އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
11 އެޕްރީލް 2023 - 12:14
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.
މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމުގައި ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް އެމްޑީޕީން ބުނި ނަމަވެސް އޭނާ ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ ބުނުމަކީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ އޮޅުމެއްކަން އެނގެން އޮންނަކަން ހުށަހެޅި ކަންކަމުން އެނގެން އެބަ އޮތް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވެސް އަމްޖަދުގެ ނަން އޮތް ކަމަށް، އޭނާގެ ވަކީލް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވާތީ ހުކުމުގައި ބުނެފައި ވަނީ އެ ލިސްޓުގައި ނަން އޮތް ނަމަވެސް އޭރު ވެސް އަމްޖަދު އޮތީ އިލެކްޝަންސްގެ ދަފްތަރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައިކަން އެނގެން އޮންނަ ކަމަށެވެ. އަދި މި އިދާރީ އުނިކަން ފިލުވައި އިލެކްޝަންސް އިން އެކަން އަންގާފައިވާކަން ފާހަގަކުރެއްވި އެވެ.
މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރެއްވީ މި ކަންކަމުގެ އިތުރުން، ކޯޓެއްގެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތުމާ ގުޅޭ ގޮތުން ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކަށް ރިއާޔަތްކުރައްވަ އެވެ.
އަމްޖަދަކީ އެމްޑީޕީ އުފެއްދި އިރު އެ ޕާޓީގެ މެންބަރެއް ކަމަށާއި ނަމަވެސް އޭނާ 2008 ގައި އަމިއްލަ އަށް އެދިގެން ޕާޓީން ވަކިވީ ކަމަށް އެމްޑީޕީގެ ވަކީލުން ޝަރީއަތުގައި ވިދާޅުވި އެވެ. އޭގެ ފަހުން އެކި ޕާޓީތަކަށް ސޮއިކުރަމުން ދިޔަ ކަމަށާއި މީހަކަށް ނޭނގި ޕާޓީ ބަދަލުކޮށްފައިވާ ނަމަ އެ މީހަކު އެންމެ ފަހުން އޮންނަ ޕާޓީއަކަށް ބަދަލުކުރަނީ އަމްޖަދު ޖުމްހޫރީ ޕާޓީ އަށް ބަދަލުވެފައި އޮތީ އޮޅުވާލައިގެން ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން އޭނާ ކުރިން ހުރި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އަށް ބަދަލުކުރަން އިލެކްޝަންސް އިން ބެލި އިރު އެ ޕާޓީ އޮތީ އުވާލާފައި ކަމަށާއި އެހެންވެ އިލެކްޝަންސްގެ އިދާރީ އޮޅުމަކުން އަމްޖަދު އެމްޑީޕީ ދަފްތަރުގައި ހިމެނިފައި އޮތީ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އަމްޖަދު ދައުވާކުރުމުން އެމްޑީޕީން ވަނީ އޭނާ އަކީ ޕާޓީގެ މެންބަރަކަށް ނުވާތީ ދައުވާ ނުކުރެވޭނެކަން ސާބިތުކޮށްދޭން އިލެކްޝަންސްގެ ސިޓީއެއް ހުށަހަޅައިފަ އެވެ. އެއީ އަމްޖަދު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތީ އެ ކޮމިޝަންގެ އިދާރީ އޮޅުމަކުން ކަމަށް ބުނެ ފޮނުވި ސިޓީއެކެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެކަމަކު ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، ނަޝީދަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަ ނުވާނެ ކަމަށެވެ. މިއީ އެކަމާ ގުޅުވައިގެން ކުރި ދައުވާއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމެރިކާ
11 April 2023
ވީޑިޔޯ އެހެރީ ވޯޓް އޮޅުވާލިތަން ފެންނަން.
ލަބީދު
11 April 2023
އެނިމުނީނު އެކަން.....ސިންޕަލް ކަމެއްނުތީ.
ކުރުސީ ލައިޓް
11 April 2023
ފިކުރެއްގެ ދިރުން ފެނޭތަ.
ރަދީފު ބިން ރަފައިދާ
11 April 2023
މީސްމީހުން މަތިންބައިންޖެހިގެން މޮޔަވެގެންމިއުޅެނީ ކީއްވެ؟
އޮސޭ
11 April 2023
ކޮންމެ ގޮތެއްވިއަސް ދެނެއް އެމްޑީޕީއަކަށް ވޯޓެއް ނުލާނަން. ޕާޓީ ހިންގަނީ މިހާރު މެމްބަރުން އެދުނު ގޮތަކަށް ނޫން.
