ނަޝީދު: ޓުވިޓާގައި ހިންގާ ކުރުސީ އެކައުންޓަކާ ހެދި އިންތިހާއަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ޕޮލިހަށް ވަނީ މައްސަލައެއް ހުށަހަޅުއްވާފައި.
26 އެޕްރީލް 2023 - 11:34
ޓުވިޓާގައި ހަސަން ކުރުސީ ނަމުގައި ހިންގާ އެކައުންޓަކާ ހެދި ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
ކުރުސީއަކީ ނަޝީދު ކަމަށް ހީކޮށް އަރާފައިވާ އޮޅުންތަކާ ހެދި އިންތިހާ އަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ނަޝީދު ފުލުސް އޮފީހުގައި އެދިވަޑައިގަތީ އެ އެކައުންޓުގެ ވެރިފަރާތް ހޯދައިދެއްވުމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރުސީއަކީ ކާކުކަން ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ފޮރުވިގެން ތިބެ، ތުހުމަތު އަޅުވައި އަބުރުކަތިލަން ޓުވިޓާގައި ބޭނުންކުރަމުން އަންނަ އެކައުންޓްތަކުގެ ތެރެއިން ކުރުސީ ފާޅުވީ 2022ގަ އެވެ. ނަޝީދުގެ ޝަހުސިއްޔަތާއި ސިޔާސަތުތަކަށް ތާއީދުކޮށް ގިނަ ޓުވީޓްތަކެއް ކުރި އެ އެކައުންޓުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވެސް ގިނަ ވާހަކަތަކެއް ފަތުރައިފަ އެވެ.
ނަޝީދުގެ ކެމްޕޭން ހަފުލާއެއްގައި ސަޕޯޓަރުން: ކުރުސީއަކީ އެމަނިކުފާނު ނޫން ކަމަށް ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުން.
އޭގެތެރޭގައި ނަޝީދު ތާއީދުކުރައްވާ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވާހަކަތަކުގެ އިތުރަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ކޮޅަށް ބުރަވެ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރި އެވެ. މި ތުހުމަތުތަކާ ހެދި ސިޔާސީ ގިނަ ބޭފުޅުން އެއީ ނަޝީދު ކަމަށް ތުހުމަތު އެޅުވި އެވެ.
ނަޝީދުގެ ކެމްޕޭނާއި ގިނަ ހަރަކާތްތަކެއްގެ މައުލޫމާތު ވެސް ގެނައި އެކައުންޓަކީ ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނެއް ނޫނެވެ.
"ހަސަން ކުރުސީއަކީ އަޅުގަނޑުގެ ބައެއް ލިއުންތަކުގެ ހަގީގީ-ހިޔާލީ ޝަހުސެއް. އޭނާއަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ. އެހެނަސް އޭނާއަކީ ޖިސްމާނީ ގޮތުން އަޅުގަނޑެއް ނޫން،" މި އެކައުންޓު އެމަނިކުފާނާ ގުޅުވާތީ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
އެކަމަކު އެ ދިފާއު ގަބޫލުނުކޮށް، އެއީ އެކަކަށް ވުރެން އިތުރަށް ނަޝީދާ އަރިސް އެކި ބޭފުޅުން ޓުވީޓްކުރައްވާ އެކައުންޓެއް ކަމަށް އަދިވެސް ތުހުމަތުކުރެ އެވެ. ތަހުގީގުކޮށް ސާބިތުނުވާ ކަންކަމުގެ މައްޗަށް އެކި މީހުންނާ މެދު އަޅުވާ އިލްޒާމާއި އުފައްދާ ނަފްރަތު ސީދާ ނަޝީދާ ގުޅުވައި އެމަނިކުފާނަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެނެވެ.
ކުރުސީ ހޯދަން ނަޝީދު ޕޮލިހަށް ހުށަހެޅުއްވި ފަހުން، އެ އެކައުންޓުން އަންނަނީ މި ސަރުކާރަށް ހިޔާނާތުގެ ތުހުމަތު އަޅުވައި ބައެއް ލިއުންތައް އާއްމުކުރަމުންނެވެ. އޭގެތެރޭގައި ފެނަކަ އާއި އައިޖީއެމްއެޗުން ހިންގާ ކޮރަޕްޝަން ކަމަށް ލިއުންތަކެއް އާއްމުކޮށްފައިވެ އެވެ. ޗާގޯސްގެ މައްސަލާގައި ދިވެހި ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީކަމަށް ބުނެ ވެސް ލިއުމެއް އާއްމުކުރި އެވެ. އެކަމަކު އެ އެކައުންޓުން ފަތުރަނީ ސައްހަ ލިއުމެއް ނޫން ކަަމަށް ރައީސް އޮފީހުން މީޑިއާތަކަށް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަދފސފަސދ
27 April 2023
މޮޔަ ގޮލައެއް މަ ހުވާ.
