މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުން ޝާހިދު(ކ) އާއި އޭނާގެ އަންހެނުން ރަޒީނާ.
22 ޖެނުއަރީ 2017 - 14:54
މ. ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު ތ. ވިލުފުށީ، ގާސިމް ޝާހިދު 50، އާއި ރަޒީނާ އިބްރާހީމްގެ މަރުގެ ހަގީގަތް ދެނެގަތުމަށް ރާއްޖެ އިން ހެދި ޓެސްޓުތަކުން މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި ދެމަފިރިން މި މަހުގެ ކުރީކޮޅު މަރުވެފައި ތިއްބާ ފެނުނީ ރޭގަނޑު ނިދަން ވަން ގޮތަށް ޖެހިގެން އައި ދުވަހުގެ މެންދުރުވިއިރު ވެސް ހަބަރެއް ނުވެގެން ބެލުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމަފިރިންގެ ޓެސްޓުތަކުގެ ނަތީޖާ އިން މާބޮޑު މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ސާމްޕަލް ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެމަފިރިން އެކުގައި މަރުވުމަކީ ރާއްޖޭގައި ހިނގި އާދަޔާހިލާފު ކަމަކަށް ވާތީ، މަރުގެ ހަގީގަތް އެނގެން ގިނަ ބަޔަކު ބޭނުންވެ އެވެ. މަރުގެ ހަގީގަތް މުޅިން ކަށަވަރު ވާނީ ރާއްޖެ އިން ބޭރަށް ފޮނުވާ ސާމްޕަލްތަކުގެ ނަތީޖާ ލިބުމުންނެވެ.
އާއިލާ އިން ބޮޑަށް ލަފާ ކުރަނީ ދެ މަފިރިން މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ. އެއީ، ދެމަފިރިން މަރުވެފައި ތިބިއިރު ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތުމާއި އެ ދެމަފިރިންނަކީ ސިއްހީ އެއްވެސް މައްސަލައަކަށް ބޭސްކުރަމުންދާ ދެ މީހުންނަށް ނުވާތީ އެވެ.
ދެމަފިރިން މަރުވިއިރު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯރޗް
23 January 2017
"އާއިލާ އިން ބޮޑަށް ލަފާ ކުރަނީ ދެ މަފިރިން މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ. އެއީ، ދެމަފިރިން މަރުވެފައި ތިބިއިރު ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތުމާއި އެ ދެމަފިރިންނަކީ ސިއްހީ އެއްވެސް މައްސަލައަކަށް ބޭސްކުރަމުންދާ ދެ މީހުންނަށް ނުވާތީ އެވެ." ޝައްކުވަނީ އަދި މި މަރު ތަހުގީގުކޮށް ސަބަބު ހޯދަން ޖެހެނީ މިހެންވެ.
ކިހާބޮޑު
23 January 2017
ކިހާބޮޑުކަމެއް!.. އެންމެން ވެސް މަރުވަނީ ޤުދުރަތީ މަރުންކަން ނޭގެނީތޯ؟ އެކަމަކުވެސް މަރުވުމުގައި ސަބަބުތަކެއް މެދުވރިވާކަމާއި އެސަބަބުތައް ދެނެގަތުމަކީ މުހިއމުކަމެއްކަން ނޭނގެނީތޯ؟.. އަދި ވަކިން ޚާއްސަކޮށް އާދަޔާޚިލާފު ގޮތަކަށް މަރުވެއްޖެ ނަމަ އެ ސަބަބު ދެނެގަތުމަކީ ވަކީން މުހިއްމުކަމެއްކަން ނޭގެނީތޯ؟
ސަލާމާ
23 January 2017
މި އޮއްފަދަ ޒަމާނުގައި ޕޯސްޓްމޯޓަމް ނަހަދާ ވަޅުލުންތީ ތިޔަފަދަ ކަމެއްގައި ކުރި އެންމެ ވިޔާނުދާ ކަންތައް. ދެމަފިރިން މަރުވީ ދެމީހުން އެއްވަގުތެއްގައިތޯ ނުވަތަ އެކަކު މަރިފަހުންތޯ އަނެކަކު މަރުވީ މި ކަންތައްތަކަކީ ޖަވާބު ނުލިބޭ ސުވާލުތަކެއް. ޤުދުރަތީ މަރަކުންކަން ސާބިތު ކޮށްދޭނީ ކިހިނެއް ފުލުހުން "ކޯސް އޮފް ޑެތް " ނުހޯދާ. އެދުވަހު އެމީހުން ކޭ ތަންތަނާއި ކޭ އެއްޗިހުން ސާމްޕަލް ނެގނެނވާނެ. އަދި ކަމުގެ އެންމެ ފުންމިނަށް ފީނަނަް ޖެހޭނެ. މިހާރު މީ ޢިލްމުގެ ޒަމާން. ބޭކާރު ވާހަކަ ނުދައްކާ
މަރު
23 January 2017
އަނެކާ ފަހުން މަރުވި ނަމަ އެނގޭނެ. ސީންއެއް ކުރިއޭޓް ވާނެ. ކޭ އެއްޗެއްގެ ސަބަބުން މިހެންވާނެ ކަމަކަށް ނުފެނޭ. ބޮޑީ ރިއެކްޓް ކުރާނެ އޯރަލީ ނަގާ އާއްމު ޕޮއިޒަން ތަކައް. ލޭގެ ޓެސްޓު ތަކުން ވިހަ ގޭހެއް ހުރިއްޔާ އނގޭނެ. ބޮޑައް ބެލެވެނީ އެއީ ހެން ރީޒަން އަކީ.
