ގިނަ އަދަދެއްގެ ފައިސާތަކެއް: ރަޖިސްޓްރީ ނުކުރާ އިންވެސްޓްމަންޓް ސްކީމްތަކުން ގެއްލުން ލިބޭ މީހުން ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން ވަނީ އެދިފައި --- ފޮޓޯ/މިހާރު
16 މާޗް 2023 - 21:06
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިންވެސްޓްމަންޓް ސްކީމެއްގައި ބައިވެރިވެގެން ގެއްލުން ލިބިފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން އެދެފި އެވެ.
ސީއެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި، މާލީ ސެކިއުރިޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކަމެއް ހުއްދަ ނެތި ނުކުރެވޭނެކަން ކުރިން އަންގާފައިވާނެކަން ހަނދާންކޮށްދީފައިވެ އެވެ. އަދި އެފަދަ ސްކީމެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން ވަނީ އެެދިފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެފަދަ ޝަކުވާތަކެއް އެ އޮތޯރިޓީން މިހާރު ވެސް އަންނަނީ ބަލަމުންނެވެ.
އެ ބަޔާނުގައިވާ ގޮތުން ސެކިއުރިޓީޒްގެ މާނައިގެ ތެރޭގައި ފައިސާއިން ފައިދާ ހޯދުމަށްޓަކައި އިންވެސްޓް ކުރުމާއި އެފަދަ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ. އަދި އެފަދަ މުއާމަލާތްތަކުގެ ތެރޭގައި އިތުބާރު ގެއްލޭ އަދި ނޭދެވޭ ކަންކަން ހުއްޓުވުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ސީއެމްޑީއޭއިން އެގޮތަށް ބުނިއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮތް ކުންފުންޏަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އިންވެސްޓްކުރި ސްކީމެއްގެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
އޭގެފަހުން އަނެއްކާވެސް އެ ކުންފުނިން ވަނީ އާ ސްކީމެއް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
18 March 2023
އަދި ނެތް އަލްހާނު ޤާނޫނާ ޚިލާފުވެގެން އޭނާއަށް ދައުވާއެއް ކޮށްފައެއް. އޭނަގެ އަބުރު ކަތިލަނީ. މައްސަލަ ތަހުގީގު ކުރަނީޔޯލަ 2 އަހަރު ވަންދެކަ. މައިކްރޮސްކޯޕެން ސީއެމްޑީ އަށް ހަދިޔާކުރަން އިންޑިއާ ސަރުކާރަށް ގޮވާލަން.
ޖިސްމާނީ
18 March 2023
އަލްހާނު އެބުނަނީ އިންވެސްޓްކުރާށޭ. ދެން ބަޔަކު އިންވެސްޓްކުރަނީ އަލްހާނު ވަކިވަރަކަށް ފައިދާދޭތީ. ނުދޭނަމަ ކާކު ކޯޓަށް ދިޔައީ؟ ކާކު ފުލުހުންނަށް މައްސަލަ ހުށަހެޅީ؟ ކޮންމެ މީހަކަށް ވެސް މުއްސަނދިވުމުގެ ހައްގު އޮންނާނެ. އަލްހާން ގަދަ ވީމަ ޖޭ ވަނީ.