މުޙައްމަދު1
27 April 2023
ނަޝީދު ތިޔަ މައްސަލަ ހުށަހެޅިފަހުން، މިހާރު "ކުރުސީ" ހާމަކުރާ ކަންކަން މާބޮޑަށް ކޮރަޕުޝަނާ ގުޅުވައި އެކި މީސްމީހުންނަށް ތުހުމަތުކޮށް ސަރުކާރުގެ ލިޔުންތަކާއި މީސްމީހުންގެ ފޮޓޯތައް ޢާންމުކުރުން ގިނަވެއްޖެ. އެހެންކަމުން، އެކަންކަމުން އަތުވެދާނެ ގާނޫނީ މައްސަލަތަކުން ސަލާމަތްވުމަށް ދުރާލާ މައްސަލަ ހުށަހެޅިކަމަށް ބެލުމުގެ ފުރުސަތު އެބައޮތް. މާނައަކީ ނަޝީދު އެ ދުއްވަނީ ދެބޯގެރިއެކޭ.
ގޮލާ
27 April 2023
ކިހާ ބޮޑުކަމެއްތަ މިއީ ދިވެހިރައްޔިތުންނަށް ޖެހިފައޮތް؟ ދެން ދިވެހި ފުލުހުންނާ ސިފައިން ނިކުމެ އެބުނާ ކުރުސީއެއް ހޯދަންވީ. އެ ހޯދަން ކޮމިޝަންތައް ހަދަންވީ. އެ ނުފެނިގެން ބޭރު ގައުމުތަކުން މީހުން ގެންނަންވީ. އާޚިރުގަ ވީ އެއްކަމެއްވެސް ނޮއޮންނާނެ. ދައުލަތުގެ ފައިސާ ބޭކާރު ގޮތުގަ ޚަރަދުވުން ނޫން ކަމެއް
އަލީހަމީދު
27 April 2023
ކުރުސީ އަކީ ކާކުކަން ތިމާޔަށް އެގޭއިރު ކިއްކުރަން ޕޮލިހަށް ދަނީ.
ބޮޑުމީހާ
26 April 2023
އަދިވެސް ކުރިސީތޯ މުހިންމުވަނީ. ކުރިސީ ހާމަކުރާ ދައުލަތުގެ ވައްކަންތަ ފުލުުހުން ބެލިއްޔާ ގައުމަށް ފައިދާެެއް ކޮށްފާނެ
ގެދޮރު ނެތް މާލޭމީހާ
26 April 2023
ތިޔަ ކިޔާ ކުރުސީ ހާމަކުރާ ގިނަ ކަން ކަން ތެދު ކަމަށް ހީވަނީ. ހަމަ ޔަގީނުންވެސް ލިސްޓުން މީހެއްގެ ނަން އުނި ކުރާކަށް ނުޖެހޭނެ. އިތުރު ކުރަން ޖެހޭނީ. ކުރުސީ ފެނުނަސް ނުފެނުނަސް, ތި އައި.ޖީ.އެމް.އެޗް ގެ މަތި ފަޑީގަ ތިބީ ކޮރަޕްޝަންގެ މައިންނާ ބަފައިންނާ.
ޕޕމޕޕމ
26 April 2023
އެއޮއް ރީތި މިނިވަން ދިވެހިރާއްޖެ އަށް ދާން މިރޭއްސުރެ ދަތުރު ފައްޓަވަން ހިނގަވާށޭ އަނެއް ދިވެހިރާއްޖޭގެ ކެހިވެރި ވަބާގައި އަނެއް ފަސްއަހަރު ވޭތު ނުވަނީސް ހަރާބާ
އީލޯނު މާސްކު
26 April 2023
ކުރުސީ މިހާރުވެސް އެބަ އުޅޭ ޓްވިޓަރގަ ކޮންމެވެސް އެއްޗެއް ލީކުކޮށްލައިގެން. އެސޮރު ހިފަން ޓްވިޓަރ ޗެކްކޮށްލާ!
ޢެމެރިކާ
26 April 2023
އެމްޑީޕީ ފޭރިގަނެގެން ރާއްޖެ ހަލާކުކުރަނީ ކޮންބައެއްތަ.
ފާތިމަތު ކުރުސީ
26 April 2023
ހަސަން ކުރުސީ އަކީ ކޮންމެ މީހެއްކަމުގައިވިޔަސް އޭނާ އެކުރާކަމަކީ ސަރުކާރުގެ ތެރޭގައި ހިނގާ ބޮޑެތި ވައްކަންތަކާއި ކޮރަޕްޝަމް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުން. ކުރުސީ އެ ކުރަނީ ގައުމަށްޓަކައި ގައުމީ މަސައްކަތެއް.