ބޯކެހި
11 April 2023
މަގޭ ހިތަށް އަރާ އިންތިމެން ކަރުން ނާރު ނަގާފައި އިންތިޚާބު ޞައްޙައެއް ނޫނޭ ގޮވާއިރު އެކަލޭގެ ކީއްވެ ބާއޭ ކޯޓަށް މައްސަލަ ނުވައްދަނީ. އެއްގޮތަކީ އަމްޖަދު ގޮތަށް އެކަލޭގެއަކީ ވެސް އެމް.ޑީ.ޕީ މެންބަރަކަށް ނުވަނީ. ދެވަނަ ގޮތަކީ ނަޝީދުއާ އިންތިއާ މި މީސްމީހުން މި ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނަކަށްވުން. ބޭނުމަކީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ގައުމުގައި ފިތުނައެއް އުފެއްދުން. ކޯޓަށް ގޮއްސިއްޔާ ސޯޓުބޭލި ފިތުނަގަނޑު ފެއިލްވާނެތީ. އހ
ބޮޑުމީހާ
11 April 2023
ދައުލަތުން ކުރާ ވައްކަންތަކާއި ދެކޮޅަށް އެއްޗެކޭ ބުނުމަކީ ފިތުނަތޯ. 1400 ސިޔާސީ މަގާމު އުފައްދައިގެން 100 ބިލިއަނުން ގައުމު ދަރުވާލީމާ ތިބެންވީ އެއްޗެއް ނުބުނެ ތޯ. އެމްޑީޕީގެ ސިޔާސަތަކީ ކޮރަޕްޝަނަށް ޒީރޯ ޓޯލަރެންސް. އެމަންޒަރުތޯ މިއަދު މިފެންނަނީ. އެކަމާއި ދެކޮޅު ހެދުމަކީ ފިތުނަތޯ.
ބޮޑުމީހާ
11 April 2023
ކޯޓަށް މައްސަލަ ހުށަހެޅިމީހާ ގެ ދަފްތަރު ކަންތައްތަކުގައި އިލެކްޝަނަށް އިދާރީ އޮޅުމެއް އެރުމަކީ އިއްތިފާގެއްބާ؟ ކޯޓުތަކުން މައްސަލަތައް ނިންމާއިރު މިފަދަ ކަންތައްތަކަށް ރިޔާއަތްކުރަންޖެހޭ. އެމްޑީޕީ އަދި އިލެކްޝަންސް ކޮމިޝަން ގުޅިގެން ހިންގާ ޖަރީމާތަކެއް ތީ
އެންމެ ބޮޑުމީހާ
11 April 2023
ތިޔަސުވާލު ފަހަށް ބާއްވާފަ ފުރަތަމަ ސުވާލު ކޮށްލަބަލަ ބޮޑު އިންތިޚާބެއް ސައްހައެއް ނޫނޭ ގޮވާ ނަގާ މީހުންގެ ތެރޭގައި އެމްޑީޕީ މެންބަރެއް ކަމާމެދު ސުވާލު ނުއުފެދޭ މީހަކު، މިސާލަކަށް ނަޝީދު، އިންތި، އީވާ، އަލީ އާޒިމް، އަމްރު، ވައްޑެ މީގެން މީހަކު އެވަރުގެ ބޮޑުކަމެއް ވީއިރު މި މައްސަލަ ކޯޓަށް ނުވައްދާ މިތިބީ ކީއްވެތޯ؟ އަމީނީ މަގުން ގަހެއް ކަނޑާލީމަވެސް މީގެން މީހަކު ހިރުވާވަރުން ކޯޓަށް ދިޔަ. އެކަމަކު މިކަމުގަ އެތަނުން އެކަކުވެސް ނުދާނީ ބުހުތާނަށްވީމަ
ބޮޑުމީހާ
11 April 2023
ރަގަޅު ވާހަކައެއް. ސިޔާސީ ދާއިރާގައި އުޅެނީ ހުސް މުނާފިގުން
ހެޔޮ މަށަށް
11 April 2023
ދެން މްށަށް ކީއްތަ؟
ތުއްތޮންބެ
11 April 2023
ހަމަހެޔޮކޮއް ހީކުރިގޮތައް.
ބުރުގާ
11 April 2023
ތީ އެމްޑީޕީގެ ކެނެރީގޭ ގަބީލާގެ މީހުން ވަގުތު އިސްރާފުކުރާށާ، މެންބަރުން ގުނބޯހައްދަން ކޯޓުތައްލައްވާ ކުޅުވާ ޗަރުކޭސްތައް. ކުރީދުވަހަކުވެސް ކެނެރީގޭ ނަޝީދު އިނީ ރައީސް ވަހީދުކައިރީ ހިނިފުޅުވެޑުވި ސައިޒުވެފަ.