ގފފފ
23 January 2017
މިމީހުންގެ އުޅޭ ގޮޅީގެ ބޮޑުމިނާ ވެންޓިލޭޝަން ހުރި ގޮތަކާ މިނޫހުން ގެނެސްދެވިދާނެތަ؟ އާދޭސް ކޮށްފައި މި ބުނީ މަށަކީވެސް އިންސާނުން އުޅެން ކަމުނުދާ ގޮޅިއެއްގައި އުޅޭ މީހަކަށްވާތީ އެމައުލޫމާތު މަށަށް މުހިއްމު
ސޭކުސްތާނު
23 January 2017
އަދި މާއަވަސް ބޭރަށް ސާމްޕަލް ފޮނުވަން. ތީ ދެން ބޮޑުވަރު. ކުދިންކޮޅުނެރެގެން ސްޓިކާޖެހޭތޯ އަރީފްއަށް ކުރެވޭކަމަކީ. ދެންއަބަދު އިވެނީ ހާޑެއްހޯދަން ޕޮލިހުން ފީނާވާހަކަ. މީވާ ގައުމެއް. ގަމާރުކަންމަތީ އަބަދަށް.
އިހުތިރާމް
23 January 2017
ލައިލާ މަޖުނޫނާއި، ޝީރީން ފަރުހާދާއި، ރޯމިޔޯ ޖޫލިއަޓަކީ އެކަކުއަނެކަކަށްޓަކާ މަރުވި މީހުން. ކުފުރުމަރެއް. ގާސިމް ރަޒީނާ ފަދަ ލާމަސީލު މިސާލެއް ކޮބައިތޯ؟ އަހުލާގު ރަނގަޅު، އެންމެން އެދައްކަނީ އެ ދެމަފިރިންގެ ހެޔޮވާހަކަ. ގުދުރަތީމަރަކުން އެއްވަގުތެއްގަ ދެމަފިރިން ނިޔާވި ނަމަ މުޅި ދުނިޔެއިންވެސް މި ކަހަލަ މިސާލެއް ކޮބައިތޯ؟ ﷲއަކީ ކޮންމެ ކަމަކަށް ވެސް ކުޅަދުންވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ.
މުހަންމަދު
22 January 2017
ގުދުރަތީ މަރެއްކަން ގަބޫލް ކުރަން ދަތި
ނޯނޭމް
23 January 2017
އެކީއްވެ!!
ފޮރެންސިކް
22 January 2017
މި ދެމަފިރިން މިގޮތަށް ޤުދުރަތީ މަރަކުން މަރުވުމަކީ ވަރަށް ނާދިރު އިއްތިފާގެއް. އެހެންކަމަށްވުމާއެކު މިޒަމާނުގެ ޢިލްމް ބޭނުންކޮށްގެން ޖެހޭނެ ކޯސް އޮފް ޑެތް ހޯދަން. މިހެން މިބުނީ އެއްވެސް ޙާލެއްގައި މިމީހުން ބަޔަކު މަރާލީއެކޭ ބުނާކަށް ނޫން. އަންނެޗުރަލް ޑެތްއަކީ ވިހައެއްގެ އަސަރު ކޮށްގެން ނުވަތަ ކެވުނު އެއްޗެއްގެ ސަބަބުން ނުވަތަ ދެމީހުންނަށް ނިދަން ތިބެވުނު ގޮތުން އެކެއް އަނެކެއްގެ ނޭވާއިން ބޭރުކުރި ކާބަންޑައި އޮކްސައިޑުގެ އިންހޭލްކުރެވިގެންވެސް ވެދާނެކަމެއް. ފުލުހުން ޖެހޭނެ އެކަން ހޯދަން.
ޢަބްދުﷲނާފިޒު
22 January 2017
ދިވެހި ފުލުހުންގެ ހަން ފިސާރި ބޯވާނެ، ދިވެހި ފުލުހުންނަށް ތިކަން ވާނެ، މިހާތަނަށްވެސް ދިވެހި ފުލުހުންވަނީ އެމީހުންގެ ހުރި ޤާބިލުކަން ދައްކާފަ، ކިތައްމެ ފުނަކަށް ކޮންނަން ޖެހުނަސް އެމީހުން އެކަން ކުރާނެ، ދިވެހި ފުލުހުންނަށްވަރަސް ސަލާމް.
މަށި
22 January 2017
ބޮޑަށް ބެލެވެނީ ވިހަ ގޭހެއްގެ ސަބަބުން ކަމަށް. ގެދޮރުގެ ދަތިކަމުގެ ސަބުން ދިމާވި ކަމަކަށް ވުން އެކަށީގެންވޭ. ރަތްޔިތުން އަރާގެންފާނެތީ ތަހުގީގު ސިއްރުުކުރަން ނިންމި ނިންމުކާ ގާތީ.
ޓެސްޓާ
22 January 2017
މިދެމަފިރިންގެ އެއްވެސް ކަހަލަ ނޭއްގާނީ ކަމެއް ނެތްކަން ޔަގީންވޭ. އެހެނަސް އެހެން މައްސަލަ އަކުން މަރުވުމަކީ ވެދާނެ ގޮތެއް. ކޮންމެވްސް ކަމެއް ފޮރުވަން އުޅޭހެން ހާދަ ހީވެޔޭ.