ޒިމާމްބެ
18 March 2023
އަހަރެން ރައްޓެއްސަކު ބުނީ ތިތަނަށް މައްސަލަ ހުށަހެޅިޔަސް ތިތަނުން އަލްހާނާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރާކަމަށް. އޭނަ ސިވިލް ކޯޓް އަދި ކްރިމިނަލް ކޯޓުން ވެސް އެކަން ސާފުކޮށްފި ކަމަށް. ގުޅިގެން ހިންގާ ޖަރީމާތޯ؟ އަނެއް އެމްއެމްޕީއާރުސީތޯ ނޫނީ އެ ފައިސާ ދޮންނަނީ ނޫންބާ؟ ތިތަނުގެ ވެރިން ވެސް އަލްހާނާ ގުޅުން އޮތީބާ؟
ޝަންނާ
18 March 2023
އަލްހާން ސްކޭމް ހިންގިއަސް ސީއެމްޑީ މީހުންނާ އެމްްއެމްއޭ އަދި އިކޮނޮމިކް މިނިސްޓްރީން ކީއްވެބާ ނުހުއްޓުވަނީ؟ މީރާއަށް މީނާ އެބުނާ ފައިދާ ތަކުން ޓެކްސް ދައްކާތޯ ޓެކްސް އޮޑިޓެއް ވެސް ނުހިންގަނީތޯ؟ފުލުހުންނަށް ކީއްވެބާ މީނާ މިއީ މަކަރާ ހީލަތުން އުޅޭ މީހެއްކަން ނޭނގެނީ؟ ޕީޖީ އާއި ފުލުހުން ގުޅިގެން މީނާގެ މައްސަލަ ހުށަހެޅުން އަވަސް ނުވަނީ 2023 ވީމަތޯ؟
ސާއްބައި
18 March 2023
ގައިމު ފައިނޭންޝަލް ސެކްޓަރުގެ މުސާރައަށް މިދިޔަ 4 އަހަރުތެރޭ 2 ފަހަރު ބަދަލު ގެނެއްސި. އަދިވެސް މިކަން ބެލޭވަރުގެ މުސާރައެއް ނުލިބެނީތޯ؟
ކޮއިމަލާ
18 March 2023
މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފެލާލާއިރު އަމިއްލަ އިސްނެގުމުން މައްސަލަ ނުބަލަނީ ފަހެ ކީއްވެބާ؟ މުސާރަ ކުޑަވީމާ މޯޓިވޭޓް ނުވަނީތޯ؟
އަހައްމަދޫ
18 March 2023
އަބަދުވެސް ޝަަކުވާ ބެލުމާއި މަސްއަލަ ބެލުމުގައި. ދެން ކޮންއިރަކުންބާ ހަރުދަނާ ފިޔަވަޅެއް އެޅެނީ.
ބަރަސިން
17 March 2023
ބަޔާން ނެރެފަ ވަގުކަލޭދެ ދޫކޮށްލައިގެން ބޮޑު މުސާރަ ނަގައިގެން އަރާމުގަ އުޅުނީމަ ނިމުނީ.
ޖައްސު
17 March 2023
ސުކީމެެއް ޖައްސައިގެން އުޅޭ ފުލެޓް ހަދާދޭ ބަޔަކުވެސް އުޅޭ، ޖައުސާ އަކާ،މަންޑޭ ގެ ކޭޕާކާއި،އެންސިސް.މިމީހުނޮވާހަކަ ޖަހާލާކަށް،ނުކެރޭނެ ކަލޭމެންނަކަށްވެސް
ދޮނާނާ
17 March 2023
މުނީރު އާ މުނީރުގެ އާއިލާ ބެންކޮކުގައި އިންވެސްޓަރުން ފައިސާ ނުދީ އެ ސްކޭމް އެހިންގަނި އިމިގުރެޝަނުން ދޫކުރިޕާސް ޕޯޓުތަކާ، ފޮރިން މިނީސްޓުރީ މެދުވެރިކޮއް ދޭ ވިސާ ބެނުންކޮއްގެން. ދައުލަތުން މިކަންކަން ކުރުމައް އެހީވަނީތަ؟ ކީއްވެ ނުހުއްޓުވެނީ؟ މި ހަބަރު ނޫހައް އެރުމުގެ 1 ދުވަސް ކުރިން މުނީރު އެބަބަޔާންނެރޭ. ޢެމީހުނައް ކުރިޔާލާ އެބައެންގޭ؟
ޝަފީނާ
18 March 2023
ކޮބާތަ އަހަރުމެން ޑުބާއީ ކުދިންނަށް ވަޓްސްއަޕް އިން އަންނަ މެސެޖްތަކަށް ހެއްލިގެން ފޮނުވި ފައިސާ؟ މަނާ ކަމެއްކަން އެނގިތިބެ އަމިއްލައަށް ޓްރޭޑް ކުރަން ފައިސާ އަމިއްލަ އިހްތިޔާރުގަ ފޮނުވާފަ ބަޔަކު ބޮލަށް ބިންދަން އުޅުނަސް އަދިއެކަމެއް ރަނގަޅެއްނޫން. އަމިއްލަ ހޭވެރިކަން ހުރެއަމިއްްލަ އިޙްތިޔާރުގަ އިންވެސްޓް ކުރަނީ. ދެން ގެއްލުންވީމަ ސަރުކާރު އިދާރާތަކުގެ ފަހަތުން ދުވަނީޔޯ؟