ރިޕޯޓް

އަހުލާގު ގޯސްވީ އަދަބު ނުދެވިގެންތަ؟

ސްކޫލު ކުދިންތަކެއް ކޮވިޑް ތެރޭގައި ސްކޫލަށް ވަންނަނީ: ބައެއް ދަރިވަރުންގެ އަހުލާގު މާ ބޮޑަށް ގޯސްވަނީ އަދަބު ދެވޭނެ ނިޒާމެއް ނެތިގެން ކަމަށް ގަބޫލު ކުރެވޭ -- ފައިލް ފޮޓޯ: މިހާރު

ސްކޫލުތަކުގައި ބައެއް ދަރިވަރުންގެ އަހުލާގު އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސްކޫލު ތެރޭގައި ވެސް، އަދި ސްކޫލުން ބޭރުގައި ވެސް ބައެއް ދަރިވަރުންގެ ކަންކަން ވަނީ ހަމައިން ނެއްޓިފަ އެވެ. އެއީ މުޅި ތައުލީމީ ދާއިރާ އަށް ވެސް ވަރަށް ބޮޑު ހާސްކަމެއް ކުރިމަތިވެފައިވާ މައްސަލައެކެވެ.

ކުދިންގެ އަހުލާގާއި ސުލޫކާ ގުޅޭ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް 2018 ވަނަ އަހަރު ހަދައި، އެއަށް އަމަލުކުރަން ފެށި އެވެ. އެ ގަވައިދާ އެކު، ސްކޫލު ތެރޭގައި ވެސް، އަދި ދަރިވަރުން ސްކޫލުން ބޭރުގައި ކުރާ ކަންކަމަށް ވެސް ސްކޫލުގައި އަދަބު ދިނުން އެއްކޮށް ވަނީ ހުއްޓާލައިފަ އެވެ. އެކަމަކު، އޭގެ ކުރިން، ބައެއް ސްކޫލުތަކުގައި ހަރުކަށި އަދަބުތައް ދީ ދަރިވަރުން އިސްލާހު ކުރަން ފިޔަވަޅުތައް އެޅި އެވެ.

މިނިސްޓްރީން ހަދާފައިވާ އެ އުސޫލުގައި ބުނާގޮތުން ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، ދަރިވަރުންގެ ކިބައިން ފެންނަ ނޭދެވޭ އަމަލުތަކަށް އަވަހަށް ފިޔަވަޅު އަޅަން ޖެހެ އެވެ. އެކަމަކު އެ ފިޔަވަޅަކީ، ޖިސްމާނީ ފިޔަވަޅެއް ނޫނެވެ. އެއީ ބެލެނިވެރިޔާ ބައިވެރިކޮށްގެން މަޝްވަރާކުރުމެވެ.

ދަރިވަރުންނަށް އިސްލާހީ ފިޔަވަޅު އަޅާއިރު، އެކަމެއް ހިނގި ގޮތް ސާފުކޮށް މައުލޫމާތު އެއްކުރަން ވެސް ޖެހެ އެވެ. ނަމަވެސް ދަރިވަރުގެ ކިޔެވުން ގެއްލޭނެ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް އޭގައިވެ އެވެ. މިސާލަކަށް ސަސްޕެންޑްކުރުން ނުވަތަ ފިލާވަޅު ގެއްލޭ ގޮތަށް ކްލާހުން ބޭރަށް ލުން ފަދަ ކަމެއް ނުކުރެވެ އެވެ.

އަދަބު ދިނުމުގެ ވާހަކަތައް އަނެއްކާ ވެސް ފެންމަތިވެފައި މި ވަނީ ލ. އަތޮޅުގެ ސްކޫލެއްގެ، ގްރޭޑް 10ގެ ތިން ދަރިވަރަކު ސްކޫލު ގަޑީގައި ބޭރަށް ދިއުމުން އަދަބެއްގެ ގޮތުން "ދެން ސްކޫލު ގަޑީގައި ބޭރަށް ނުދާނެ" ކަމަށް އެ ކުދިން ލައްވައި ގަނޑެއްގައި ލިޔުއްވައި، ދެ ގަޑިއިރު ކޮޅަށް ބެހެއްޓުމުން ބެލެނިވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރުމުންނެވެ. އަދި އެކަން ހިނގާފައި ވަނީ މިނިސްޓްރީގެ އުސޫލާ ހިލާފަށް ކަމަށާއި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނުމުންނެވެ.

