ތަމަޅަ ބަތަލް، ތަލަޕަތީ ވިޖޭ
05 އެޕްރީލް 2023 - 07:17
މަޝްހޫރު ތަމަޅަ އެކްޓަރު ތަލަޕަތީ ވިޖޭ އިންސްޓަގްރާމް އެކައުންޓެއް ހުޅުވިތާ ދެ ގަޑިއިރު ތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން އޭނާއަށް ފޮލޯކޮށްފި އެވެ.
މީގެ ދެ ދުވަސް ކުރިން ވިޖޭގެ އެކައުންޓް ހުޅުވުމަށް ފަހު އެންމެ ފުރަތަމަ ކުރި ޕޯސްޓަށް މިހާރު 5.7 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ. އަދި 24 ގަޑިއިރު ތެރޭ އެ އެކައުންޓަށް ފޮލޯކުރި މީހުންގެ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް އެރި އެވެ.
އެއާއެކު ވިޖޭ ވަނީ 99 މިނެޓް ތެރޭގައި އެއް މިލިއަން ފޮލޯވާސް ހޯދި ފުރަތަމަ އިންޑިއާ މީހާގެ ރެކޯޑު ހަދައިފަ އެވެ. އަދި އޭނާ މިހާރު ހިމެނެނީ އެންމެ އަވަހަށް އެއް މިލިއަން ފޮލޯވާސް ހޯދި މީހުންގެ ލިސްޓުގައި ކޭ-ޕޮޕް ތަރި، ބީޓީއެސްގެ ވީ (ކިމް ޓެއިހަންގް) އާއި އެކްޓްރެސް އެންޖެލީނާ ޖޯލީއާއެކު އެވެ.
ބީޓީއެސްގެ ވީ، 2021 ވަނަ އަހަރު ޑެސެމްބަރު މަހު އިންސްޓަގްރާމާ ގުޅުނު ގޮތަށް، 43 މިނެޓް ތެރޭގައި އެއް މިލިއަން ފޮލޯވާސް ހޯދައި، ގިނީސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދި އެވެ.
އޭނާގެ ކުރިން އެންމެ އަވަހަށް އިންސްޓަގްރާމުން އެއް މިލިއަން ފޮލޯވާސް ހޯދާފައި ވަނީ، އޮގްސްޓް 20، 2021 ގައި ބަރާބަރު އެއް ގަޑިއިރު ތެރޭގައި، އެންޖެލީނާ ޖޯލީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
06 April 2023
މިއަދު 1 މިލިއަން ފޮލޯވާސް.އެކަމަކު މާދަމާ އެކަނި.
ޓސހސގ
05 April 2023
ވަޓް އާ ވީ ސަޕޯސްޑް ޓު ޑޫ؟ މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުވް ނަށަންވީތަ؟