ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އައްބާސް ފާއިޒްއާ ބައްދަލުކުރައްވަނީ: ނަޝީދުގެ ޝަރީއަތް ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ރައީސް އޮފީސް
08 މާޗް 2023 - 10:06
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ލަސްވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގެ ޝަރީއަތް ލަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނެތް," އައްބާސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ޝަރީއަތް ލަސްވާތީ އައްބާސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މައްސަލައިގެ ޝަރީއަތް ބަލާ ގާޒީންގެ ބެންޗު އުވާލުމަށް ފަހު، މިހާރު އެ މައްސަލަ ވަނީ ގާޒީ ސޮފްވަތު ހަބީބާ ހަވާލުކޮށްފަ އެވެ. ބެންޗު އުވާލުމުގެ ކުރިން ވެސް އެ ބެންޗަށް ދެ ފަހަރެއްގެ މަތިން ބަދަލު ގެނަ އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލައިގެ މައްސަލައިގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްހާގުގެ އިތުރަށް ތަހުމީން އަހުމަދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމް އަދި ފަހުމީ އަލީގެ ބައެވެ. އެ އެންމެންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު، ފާއިޒް އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެމްނެސްޓީ އިންޓަނޭޝަނަލްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދބެ
09 March 2023
ޔާމީނުގެ 6 އެއްކަ މައްސަލަ ބަލާ ނިންމައިފި. އަދި ގިނަ އެއަރޕޯޓުތައް މަރާމާތުކުރަން ދިގުމުއްދަތަކަށް އަވައްޓެރި ގައުމަކާ ހަވާލު ކުރެވިއްޖެ
ބޮޑުމީހާ
08 March 2023
އަމީނީ މަގު ލަސްވާ ސަބަބު އިގޭތަ! ފްލެޓެއް ނޭޅިގެން މިއުޅެނީ ކީއްވެކަމާއި، ބްރިޖް ނެހެދުމާއި އެއްވެސް ޕްރޮޖެކްޓެއް ނުނިމޭ ސަބަބަކީ މިސަރުކާރު ސްލޯވުން. މިންވަރަށްވުރެ ގިނަ ސިޔާސީ މަގާމު އުފެއްދުން. ޒިންމާ ނަގާނެ އެކަކުވެސް ނެތުން. ރައީސްގެ ލީޑަރޝިޕް ނެތުން.
ބިލްކޯ
08 March 2023
ވަކި ބައެއްގެ މައްސަލަތޯ އަވަހަށް ނިމެންޖެހެނީ؟ ވަކި ބަޔަކަށް އިންސާފު ލިބުނީމަ ނިމުނީތޯ؟ ދެން ކޮބައިތޯ އާއްމުންގެ ތެރެއިން މައްސަލަ ކޯޓަށް ލައިގެން ނުނިމިގެން ދިހަ ބާރަ އަހަރު ހިނގާމީހުންގެ ހައްގު؟ ދެން ބުނޭ އެމީހުންނަށް ވެސް ހައްގު ލިބެންވާނެޔޭ އެކަމަކު މަގޭ ހައްގު ލިބިފަ އޭގެފަހުންނޭ އެހެންމީހަކަށް ލިބެންވާނީ. ކުރިން ހުރި މައްސަލަތައް ނިންމާފަ ފަހުގެ މައްސަލަތައް ބަލަންވާނީ.
އެމްސް
08 March 2023
ސިޔާސީ ނުފޫޒު ނުފޯރާ ނަމަ ތިޔަކަންވެސް މިހާރު ވާނީ، ރަގަނޅަށް ނޫނަސް ނިމިފަ!
ފިޔަވަޅު
08 March 2023
އެ އެންމެން ތިބީ "ވާނުވާ" ޖަހާދީފަ، މިހާރުވެސް ބަންދުކޮށްފަ ދޯ