ފިޔޯރީ ސްކޫލުގެ ދަރިވަރުންތަކެއް. .-- ފޮޓޯ: ފިޔޯރީ ސްކޫލު

ސްކޫލުގައި ހަދާފައި ހުންނަ ގަވައިދުތަކަށް ބޯ ނުލަނބާ ނަމަ އެއީ މީގެ ކުރިން ބޮޑެތި އަދަބުތައް ދެވޭ ކަންކަމެވެ. ދަރިވަރަކަށް އަދަބެއް ދީފި ނަމަ ޓީޗަރަށް އަޅާފާނެ ފިޔަވަޅަކަށް ބިރުގަންނާކަށް ވެސް ކުރިއަކުން ނުޖެހެ އެވެ.

"އަހަރުމެން ކުޑައިރު، ސްކޫލު ގަޑީގައި މޫދަށް އެރުނީމަ ޗޭނުޖަހައި، ނުދޭ އަދަބެއް ނެތް. މަނާ އެއްޗެއް ސްކޫލަށް ގެންގޮސްފިއްޔާ ދެ އަތަށް ދެ އެޅިގާ ލައިގެން އެބަ ބަހައްޓާ ގަޑި، ދެ ގަޑިއިރު ވަންދެން. ސްކޫލު ގަޑި ނިމެންދެން، ފާރަށް މޫނުލައިގެން ކޮޅަށް އެބަ ބަހައްޓާ،" މިހާރު ސްކޫލުތަކުގައި ދަރިވަރުންނަށް އަދަބު ނުދެވޭތީ އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުންޏެވެ.

އެއް ބަޔަކަށް އެއީ އެ ދަރިވަރުންނަށް ދޭން ޖެހޭ އަދަބެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އަނެއް ބަޔަކަށް އަދަބު ދިނުންވީ މައްސަލައަކަށެވެ. މިނިސްޓްރީން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅާނެކަން ވެސް ވީ މައްސަލައަކަށެވެ.

"ގޯސް ކަމެއް ކުރީމަ އެކަމެއްގެ ނަތީޖާއާ ކުރިމަތިލާން ދަސްކޮށްދޭން ޖެހޭނެ. ހާއްސަކޮށް ޅައުމުރުގައި،" އަދަބު ދިނުމަށް ތާއީދުކުރާ ބެލެނިވެރިއަކު ބުންޏެވެ.

"އެ ދުވަހު އަހަރެމެންނަށް އެކަހަލަ އަދަބުތައް ނުދިން ނަމަ މިއަދު އަހަރެން ވެސް އޮންނާނީ ކޮންމެވެސް ގޯޅިއެއްގެ ކަންމަތީ ބިތްޖެހިފައި. މާ ބޮޑަށް ކުދިންނަށް ރަނގަޅުވާން ހަދައިގެން ބެލެނިވެރިން ގޮސް ޓީޗަރުންގެ ބޮލަށް އަރާ ހިސާބަށް ގޮސް އަދަބެއް އަހުލާގެއް މިހާރު ނޯވޭ،" އެހެން ބެލެނިވެރިޔަކު ބުންޏެވެ.

ކުދިންނަށް އަބަދު ދިނުމާ ދެކޮޅަށް ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އެޑިޔުކޭޝަން މިނިސްޓްރީން ބަލާ މައްސަލަތައް ނިމޭއިރު ގޯސް ވަނީ ކުއްޖާ ކަމަށެވެ. އަދަބު ދިނުމަށް އުސޫލުތަކެއް ކަނޑައެޅިފައި އޮތް ނަމަވެސް އެ މައްސަލަ ހައްލު ނުވާ ކަމަށް އޭނާ ބުންޏެވެ.

