ހުޅުމާލޭގައި ފަޅުގައި ސަފާރީތަކެއް: ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ކުރި ދައުވާ ކޯޓުން ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މިހާރު
10 އެޕްރީލް 2023 - 15:16
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި އުފުލި ދައުވާތައް ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ނެތް ކަމަށް ނިންމައި، އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފި އެވެ.
ޖޫން، 2020 ގައި، ރާއްޖޭގައި އުޅުނު ކެންޔާ އަންހެނަކަށް ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ލ. ގަމު ތުނޑި، ނޫރަންގޭ އަބްދުﷲ ޝާންގެ މައްޗަށެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުންނެވެ.
އެ މައްސަލަ ހުޅުމާލޭ ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭ އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމުމަށްފަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ހުޅުމާލޭ ކޯޓުން އެ މައްސަލަ ބެއްލެވީ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދެވެ.
ޝާންގެ އިތުރުން އިތުރު ދެ މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން ކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އެ ތުހުމަތުގައި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލުމުން ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާންބާޒު
12 April 2023
ކޮބާ! ރައްޔިތުން ހަނދާން ނެތޭހަ ދުވަސް ކޮށްލަފައި މައްސަލަ އޮސްބާލީދޯ؟؟؟؟؟އެއްމެން ދަންނަ ކަމެއްތީ
ވާވު ބޭބެ
12 April 2023
ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އަދި އެމީހުންގެ އާއިލާ މީހުން ކުށަކަށް އަރައިނުގަންނާނެ.. ކުށެއް ކުރުމުން ނުކުރާ ކަމަކަށް އޮޓަމެޓިކް އިންވާނެ.. މި ހާދިސާ އަކީ އޭގެ މިސާލެއް
ކަނބިލި
11 April 2023
މިސަރުކާރުގެ ބޮޑު އިންސާފު. މިހާ ބޭއިންސާފު، ފާޅުގައި އިންސާފާ ދެކޮޅު ސަރުކާރެއް އަދި ނާދޭ. އިންސާފު ވައުދުވެސް ފުރި ބަންޑުންޖެހިއްޖެ. 60 ގެ އަހަރުތަކަށް އަދުލު އިންސާފުގެ ނިޒާމު ސޮއްސާލައިފި
މުއުތޭ
11 April 2023
ރޯޔަލް ރޭޕިސްތާނަށް މަރުހަބާ. އިތުރު ދައުރަކަށް ވޯޓު ދޭތި.
ރަދީ
11 April 2023
ޖުޑީޝަލު ރިފޯމު 2.1 ލޮލް
ތިއޮތީ
11 April 2023
ތިހާކަންހާ ވަރަށް އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ މިސަރުކާރަށް.
މުސްތަފާތަމި
10 April 2023
ފައިސާދީފަ އެމަންޖެ ފުރުވާލިތާ ކޮންދުވަހެއް. ތިމައްސަލައިގައި އަންހެންމީހާގެ ލޯޔަރެއްގެ ގޮތުގައި އުޅުނީ ނޫރުބާñްފަހުމީ
ދިޔެ
10 April 2023
ފައިސާ ދިން ކަމެއް ނޭގެ ބިރުދެއްކިކަމަށް ރަށުތެރެ ކިޔާ
ޓީބޭގް
11 April 2023
މިސަރުކާރުގައި އަނިޔާ ލިބޭ މީހުންގެ މޫނު މައްޗަށް ޖަހަނީ ބިރުދެއްކުމާ ވަޒީފާ ފައިސާ ޕުރޮޖެކުޓު. އަދުލުއިންސާފަކީ ބިލާހެއް
ބޮޑުގަލުދެ
11 April 2023
ހިއުމަން ރައިޓެސު މައި ފޫޓު
ދޮންތުއްތު
10 April 2023
ސަފާރީއެއްގަ ކަމެއް ހިނގިތޭ
ޖީތޭ
10 April 2023
ޓޮލެރަންސް ބޯކޮއް
ފަހީމާ
10 April 2023
އެކަމެއް ހިނގިތޭ…