އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ބޭފުޅުންނާ އެކު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް: އެމްޑީޕީން އެއްވެސް މެމްރަކު ވަކިވާން އެދިވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވި. -- ފޮޓޯ | މިހާރު
12 މާޗް 2023 - 09:44
އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމުގައި އެއްވެސް މެމްބަރަކު ޕާޓީން ވަކިވެގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަކާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދި އެއްބައިވަންތަކަން ވަނީ ގެއްލިފަ އެވެ. ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ ރައީސް ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ފައްޓަވައި ކުރިއަށް އޮތް ރިޔާސީ އިންތިިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ޕާޓީއާ މެދު ހުރި ހިތްހަމަނުޖެހުންތަކުގައި ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ޕާޓީގެ ސީނިއަ ދެ މެމްބަރުން ކަމަށްވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ޕާޓީން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ދެއްކެވީ އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް ޕާޓީން އަމަލު ކުރަމުން ގެންދިއުމެވެ.
(ކ-ވ) އާދަމް ޝަރީފާއި ބޮންޑޭ އަދި އަފީފް
އަފީފާއި ބޮންޑޭ މަޖިލީހުގައި ފާޅުކުރެއްވި ހިތްހަމަނުޖެހުންތަކާ ގުޅިގެން އަސްލަމް "މިހާރު"އަށް ވިދާޅުވީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް އެ ބޭފުޅުން އަލުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީން ވަކިވެ ދިއުމަކީ ބޭނުންވާ ކަމެއް ނޫން. އަދި ވެސް އެ ދެ ބޭފުޅުންނަކީ އެމްޑީޕީގެ މެންބަރުން. އަޅުގަނޑު އުންމީދު ކުރަނީ ޕާޓީގެ އާންމު މެންބަރުންގެ ރޫހާ އެއްގޮތަށް އެ ދެ ބޭފުޅުން ވެސް އަލުން މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަސްލަމް ވިދާޅުވި އެވެ.
އަފީފާއި ބޮންޑޭ ޕާޓީން ވަކި ވާން ބޭނުންވާ ކަމަށް ވާހަކަ ދެއްކެވީ ސަރުކާރު ފަރާތުން ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރައްވަމުން އެކަމާ ހިތްހަމަ ނުޖެހޭކަން ހާމަކުރެއްވުމަށް ފަހު އެވެ.
އަފީފާއި ބޮންޑޭ ވިދާޅުވަނީ އެމްޑީޕީގައި ތިއްބެވުމުގެ ޝައުގެއް ނެތް ކަމަށް! https://t.co/QbHRnpMcAn
— Mihaaru (@Mihaarunews) March 8, 2023
އެމްޑީޕީގެ ޕީޖީން އެ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރޭނެ ކަމަށް އަފީފް ވިދާޅުވި އެވެ. އެ ބިލަށް ވޯޓު ނުދީފި ނަމަ އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށް، މީގެ ކުރިން ވެސް އެމްޑީޕީން ނެރުނު ވިޕްތަކާ ހިލާފުވެގެން އެކި ފިޔަވަޅުތައް އަޅާފައިވާ އަފީފް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލިމެންޓަރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،" މަޖިލީހުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޕާޓީން ވަކި ކުރުމުގެ ފިޔަވަޅަކީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމީޓިން ނިންމާ ނިންމުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދި ޕާޓީން ވަކި ކުރަން އަންގަން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.
އަފީފާއި ބޮންޑޭ އަށް ޕީޕީއެމްގެ ދައުވަތެއް https://t.co/I3HpW4rssG
— Mihaaru (@Mihaarunews) March 8, 2023
އަފީފާއި ބޮންޑޭ ޕާޓީން ވަކިވާން ބޭނުންވާ ކަމަށް ވާހަކަ ދެއްކެވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވަނީ އެ ދެ މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.
"އަވަހަށް ވަޑައިގަންނަވާ. ދެ އެމްޕީންނަކީ ވެސް ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުން. މި ވެރިކަން ބަދަލު ކުރުމަށް އެސެޓަކަށް ވާނެ،" އާދަމް ޝަރީފް ޓްވިޓާގައި ވިދާޅުވެފައި ވެ އެވެ.
އެކަމަކު މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ޕާޓީން ވަކިވުމަށް ފަހު އޭނާ ހުންނަވާނީ އެހެން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގެން ކަމަށެވެ. އެމްޑީޕީގެ ސާފު ތިލަފަތް ފެންނަނީ އޭނާ މަސައްކަތް ކުރައްވާ "ފިކުރުގެ ދިރުމުން" ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ގާތްވެފައި އޮތް އިރު އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުމަކީ އެ ޕާޓީއަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރަން އޮތް ހުރަހެއްގެ ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުން ދެކެ އެވެ. ޕާޓީގެ ރައީސް ގެންދަވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ތާއީދުކުރައްވައި ނުސީދާކޮށް މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ ޕްރައިމަރީގައި އާއްމު މެމްބަރުންގެ ނިންމުން ގަބޫލުނުކުރައްވައި ނަޝީދު ކުރައްވާ މަސައްކަތްޕުޅާ މެދު ޕާޓީގެ މަޖިލިސް ބައެއް މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތަސް ޕާޓީން އެކަމުގައި މިހާތަނަށް އެއްޗެއް ނުބުނެ އެވެ. އެމަނިކުފާނު ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރަން ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
12 March 2023
އެމްޑީޕީގެ އަސާސްތަކަކީ ކޮރަޕްޝަން ނުބެލުމާއި، ސިޔާސީ ބޮޑުންގެ ދަރިންނަށް ލައްކައިން މުސާރަ ދިނުމާއި 1400 ސިޔާސީ މަގާމު އުފެއްދުމާއި، ގައުމު 100 ބިލިއަނުން ދަރުވާލުމާއި، މެޖޯރިޓީއޮވެމެ ޖޭއެސްސީ އިސްލާހުނުކުރުމާއި، ކޮރަޕްޝަން މެކުހަށްޖެހުމާއި، މަސްތުވާތަކެއްޗަށް އިތުުރު ދޮރުތައް ހުޅުވުންކަމަށްވާނަމަ އެންމެންވެސް އިބޫސޯލިހަށް އަދިވެސް ވޯޓްދޭންވީ!