އަދަބަކީ ހައްލެއް ނޫން

އަހުމަދިއްޔާ ސްކޫލުގެ ޕްރިިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ކުރިން އަދަބު ދިން ގޮތަށް މިހާރު ކުދިންނަށް އަދަބު ނުދެވޭނެ ކަމަށެވެ. އަދި އޭރު އަދަބު ދީގެން ކުދިން އިސްލާހުވި ނަމަވެސް މިހާރު އެފަދަ އަދަބުތަކެއް ދީގެން އިސްލާހު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޒަމާނުގައި ކުދިންނަށް އަދަބު ދީގެން ކުދިން އިސްލާހުވި. އޭރު ކުދިން ގަބޫލުކުރޭ އަދަބެއް ދިނީމަ ދެން އިތުރު ގޮތެއް ނޯންނާނެކަން، ޖެހޭނީ އެކަން ގަބޫލުކުރަން ކަން. މީގެ 20 އަހަރު ކުރިއަށް ބަލާ ކަމަށް ވަންޏާ މިހާރާ ވަރަށް ތަފާތު. މިހާރު އެންމެން ވެސް ވަރަށް ބޮޑަށް ހޭލުންތެރި. ކުދިން ވެސް ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ތަރުބިއްޔަތު ކުރެވިފައި މި ހުންނަނީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 35 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަަށް އެ ސްކޫލު ގައި ބޭއްވި ހާއްސަ ހަފްލާގައި ސްކޫލާއި ހައުސްތަކުގެ ދިދަނަގަނީ.--- ފައިލް ފޮޓޯ: މިހާރު

"އޭރު އާންމު ކަމެއް ނީލްޑައުން ކުރުން، ގޮނޑި މައްޗަށް ކޮޅަށް ނަގާފައި ބެހެއްޓުން ނުވަތަ ދެއަތް އުފުލާފައި ސްކޫލު ހޯލުތެރޭ ބެހެއްޓުން އެއީ. އޭރު ކުދިން އެ އަދަބުތައް އޯކޭ. އެކަމަކު މިހާރު އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުކަމެއް ނޫން."

މިހާރު ކުދިންނަށް އެފަދަ އަދަބެއް ދިނަސް ކުދިންނާއި ބެލެނިވެރިން ވެސް އެކަން ބަލައި ނުގަންނާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުއްޖަކު ކުށެއް ކޮށްފިއްޔާ އެންމެ ރަނގަޅު ގޮތަކީ އެ ކުއްޖާ އަށް ކުރެވުނީ ކުށެއްކަން ވިސްނައިދީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ނަސޭހަތްތެރިވުން ކަމަށެވެ.

ސަބަބަކީ މިހާރު އަދަބު ދީގެން ކުއްޖާ ރަނގަޅު ކުރުވަން އުޅެއްޖެ ނަމަ އޭގެން ނިކުންނާނީ ނުރަނގަޅު ނަތީޖާއެއް ކަމަށް ވާތީ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"އޭރު އަދަބުދީގެން ކުދިން ރަނގަޅު ވަނީ، އެއީ ދުނިޔެ ހުޅުވިފައި އޮތް ޒަމާނެއް ނޫން. މިހާރު އެ ކުއްޖަކު އަމިއްލަ އަށް ކުއްޖާގެ ރައިޓްސްތަކަކީ ކޮބައިކަން އެނގޭނެ. އިންޓަނެޓްގެ ޒަރިއްޔާއިން ބަލާލެވޭނެ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ކަންކަން ހިނގަނީ ކިހިނެއްކަން،" އޭނާ ވިދާޅުވި އެވެ.

"ކުދިންނަށް އެނގޭ މިހާރު ކުދިންގެ ހައްގުތަކެއް ހުންނަކަން. ބައެއް ކުދިން އޭގެން ފައިދާ ނަގާނެ. އަނެއްބައި ކުދިންނަށް އޭގެން ލިބެނީ ގެއްލުުން. ދެ ކޮޅު ވެސް އޮންނާނެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ހުރިހާ ކުދިންނަށް އެއް ގޮތަކަށް އަމަލުކުރުން."

