ރައީސް ޔާމީން މިދިޔަ ޑިސެމްބަރުމަހު ގއ. ގެމަނަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ބައެއް މީހުންނާ ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
19 ޖެނުއަރީ 2017 - 22:49
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް މިހާރުގެ ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ އެއްބާރުލުން އެ ކޮމިޝަނަށް ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޭސީސީގެ ތަހުގީގުތަކަށް އެއްބާރުލުން ދިން ކަމަށް ބުނަން ކުރީގެ ސަރުކާރުތަކަށް ނުކެރޭނެ ކަމަށެވެ.
"ކިތަންމެ މައްސަލައެއް ހުންނާނެ ރައީސް އޮފީހާ ހަމައިން މައުލޫމާތު ނުދެވިފައި ހުރި. އަޅުގަނޑު ރައީސް އޮފީހާ ހަވާލުވެފައި ދީފައި އޮންނަ ސްޓޭންޑިން އިންސްޓްރަކްޝަނަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއްވެސް މައްސަލައެއްގައި އެއްވެސް މައުލޫމާތަކަށް އެދިއްޖެ ކަމަށް ވަންޏާ ރައީސާ ހަމައަށް މައްސަލަ އައިސްގެން ވެސް ނުވާނެެއޭ. އެ މައުލޫމާތަކީ އޮޓަމެޓިކުން [އޭސީސީ އަށް] ލިބެން ވާނެ މައުލޫމާތެއް. އެހެންވީމާ އެއީ ތަފާތަކީ،" ކޮރަޕްޝަން ހުއްޓުވުމުގައި މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުގެ ތަފާތު އަންގަވައި ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ކޮރަޕްޝަނަށް ޖާގަ އެބައޮތެވެ. އެކަމަކު ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި އެކަން ވެސް އޮންނާނެ އެވެ.
"އެކަމަކު އެއްގޮތަކަށް ވެސް މިކަން [ކޮރަޕްޝަންގެ އަމަލުތައް] ޖަސްޓިފައި ކުރަނީކީ ވެސް ނޫން. އެކަމަކު އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް ދިވެހި ރައްޔިތުންގެ ތެރޭގައި ވެސް ހުންނާނެއޭ މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެއްފަހަރާ އެތައް ބަނދަރެއް މިހާރު ހަދަން ޖެހޭތީ، މުދަލުގެ އަގު އުފުލި ބަނދަރުތައް ހެދުމުގެ އަގު ވެސް ވަނީ އުފުލިފައި ކަމަށެވެ. އޭގެ ނަތީޖާ އަކީ މިއަދު ބަނދަރެއް ހެދުމަށް 35-40 މިލިއަނާ ހަމައަށް ހަރަދު ކުރަން ޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމައެކަނި އެމްޕީއެލް އަށް [އަންނަ] ކޮންޓެއިނަރުގެ މުދަލުގެ އަދަދަށް ބަލާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖެ އަށް މިވަގުތު މަސައްކަތްތައް އިތުރުވަމުންދާ މިންވަރު. އެއީ އެއްގޮތަކަށް ވެސް އޭގެ ތެރޭގައި ކޮރަޕްޝަން އުޅޭތީއެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިރޭ ވެސް ވިދާޅުވީ އެވްރެޖްކޮށް އެއް މަޝްރޫއަށް ވުރެ ގިނަ މަޝްރޫއެއް ނުހިނގާ ރަށެއް ރާއްޖޭގައި މިހާރު ނެތް ކަމަށެވެ. އެކަމަކު ވަރަށް ދުރުގައި، އެކަހެރިކޮށް އޮތް ރަށެއްގައި އެންމެ މަޝްރޫއެއް ވެސް ހިނގާފާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އެއަށް ވުރެން އާބާދީ ބޮޑު، ބޮޑެތި ރަށްރަށުގައި ތިން ހަތަރު މަޝްރޫއު އެއްފަހަރާ ހިނގާފާނެ. މިސާލަކަށް ށ. އަތޮޅު ނޫމަރާގައި އެއް މަޝްރޫއު ކަންނޭނގޭ ހިނގާނީ. ގދ. ތިނަދު އަށް އެކަނި ބަލައިލި ކަމުގައި ވިޔަސް ކިތައް މަޝްރޫއުތޯ އެ ހިނގަނީ. އެތައް ބައިވަރު މަޝްރޫއެއް ހިނގަނީ. އެތައް ސަތޭކަ މިލިއަނެއްގެ މަޝްރޫއެއް ހިނގާ. އައްޑުއަތޮޅުގައި ވެސް ހަމަ އެގޮތަށް. އައްޑުއަތޮޅު ހިތަދޫގައި ވެސް އެތައް ބައިވަރު މަސައްކަތެއް އެއްފަހަރާ އެ ހިނގަނީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންފޮކްރެޓް
21 January 2017
ރައީސާ ހަމައަށް ނުގޮސް، އޮޓޮމެޓިކުން މަޢުލޫމާތު އޮންނަންޖެހޭނީ ރައީސް ބޭނުންވާގޮތަށް ބަދަލުވެގެން އޭސީސީއަށް ލިބިފައި. މިގޮތަށް ނުވަންޏާ ރައީސްގެ ބޭނުމަށް ރައީސް އޮފީހުގައި ތިބޭ މީހުން ވަކިވެގެން ދާންޖެހޭނީ. ސިވިލް ސަރުވިސް ނޫންވީމާ ނުހެޖޭހެ ހޭހުރިތޯވެސް އަހާލާކަށް
ފެންވަރު
21 January 2017
ހުރަހެއް ނާޅާ. މަސައްކަތުގެ ސްޕީޑް ރަނގަޅުކުރުމަާށް މެމްބަރުންނަށް ލަގްޒަރީ ފްލެޓާ އެވޯޑްތައް ދެނީ. ހުރަހެއް ނާޅާ. ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ވެރިން ތަޙުޤީޤަށް ނުގެނެވޭ. ހުރަހެއް ނާޅާ. ވަކި ލިޔުންތަކެއް ނޫނީ ދުލެއް ނުކުރޭ. ހުރަހެއް ނާޅާ. މަޤާމުގެ ބިރަށް ގުޑިލަން ނުކެރިފަ. ނަމަވެސް ދަންނަވަންތޯ. ހުރަހެއް ނާޅާ.
