ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އައްބާސް ފާއިޒުއާ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
06 މެއި 2022 - 16:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގު ހިންގާފައިވަނީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން އައްބާސް މިއަދު ނެރުއްވި ބަޔާނެއްގައިވަނީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފައިސާ ހޭދަކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމަލީ ގޮތުން ބައިވެރިވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެކަމަކު ފަންޑުކުރި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން އެ ބަޔާނުގައި ފާޅުކޮށްފައިވެ އެވެ. ފަންޑުކުރި މީހުން ހޯދުމަކީ ތަހުގީގުގެ މުހިންމު ބައެއް ކަމަށާއި އެކަމަށްޓަކައި ތަހުގީގު އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ފުލުހުންގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ތަފްސީލީ އަދި ފަރުވާތެރި ތަހުގީގެއް ހިންގަންޖެހޭ." އެ ހަމަލާއާ ގުޅޭ ކަންކަން ބެލުމަށް ރައީސް އައްޔަން ކޮށްފައިވާ މަންދޫބު އައްބާސްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެއްބާރުލުން ވެސް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފުލުހުންނަށް ލިބެމުންދެ އެވެ. އަދި ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވޭތޯ ޕީޖީ އޮފީހުން ވަރަށް ރަނގަޅަށް ބަލައި، ކަށަވަރު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެން ނަމަވެސް ޝަރީއަތްތައް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އެ ބަޔާނުގައި ފާޅުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށާއި އެހެންވެ، އެކަންކަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
07 May 2022
ސަރުކާރުން މައްސަލަ ބަލާއިރު އަނެއްކާ ސަރުކާރުން އިތުރު މީހަކު އައްޔަންކުރަނީ ކީއްވެބާ!
ވިސްނާލުންހުރި
06 May 2022
ކޮން ގާނޫނަކުންތޯ ފުލުހުންގެ ޖިނާއީ ތަހުގީގެއް ކުރިއަށްގެންދާ ގޮތް ބަލާ ވަޒަންކުރަން އަދި ޕީޖީ ދައުވާކުރަންވާނެ ގޮތާއިމެދު މަޝްވަރާކުރަން އާންމު ފަރުދަކަށް ފުރުސަތު ލިބިދެވެނީ؟ އަދި ކިއެއްތަ ރާއްޖެެއިން ބޭރު މީހަކު މިކަމަށް އައްޔަނުކޮށް އަނިޔާ ލިބުނު ފަރާތުން ހަދަންވާގޮތް ރާއްޖޭގެ މުއައްސަސާތަކަށް އަމުރުކުރެވެނީ ކޮން ގަވައިދެއްގެ ދަށުންތޯ؟
ދެބޯ ކުޓުވި ނަސީދު
06 May 2022
ހުސް ޖޯކަރުން. ހީހީ ހަލާކު.
އަބުދުލް ޤާދިރު
06 May 2022
ތިމާގެ ތާޢީދެއް ނެތުނީމާ ދެ ބޯ ގެރި ދުއްވާނެ ކަމެއް ނެތް.
ހުސެންް
06 May 2022
ކޯނީގެ ރިޕޯޓުފަވެސް އިސްތިއުފާދިން ރައީސަށް ވެރިކަން އަނބުރާ ދޭންޖެހޭނެކަމަށް ލިޔެފަ އޮތްނަމަ ރަނގަޅުވީސް. މީނަ އެންމެންގެ ކުރިމަތީގަ ލައިވްޓީވީގަ އިސްތިއުފާދިނީ ކީއްވެބާ؟ ގައިމު ލައިވްކުރިގަޑީގަ ބަޑިޖެއްސިޔޭ ބުނިނަމަ އޭރުންމީހުނަށް އެގޭނެދޯ މަޖުބޫރުންކަން އިސްތިއުފާދިނީ. އަމިއްލައަށް ކުރެވޭ ނުކުރެވޭ ކަންތައް ވަކިނުވަންޏާ އެއީ ބޮޑުވަރު. އެދުވަހު އެންޑީޕީގެ ހަރުކަށި މީހުން ވަހީދަށް ނޮގޮވާއެއްޗެއްނެތް. މިއަދު މީހުން ހޭއަރައިފި. އެކުރައުޑެއްނެތް.