ތޯހާ "މިހާރު" އާ ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމް 10 އަހަރު ފުރުއްވި، ސްކޫލް ހިންގެވުމުގެ ތަޖުރިބާކާރު ތޯހާ ސަލީމް ވެސް ވިދާޅުވީ ކުދިންނަށް އަދަބު ދީގެން އިސްލާހު ކުރަން އުޅުމަކީ މި ޒަމާނަށް ރަނގަޅު ގޮތެއް ނޫން ކަމެއް ކަމަށެވެ.

"މިހާރު އަދަބެއް ދީފި ނަމަ ގާނޫނާއި ގަވައިތަކުގެ ތެރެއިން އެއީ މައްސަަލައަކަށް ވޭ. އޭރުގެ މުޖުތަމައު ގަބޫލެއް ނުކުރޭ އެކަހަލަ ބޮޑެތި އަދަބުތައް ދިނުމަކީ މައްސަލައެއް ކަމަކަށް. އެއީ އޭރު ސްކޫލާއި ޓީޗަރުންނަށް ދެވިފައި އޮންނަ ބާރެއްގެ ސަބަބުން."

ތޯހާ ވިދާޅުވީ އަދަބު ދިނުމަކީ މިހާރު ވެސް ކުރާ ކަމެއް ނަމަވެސް ބަދަލުވެފައި ވަނީ އަދަބު ދޭ ގޮތް ކަމަށެވެ.

ތޯހާ ވިދާޅުވީ ކުއްޖާ ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެ ކުއްޖާ އަށް ދެވޭ އަދަބެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި ކިޔެެވުމުން މަހުރޫމު ނުކޮށް ވަކި ލެވެލްއަކުން މައްޗަށް ދިޔައީމަ ސްކޫލުން ވެސް ވަކި ކުރެވޭނެ ހާލަތެއް އޮންނަން ޖެހޭނެ ކަމަށެވެ.

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ކްލާހެއްގައި ކިޔަވައިދިނުން ކުރިއަށް ދަނީ -- ފައިލް ފޮޓޯ: މިހާރު

"ނަސޭހަތް ދިނުން. ބެލެނިވެރިޔާ ހާޒިރުކޮށް ވާހަކަ ދެއްކުން. ޓައިމް އައުޓް ދިނުން. ކްލާހުން ބޭރަށް ނެރެވުން. ސަސްޕެންޝަންއަކާ ހަމައަށް ދެވޭނެ އުސޫލެއް އޮތުން. ވަކި ހާލަތެއްގައި ސްކޫލުން ވަކި ކުރެވޭނެ ގޮތްތަކެއް ވެސް އޮންނަން ޖެހޭނެ. އޭގެ މާނައަކީ އޭނައަށް ކިޔަވައިދޭން ކޮންމެވެސް އެހެން ގޮތެއް ހޯދަަން ޖެހޭނެއޭ."

އަދަބު ނުދީ ހައްލުކުރެވޭނެ!

ސައިކޮލޮޖީ އިން މާސްޓާޒް ކިޔެވުމަށް ފަހު މާލޭގެ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ކައުންސެލަރަކު ވިދާޅުވީ ދަރިވަރަކު ގޯސް ކަމެއް ކުރާ ނަމަ އެ ދަރިވަރަކަށް އެއީ ގޯސް ކަމެއްކަން އަވަހަށް ބުނެދޭން ޖެހޭ ކަމަށެވެ. އެކަން ހައްލު ކުރުމަށް އަދަބު ދޭން ޖެހޭ ކަމަށާއި ނަމަވެސް އެއީ ޖިސްމާނީ ގޮތުން ކުއްޖާ އަަށް ލިބޭ އަދަބަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިވަރުންގެ އަހުލާގު ގޯސް ނަމަ ހަރުކަށި އަދަބުދިނުން ރަނގަޅު ނުވާ ސަބަބަކީ ނަފްސާނީ ގޮތުން ކުއްޖާ އަށް ލިބޭ އަނިޔާ ބޮޑުވުމުންނެވެ. އެފަދަ އަނިޔާތަކަކީ އަބަދު ހަނދާނުގައި ހުންނާނެ އަނިޔާތަކަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުދިން ކުރިމަތީ ކޮޅަށް ބަހައްޓައި، ލަދުގަންނަވާލުން. އަސްލު ހުރިހާ ނުރަނގަޅު އާދަތައް ނަގައިގެން ފާހަގަ ކުރެވެނީ އެކަހަލަ ބޮޑެތި އަދަބުތައް ދިނީމަ. އޭގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާނެ. އެހެންވީމަ ކުއްޖާ ކްލާހުގެ ކަންކަމުގައި ބައިވެރިވާން ނުކެރުމާއި ސުވާލެއް ކުރަން ނުކެރުން ކަހަލަ ކަންކަން ދިމާވާނެ. އޭރުން ކިޔެވުމަށް ވަރަށް ބޮޑަށް ހުރަސް އެޅުނީ،" ކައުންސެލަރު ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ޕްރިންސިޕަލުން ވިދާޅުވި ފަދައިން ޒަމާނަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކުދިންނަށް އަދަބުދިން ނަމަވެސް އެ ކުދިން އިސްލާހު ނުވާނެ ކަމަށެވެ.

