ލައިފްސްޓައިލް / އުމްރާ

އުމްރާ އަށް ދިއުމުގެ ކުރިން މަންސޫރު އުފެއްދީ އަޅުކަމުގެ އިރުޝާދު ހިމެނޭ އެޕެއް

އުމްރާގެ އަޅުކަމުގެ އިރުޝާދު ދޭ މޯބައިލް ފޯން އެޕްލިކޭޝަންގެ ސްކްރީންޝޮޓްތަކެއް

އުމްރާގެ އަޅުކަމަށް ދާން ގިނަ ތައްޔާރީތަކެއް ވެ އެވެ. ޒިކުރުތައް ދަސްކޮށް، ބޭނުންވާ މުހިންމު މައުލޫމާތު ސެޝަންތަކުގައި ބައިވެރިވެ އެވެ. އެކަމަކު، ޒުވާން ޑިވެލޮޕަރު އަހްމަދު މަންސޫރު، އޭނާގެ އުމްރާ ދަތުރަށް ތައްޔާރުވާން ކުރީ ތަފާތު ކަމެކެވެ.

އުމްރާ ގުރޫޕުތަކުން ބަހާ ގައިޑު ފޮތްތަކުގެ ބަދަލުގައި، މަންސޫރު އުފެއްދީ، އުމްރާގެ އަޅުކަމުގެ އިރުޝާދު ދޭ މޯބައިލް ފޯން އެޕްލިކޭޝަނެކެވެ.

"އުމްރާ ދަތުރު" ގެ ނަންދީފައިވާ އެ އެޕްގައި ގުރުއާނާއި ހަދީސުން ސާބިތުވެފައިވާ އުމްރާގެ އަޅުކަމުގެ ކޮންމެ ފިޔަވަޅެއްގައި ކަންކުރާނެ ގޮތާއި، ކިޔާނެ ދުއާތަކާއި ޒިކުރުތަކުގެ މާނަ ތަފްސީލާ އެކު ފެނެ އެވެ. އަދި ގިނަ ގައިޑް ފޮތްތަކާ ހިލާފަށް، މަންސޫރުގެ އެޕްގައި ކޮންމެ ދުއާއަކާއި ޒިކުރެއް، އައިސްފައިވާ ހަދީސެއް ނުވަތަ ގުރުއާނުގެ އާޔަތުގެ ރެފަރެންސް ދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރާ މަންސޫރު "މިހާރު" އަށް ބުނީ މި ރޯދަ މަހު އޭނާ އުމްރާ އަށް ފުރުމުގެ ކުރިން، އެޕްގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ.

"ޖެނުއަރީ މަހު ފަށައިގެން، ފެބްރުއަރީ މަހު އެޕް ޑިވެލޮޕްކޮށް ނިންމާލިން. ދެން ގާތްގަނޑަކަށް ދެ ހަފްތާ ވަރު ހޭދަވި، އެއަށް ބޭނުންވި ޑޭޓާތައް ހޯދަން. އެއީ ދުއާތަކާއި، އެހެނިހެން އިރުޝާދުތަކާއި މާނަތައް،" މަންސޫރު ބުންޏެވެ.

ދުއާތައް ހޯދައިގެން، އެ ދުއާތަކުގެ އަސްލު ހަދީސް ނުވަތަ އާޔަތްތައް ހޯދުމުގެ މަސައްކަތް ވެސް މަންސޫރު ވަނީ ކޮށްފަ އެވެ. އަދި ދުއާތައް ޗެކްކުރުމާއި، ބައެއް ދުއާތަކުގެ މާނަ ހޯދުމުގައި އޭނާ ވަނީ އިލްމުވެރިންގެ އެހީ ހޯދައިފަ އެވެ.

ޑިވެލޮޕަރު އަހްމަދު މަންސޫރު

މަންސޫރު ބުނި ގޮތުގައި، މި އެޕް ހެދިއިރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޞަހީހް ބުހާރީ އާއި ޞަހީހް މުސްލިމް ހަދީސް ފޮތްތަކުގެ ދިވެހި ތަރުޖަމާގެ ސޮފްޓު ކޮޕީ ލިބެން ނެތުމެވެ.

"އުންމީދު ކުރަން ގިނަ ބަޔަކު މި އެޕް ބޭނުންކުރާނެ ކަމަށް. ރަނގަޅުކޮށްލަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އަޅުގަނޑަށް އަންގާލަދިނުން އެދެން" އޭނާ ބުންޏެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރިލީޒްކުރި މި އެޕް މިހާރު އެޕް ސްޓޯރުންނާއި އެޕަލް ސްޓޯރުން ލިބޭނެ އެވެ.

10 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 97%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކްރޯޑް

11 April 2023

ކިހިނެއް އަންގާނީ ސަޢުޔު ކުރަން ފަށާއިރު ކިޔާ ޒިކުރުގެ ތެރޭގައި އެބަ އުޅޭ ތަކުރާރު ވުމެއް

The name is already taken The name is available. Register?

ماشاءالله تبارك الله

03 April 2023

جزاك الله خير

The name is already taken The name is available. Register?

ޢިބުރާހިމް މުޙަންމަދު

03 April 2023

"ޙައްޖު ދަތުރު" މިނަމުގާ ވެސް މިފަދަ އެޕެއް އުފައްދައި ދެއްވާނެކަމަށް އުންމީދު ކުރަން. ތި ކުރެއްވި މަސައްކަތަށް ﷲ ބަރަކާތް ލައްވާށި ހެޔޮގޮތް މިންވަރު ކުރައްވާށި އާމީން

The name is already taken The name is available. Register?

ޢަޒްރާ ޢަލީ

03 April 2023

އަލްޙަމްުދުލިﷲ ހާދަ ރަނގަޅު މަސައްކަތެކޭ ތިނިންމާލީ ތިބާއަށް ހެޔޮޖަޒާ ދެއްވާށީ އާމީން

The name is already taken The name is available. Register?

ހަންޑި މުހައްމަދު

03 April 2023

ވަރަށް ރީތި ގަހެއް ފަހަތުން އެބަފެނޭ. މަންސޫރު ކޮންތާކުން ހޯދި ގަހެއް؟

The name is already taken The name is available. Register?

ފުރޭތަ މުޙައްމަދު

03 April 2023

ހަންޑިމެންނަށް މުޅިން ފެންނާނީ ގަސް.

The name is already taken The name is available. Register?

ގަސްމުހައްމަދާ

03 April 2023

އެކަހަލަ ގަސް ލިބޭނެ މާލޭގެ ގަސްވިއްކާ ފިހާރަތަކުން.

The name is already taken The name is available. Register?

ދިގު މުހައްމަދު

04 April 2023

ހަމަ ގަސްތަ ހަންޑި މުހައްމަދައް ރީތިވެގެން ތިއުޅެނީ؟

The name is already taken The name is available. Register?

ށައި

03 April 2023

ޥަރަށް ރަގަޅު ކުއްޖެ ބަރަކާލައްވާށި

The name is already taken The name is available. Register?

މުހައްމަދު ތައުފީޤު

03 April 2023

ތިޔައީ ޤައުމީ މަސައްކަތެއް އަހްމަދު މަންސޫރު ތިޔަކޮއްދެއްވި މަސައްކަތަށް ފައްފަށުން ސުކުރު ަަަ މަސައްކަތުގައި ކުރިޔަށް ދިއުމުގެ ހެއު ތައުފީޤު ދެއްވާށި.........

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454