އޯކޭދެން
06 May 2022
ފަންޑުކުރި މީހުން ނުހޯދުނަސް ތިޔަ ހަމަލާ ހިންގަން އަމަލީ ގޮތުން ހިނގީ ކިހާ ވަރެއްގެ ޚަރަދެއްބާ؟ އެކަން އަމަލީ ގޮތުން ކުރި ބަޔަކަށް ސީދާ ބޮޑު ލާރިގަނޑެއް ނުދިސް އެފަދަ ކަމެއް ދީނަށްޓަކައި ކޮށްފާނެފަދަ ވިސްނުމުގެ ބަޔަކަށް އެމީހުންވީތީ އެމީހުންނަށް ދިން ލާރިއެއް ދުވަހަކުވެސް ފެންނާނެކަމާމެދު ސުވާލު އުފެދޭ.
ދިއްދޫމީހާ
06 May 2022
ތިޔަ ތަހްޤީގް އެއްމެ ފުރިހަމައަ ކުރެވޭނީ އިމްރާންއަ އޭނާގާތު ބުނެބަލަ ތިޔަކަން ކޮއްލަދޭން، އެއިރުން ދެންއަންނަ މޭޑޭގެ އަރާނެ މިހާރު ނޫހުގާ ލިޔެފަހުރި ރިޕޯޓްތައް ހިފާގެން(ކުރީ ފަހަރުގާ މޭޑޭގަ އަފްރާޝިމް މަރާލީ ޔާމީން ބުނެގެންކަން ދައްކަންވެގެން ހެކިއޭ ކިޔާފަ އުކާލީ އެއިރުގެ ހަވީރު ނޫހުގާ ފަޒީނާމެން ހަމްދޫންމެން ލިޔެފަ ހުރި ރިޕޯޓްތައް)
އާބިދާ
06 May 2022
އާއިލާއިން ބަޔާނެއް، މަޖިލީހުން ބަޔާނެއް، އެމްޑީޕީއިން ބަޔާނެއް، އީވާ ބަޔާނެއް، ސަރުކާރުން ބަޔާނެއް. މިއީ ހަމަ އެއް ބައެއް ނޫންތަ؟ ރަތް ރޮނގު ދަމާފަ ހުރި ގޭގެ ނޫނީ ކެނެރީގޭ ކާ މޭޒު ދޮށުގައި ތިވާހަކަ ދައްކައިގެން ހައްލުކޮށްބަލަ. އާއިލާ ތެރޭގަ ޖެހޭ މައްސަލަތައް ބޭރުތެރޭގައި ދެއްކީމަ ކަމަކު ނުދާނެ. ދުވަސްކޮޅަކުން އީވާއާއި ސޯބެއާ ދެމީހުން ދޭތެރޭގެ ފައިޓްތަކާ ގުޅިގެންވެސް ބަޔާންނެރެން ފަށާފާނެ. ބޯހަލާކު
ދައްޕަޅޭ
06 May 2022
ބަލަ! ޓެރަރިސްޓު ކުދިންކޮޅެއް އެއްބަސްވެއްޖެއެއްނު އެމީހުން ކުރިކަމެކޭ. އެމީހުން ޖިހާދީންނަށްވެގެން ކުރިކަމެއްގަ ފަންޑިންނެއްނެތޭ. ! އަފުރާޝީމުމެންގެ މައްސަލަ ތަފާތޭ.
ދގދސެފ×
06 May 2022
އަފްރާޝީމު މައްސަލަ ތަފާތުވާނެތާ! އެމަނިކުފަަނު ވީ ހަމަލާގާ ޝަހީދު. އެކަމަކު މިމަނިއްޕު ވީ ޒަޚަމް. މިހަަރު ހުންނެވީ ފަސޭހަފުޅުވެ މުޅިން ހެޔޮޙާލުކޮޅުގާ.
ސީޒަން ޖެކުހަން
06 May 2022
އައްބާސް އެބުނާނީ ރަނގަޅަށޭދަނީ. ދެންކީއްވެ ބައެއް ބޭފޫޅުން ހިނިއަރައިގެން އުޅޭފާޑަށް މިއުޅެނީ؟