ހަމަދު ސްކޫލަށް ޒިޔާރަތްކުރި އައްޑޫ ހައި ސްކޫލުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ހަމަދު ސްކޫލު

"ކުރިން އަބަދު ދިނުން އެއީ އެއްވެސް މައްސަލައެއް ނޫން. ނަމަވެސް މިހާރު ތަރައްގީވަމުން އައިސް މީހުންގެ ވިސްނުން ވެސް އެއްކޮށް ބަދަލުވެފައި މި ހުންނަނީ. މިހާރު މި އެނގެނީ ކުއްޖާ އަށް އެގޮތަށް އަބަދު ދިނީމަ ލިބެނީ ގެއްލުންކަން، ނަފްސާނީގޮތުން ހާއްސަކޮށް،" އޭނާ ވިދާޅުވި އެވެ.

"މިހާރު ކުއްޖަކަށް ދެވޭނެ ވަރަށް ބޮޑު އަދަބެއް އެއީ ޓީވީގެ ކަނެކްޝަން ކަނޑާލުން، ޓެބްލެޓް ނުދިނުން، ވައިފައި ކަަނޑާލުން ކަހަލަ ކަންކަމަކީ. އަނިޔާކޮށް ގައިގައި އަތްލާ، ޖަހާކަށް ނުޖެހޭ އަދަބެއް ދޭކަށް."

އޭނާ ވިދާޅުވި ގޮތުގައި އެ ދެވޭ އަދަބަކީ ކުއްޖާ އަށް ވިސްނައިދިނުމަށް ދެވޭ އަދަބަކަށް ވާން ޖެހޭނެ އެވެ. އަދި އެއީ ކުއްޖާ ބިރުދެއްކުމަށް ދެވޭ އަދަބުގެ ބަދަލުގައި ރަނގަޅު މަގަށް ގެނައުމަށް ދެވޭ އަދަބަކަށް ވާންޖެހެ އެވެ.

"މިސާލަކަށް ފުރަތަމަ ދުވަހު ކުއްޖާ ބުނާ އެއްޗެއް ގަބޫލު ނުކޮށް އަދަބު ދީފިނަމަ އަނެއް ދުވަހު އެ ކުއްޖާ ދޮގު ހަދާނެ، އެ ލިބިދާނެ އަދަބަކުން ސަލާމަތްވާން."

40 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 81%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައިކޮޅު ގައިދުރު

23 March 2023

ސުކޫލު ކުދީން ހަލާކުވަނީ އަންނަ ސަރުކާރު ތަކުގެ ދޯހަޅި ކަމުން . އެހެން މިދެންނެވީ ސްކޫލުތަސް ހިންގަން ހަވާލު ކުރިޔަސް ސަރުކާރުން ޖެހޭނެ ދޯ މޮނިޓަރ ކުރަން. މޮނިޓަރ ސިސްޓަމް ވަނީ ފެއިލް ވެފައި.

The name is already taken The name is available. Register?