ކުދުބެއްޔާ
12 March 2023
ޕްރައިމަރީއަށް ފަހު ފިކުރެއްގެ ދިރުން ނަމުގައި ވަކި ހަރަކާތެއް ފައްޓަވައި ވަނީ ޕާޓީގެ އަސާސްތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
ކޮ ކީ
12 March 2023
ވަކިވާން އުޅުއްވާ މެމްބަރުން ފުރަތަމަ ބައްދަލު ކުރަން ހަމަޖެހިފައިވާ ބޭފުޅާ މި ވަގު ތު އޮންނެވީ ޖަލު ކޮޅުގައި
ވެލްނޯން ޓްރޫތް އޮފް ހިޕޯކްރެސީ
12 March 2023
ދަންނަންވީ ނަޝީދުގެ އަވާގެ މީހުން އެމްޑީޕީގެ އާންމު މެމްބަރުންގެ ނިންމުމަށް ޕާޓީގެ ކާމިޔާބަކަށް އިޚްލާސްތެރި ތާއީދެއް ކުރާނެ ޕޯމިޔުލާއެއް ދެން ނޯންނާނެ. ސަބަބު ވަރަށް ސާފު: މިހާރު އެމްޑީޕީކެ ކެނޑިޑޭޓް އިލެކްޝަން ވިންކުރުމަކީ ނަޝީދު ފޭނުން ކުރިހާ ޕާޓީއާ އެންޓި މަސައްކަތާއެކު ޓޯޓަކީ ބާކީވުން. ނަޝީދަށް އޮތް ޗޮއިސްއަކީ އެމްޑީޕީއަށް އިންތިޚާބު ނާކާމިޔާބު ކޮށްލުން. އެކަން ކުރެވިއްޖެ ނަމަ ފިސާރި އަޑުގަދަކޮށް ޖައްސާނެ އެއީ ސޯލިހު ހޯދި ނާކާމިޔާބީއެކޭ!!
ރަދީފު ބިން ރަފައިދާ
12 March 2023
އެންމެ މަގަތުގާ ތިހިރަފެންނަމީހާ ބޭރުވެގެން ޕާޓީތެރޭގާ މިހާރު މިހިނގާ އުދާސްގަނޑަށް ފިނިކަމެއް އަންނަނީ.
ކަހެރުވައް
12 March 2023
ކަލޯ އަސްލަމް. އެއްވެސް މެންބަރަކު ޕާޓީން ވަކިވިޔަ ނުދޭތި. ތުރީލައިން ވިޕެއް ނެރެގެންވެސް މެންބަރުން ޕާޓީ ތެރޭގަ ބައިތިއްބާ. ނޫނީ އިބޫއަށް ލިބެން އަންނަ ގެއްލުމުން ސަލާމަތެއް ނުވާނެ.
އަހްމަދ
12 March 2023
މަޒާޖީ ގޮތުން އެބުނަނީ އަވަހަށް ކެޑޭށޭ..
ދުމްމ
12 March 2023
މީގަ މިވާގޮތަކީ ބަރުލަމާނީއަށް މަރުދަން ޖެހެނީވެސް އެމްޑީޕީން. އެމްޑީޕީ ބޭނުންވޭ އަމިއްލަ ޕާޓީގެ އެކަނި ވެރިކަމެއްވެސް. އިބޫ ސޯލިހު ބޭނުންވޭ ކޯލިޝަން ހަދައިގެން ނަމަވެސް އެމްޑީޕީގެ ވެރިކަމެއް އޮންނަން. ދެން މިހެންގޮސް މިކަހަލަ މަސްހުނި ގޮތަކަށް އެމްޑީޕީގެ އައިޑިއޮލޮޖީ މިއޮތީ. ކޮންމެއަކަސް ނަޝީދާއި އިބޫ އެއްގަލަކަށް ނާރާ އެމްޑީޕީ ވެރިކަަމަށް އަންނަން ކުރާ މަސަކަތުން ދެމީދާ ފެހި ބުޅަލަށް ވީވަަރު ވުމަކީ ދުރުކަމެއްނޫން.
ވަހީދުބޭބެ
12 March 2023
އަދުލުއިންސާފުން ބޭރުން ޕްރައިމަރީއަށް ކޮންމެގޮތެއް ހެދިޔަސް އޯކޭދޯ؟
ޓީޖެޓީ
12 March 2023
އަފީފުމެން ބޮންޑޭމެން ތީ ޑިމޮކްރަސީގެ އަލިފް ބާވެސް ނޭނގޭ މީހުން. އެހެން ނޫންނަމަ ޕާޓީގެ މެމްބަރުންގެ ވޯޓް ދީގެން ހޮވާ މީހަކާ ދެކޮޅަށް ނުނިކުންނާނެ. އެމީހުންނަށް ޑިމޮކްރަސީ އަކީ އެމީހުން ހިތް ރުހޭ ގޮތަށް ކަންތައް ވުން. ބޭރުކުރޭ ތި މީހުން. ކޮންފަދަ ބޮޑު.................. ؟
ވަކަފޫޅު
12 March 2023
ވަކިކުރި މެމްބަރުން ލައިގެން ހޮވުނުނަމަ މައްސަލައެއް ނެތީސް.