުރި އެއްވެސް އިންސާނެއް ނެތެވެ. ހަގީގަތަކީ އެމީ ހަކަށް އެކަށީގެން ނުވާ ދަރަޖައިން ދީނުގެ ނަމުގައި ފޭރާމުން ވާ ޒީނަތްރެރި ކަމުގެ ނުރަނގަޅު އަސަރު ގިނަބަޔަކަށް ކުރާސަބަބެވެ. ދުނިޔޭގެ ކަންކޮޅު ތަކުގައި މިފަދަ އެތަކެއް ހާސްކަންކަން އަބަދުވެސް ހިނގައެވެ. ރަޙުމާއި ލޯބިނެތި ކޮށްލަނީ ކޮންބަޔެއް ހެއްޔެވެ. ކައިވެންޔަކަށް ލޯބިން އިންނަ އަނބިން ގެ ކިބައިން އަހާކަށް ނުޖެހެއެވެ. ހިތްކުދި ކުދިވާ ބަޔަކު ގިނަވާސަބަބު ގައިމެވެ. ބުއްދި ނެތިދާ ހިނދުކޮޅު ގިނަވެއެވެ. މިންގަނޑު ފަހަނަ އަޅާދާ މިންވަރުން ގޮސް އޮބައިލާ ހިސާބަށް ގޮސްފިއެވެ. މިފަދައިން ދުނިޔޭގައި ތިބޭތީ ވެސްވިހަންޖެހެއެވެ. ވަކި އަމާޒެއްނެތެވެ. ނަތީޖާ ވަރައްގޯހެވެ. ފަހުން ހިތަށް ގެނޭވޭ ޝުޢޫރުން މިފަދަ މައިންގެ ހިތްކުދިކުދި ވާނޭކަން ޔަގީންކޮށްލާށެވެ. ދަރީންނާ މެދު ވިސްނަންވީ އެމީހުންގެ އިޙްތިޔާރަކަށްވެސް ނޫނެވެ. ބަލަންވީ ދީންވެރި އަޚުލާގަށެވެ. މީ ދުރާލާ މައިންބަފައިން ވިސްނަން ޖެހޭނެ ކަމަކަށް ހަދާށެެެެެެެެެެެެެެެެެެެެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454