ފައިހަމަ

21 March 2023

މިހާރުގެ ގިނަ ކުދިންނަކީ ވަރަށްބޮޑަށް ދުނިޔޭގެ ކަންކަން އެނގި ލޯހުޅުވިފައިތިބޭ ކުދިން. އެކުދިން ކުރާ ނޭދެވޭ ކަންކަމާ ކުރިމަތިލައި އެކުދިން ދައްކާ ފާޑުފާޑުގެ ވާހަކަތަކަށް ރަގަޅަށް ރައްދުދެވޭނީ ވަރަށް ގާބިލްކަމާ ކުޅަދާނަކަން ހޯދައިގެން. ވާހަކަ ދައްކައިގެން އެކުދިންނަށް ވިސްނަދީގެން އެކުދިންގެ ވިސްނުން އަނބުރާލާ ބަދަލުކުރުމަކީ މިހާރަށް ބަލާއިރު ވަރަށް ބޮޑު ގޮންޖެހުމެއް. އެކުދިންނަށް ރަގަޅަށް ވިސްނަދޭންޖެހޭނީ އެކުދިންގެ އަމަލުތަކުން ނިކުންނާނެ ނަތީޖާ

The name is already taken The name is available. Register?

ކުރިއަށްހިނގާޖީލު

24 March 2023

ތިމިހާރެއްނޫން އަބަދުވެސް ހާލަތު

The name is already taken The name is available. Register?

ސޯބު

21 March 2023

އޭރު ތިބުނާ ހޭލުންތެރި ނޫން ވެރިންނާއި ޓީޗަރުން ތިބެގެން ކުދިން ކޮންޓްރޯލް ކޮށް ރިވެތި އަހުލާގުގައި ތަރުބިއްޔަތު ކުރިއެވެ. މިހާރު ތިބުނާ ހޭލުންތެރި ޕީއެޗްޑީ ފެންވަރުގެ ވެރިން ތަންތަނުގައި ތިބެގެން އެކަން ނުވެގެން އުޅޭ ސަބަބެއް ބުނެދީބަލާށެވެ. ވާނޭ ބުނުމަކުން ޒިންމާ އަދާކުރެވުނީކީ ނޫނެވެ. ކުރިން ރަގަޅަށް އޮތްކަމެއް ދުވަހުން ދުވަހަށް ގޯސްވަމުން ދިއުމަކީ ގެނެވުނު ބަދަލު ރަގަޅު ނޫންކަމުގެ ދަލީލެއް ނޫންހެއްޔެވެ.

The name is already taken The name is available. Register?

ޕަލްމީ

21 March 2023

ނަޝީދު އެއީ މިގައުމުގެ އަހްލާގު ހަލާކު ކުރުމުގެ ވަރަށް ބޮޑު ދައުރެއް ވެރިކަމުގެ ކުރީން އަދި ވެރިކަމުގަ، އަދި އިސްތިއުފާ ދިން ފަހުންވެސް ކުޅުނު! ނަޝީދު ގައުމަށް އިޖްތިމާއީ ގޮތުން ދިން ގެއްލުން ބޮޑު!

The name is already taken The name is available. Register?

ރަގަޅޭ ބުނެވޭނީ

22 March 2023

2004 ހިސާބުގައި އިސްލާހޭ ކިޔާގެން މަގުތަކަށް ނިކުމެ ނަޝީދު ޖެހި ސަކަރާތުން މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދާފި.

The name is already taken The name is available. Register?

ފައިން

21 March 2023

ކުދިން ރަގަޅު ނުވަނީ ސްކޫލްތަކުގެ ސީނިއަރ މެނޭޖުމަންޓް ގެ ދޯހަޅި ކަމުން... ދަރިވަރުންގެ ކަންތަށް ކުރުމަށް ވުރެން ބޮޑަށް ސީނިއަރ މެނޭޖުމަންޓްއިން އުޅެނީ އެކަކު އަނެއްކެއްގެ ޒާތީ މައްސަލަތަކާ... ސީނިއަރ މެނޭޖުމަންޓް ގެ ތެރޭގައި ހުސް ޒުވާބު... ދެން ކިހިނެއް ރަގަޅު ވާނީ... މާލޭގެ ސްކޫލްތަކުގެ ހާލަތު

The name is already taken The name is available. Register?