ވާފިރު
21 January 2017
ތިޔަ ރިޕޯޓް ނެރެވޭނީ މިނިވަންކަން އިތުރުކުރުމަށް އިތުރު 1 ފްލެޓް ދީނީމާ އެހެންނޫނަސް އަވަސްކޮށްލަން ބަޔަކާ ހަވާލުކޮށްލާ ކޮރަޕްޝަނަކަށް ނުވާނެ ތިޔަ އޭސީސީއަކީ މިހާރު މިސަރުކާރުގެ ފީކުދާން ރައްޔިތުންގެ އިތުބާރެއްނެތް ކިތަންމެ ރިޕޯޓެއް ނެރުނަސް ބަލާނެމީހަކު މިހާރަކުނެތް
މާތާ ޚަރާބް
21 January 2017
"ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި އެކަން ވެސް އޮންނާނެ އެވެ." ވައްކަން ކުރުމާ ފޭރުމާ މީހުން މެރުމާ މަސްތުވާތަކެތި ބޭނުންކުރުންވެސް ހަމަ ހިއުމަން ނޭޗާ ދެއްތޮ؟
އަލްޖިބްރާ
21 January 2017
ހުރަހެއް ނާޅާނެ ! އެކަމު ޔާމީން ނުރުހޭ ގޮތަކަށް އެއްވެސް ރިޕޯރޓެއް ނުނެރެވޭނެ ! އެހެންވީމާ ހުރަހެއް ނޭޅުނެއްނު ؟
އަސޭލާ
21 January 2017
އެމް.އެމް.ޕީ.އާރް.ސީ.ގެ ރިޕޯރޓް ނުނެރެވިގެން އުޅެނީ ލުޠްފީގެ މަޤާމު ގެއްލިދާނެތީ.
އަވިހި
20 January 2017
އޭސީސީން ކިތަންމެ ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށްފައި ނެރުނަސް ނިސްބަތްވާ ފަރާތުގެ ގޮތުން ނެރުނު ފަރާތްވެސް ކުއްވެރި ވާގޮތް ވެދާނެ. އަދި އެއަށް އަމަލީ ފިޔަވަޅެއް އަޅާތަން ފެންނަނީ މަދުފަހަރަކު. މިރާއްޖެއަކުން ކޮރަޕްޝަނެއް ނުހުއްޓުވޭނެ.
ގަމާރު
20 January 2017
މިނިވަން "މުއައްސަސާ" ނަމުންވެސް އެބައެނގޭ ނޫންތޯ އެތަންތަނުގެ މިވަންކަން ހުރިމިންވަރު. ޢަދި އެތަނަށް މެންބަރުން ހޮވަނީވެސް ރައީސް ފޮނުވާ ނަންތަކެއް އަދި އޭނަ ތާއީދުކުރާ މެބަރުން، ދެންކިހާ ހުރަސް ނުވާނެ. ދިވެހިންނަކީ ވަރަށް ޤަމާރު ބައެއްވިއްޔަ
ދަގަނޑު ދަހަނާ
20 January 2017
ހުރަހެއް ނާޅުއްވާ ތެދުފުޅެއް. މިހާރު އެބުނާ ތަނަކީ އެންމެ ބާރަށް ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތް. އުމަރާ ރިޕޯޓް އެކަންޏެއްނޫން. އޭސީސީން މިހާރު މުއައްސަސާތަކަށް މުދާގަންނަންވީ ތަންތަން އަންގަނީ.
އުމަރު
20 January 2017
އޭސީސީގެ ތަހްގީގަށް ސަރުކާރުން ހުރަސް ނައަޅާ އެކަމަކު އޭސީސީގެ ރިޕޯޓްތަށް ނެރުމަށް ސަރުކާރުގެ ވެރިން ހުރަސްއަޅާ