ށިން

23 March 2023

ތީހަމަ ތެދެއް

The name is already taken The name is available. Register?

ފައިން

20 March 2023

ދަރިވަރުން ގޯސްވީ ސްކޫލްތަކުގެ މެނޭޖުމަންޓް ގެ ދޯހަޅި ކަމުން.. ނާގާބިލް މުވައްޒަފުންތަކެއް ޑެޕިއުޓީ ޕްރިންސިޕަލުންނާ ލީޑިންގ ޓީޗަރުންގެ ގޮތުގައި ތިބީމަ... ޕްރިންސިޕަލް ކިތަންމެ ރަގަޅަކަސް ޑެޕިއުޓީ ޕްރިންސިޕަލުންނާ ލީޑިންގ ޓީޗަރުން ތިބެނީ އަމިއްލަ، ޒާތީ މައްސަލަ އެއްގަ... ދެއް ދުވަހުން އެއް ދުވަހު ސީނައަރ މެނޭޖުމަންޓްގެ ބޭފުޅުން ސްކޫލަށް ހާޒިރެއް ނުވާނެ... ދެން ކިހިނެއް ދަރިވަރުންނާ އަޅާލެވެނީ! މިނިސްޓްރީގެ ޒިންމާ އެއް މިކަން ބެލުމަކީ.

The name is already taken The name is available. Register?

މިއީދޮގެއްތަ

20 March 2023

ތަޅައި އަނިޔާކޮށްގެން ތަރުބިއްޔަތުކުރުން ދީނުގައިވެސް އޮންނަކަމެއް ނުދެނަހުރިން. އަދަބުގެ މާނައަކީ ހަމައެކަނި ތެޅުމެއް ނޫން. އަހަރެމެން އެންމެން ގޯސްވީމަ އުފެދޭނީވެސް ގޯސް ޖީލެއް. ގޭތެރެއިންނާއި މަގުމަތިންނާއި އާއިލާއާއި އެކުވެރިންނާއި އެކިފަންތީގެ ވެރިންގެ ފަރާތުންވެސް އަޑުއިވި ފެންނަނީ މުޅިންވެސް ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު. ޓީވީއާއި އިންޓަނެޓުވެސް އޮތީ އެހާލަތުގައި.

The name is already taken The name is available. Register?

ސިމްޕްލީ

20 March 2023

ޔެސް

The name is already taken The name is available. Register?

ފެންވަރު

20 March 2023

ދިވެހި ބަހުން ކޭމްބްރިޖްގެ މާއްދާތައް ކިޔަވައިދެމުންގޮސް ކުދިންނަށް ހަދަންވީގޮތް އޮޅެނީ. ދެން ދިރިއުޅުންވެސް އޮޅެނީ.

The name is already taken The name is available. Register?

މަމެން1

20 March 2023

ރާއްޖޭގައި މީހުން ނުބައިވާންފަށައިފި 70ގެ އަހަރުތަކުގައި ޑްރަގު ވައްދައި އެ ބޯންފެށިފަހުން. 70، 80ގެ އަހަރުތައް ދިޔައީ ޑްރަގަށް މީހުން ވަންނަމުން. 90ގެ ފަހުގެ ބެލެނިވެރިން ބިރުގަނޭ ކުދިން ޑްރަގަށް ގޮސްފާނެތީ، އެހެންވެ ގޭތެރެއިން ނުނެރި ބުނިހާ އެއްޗެއްދީގެން ކުދިން ގޭގައި މައިތިރިކުރެވޭތޯ ބެލީ، އެކަމަކު މިކަމުން ނުކުތް ނަތީޖާވެސް ރަގަޅެއްނޫން. މިއީ ކޮންމެހެން އެކަނި ބެލެނިވެރިން އަދި ތައުލީމީ ދާއިރާގެ މައްސަލައެއް ނޫން، އެކިއެކި ކަންކަން އެކުލެވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454